Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުތައް

ތައްޔާރީތައް ހުރީ ނިމިފައި، އަމާންކަމާއެކު އިންތިޚާބު ކުރިޔަށްގެންދަން ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުން: އީސީ

ވޯޓުލުން ކުރިޔަށްދާއިރު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2022 | ހުކުރު 13:26
އީސީގެ ރައީސް ފުއާދު ތައުފީގް

އީސީގެ ރައީސް ފުއާދު ތައުފީގް

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް ވާންޖެހޭ ތައްޔާރީތައް ވަނީ ވެނިމިފައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ތ.ވިލުފުށި އަދި ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކުރިޔަށްދާނެއެވެ. އިންތިޚާބަށް އީސީން ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތުދެއްވަމުން ފުއާދު ވިދާޅުވީ ވޯޓުލާ މަރުކަޒުތައް ތައްޔާރުކުރުމުގެ މަސައްކަތް ހުކުރު ދުވަހު ހަވީރު ފަށާފައިވާކަމަށެވެ. އަދި ވޯޓުލުން އޮންނަ ރަށްރަށަށް ވޯޓު ފޮއްޓާއި ވޯޓު ކަރުދާސް ފޮނުވާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ފުއާދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމުގައިވާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގެ ވޯޓު ފޮށިތަކުގައި ހަރަކާތްތެރިވާނީ އީސީގެ މުވައްޒަފުންކަމަށެވެ. އެފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ ހުރިހާ އޮފިޝަލުންވެސް ގޮސްފައިވަނީ މާލެއިންކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ކަންކަން ޕްލޭންކުރެވިފައިވާ ގޮތަށް ކުރިޔަށްދާކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެއިތުރުން ވޯޓުލުން ކުރިޔަށްދާއިރުވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ހުންނަ ފޮށީގެ ވެރިޔާ އާއި ފޯކަލް ޕޮއިންޓް އަދި ކޮމްޕްލެއިންސް ބިޔުރޯއަށްވެސް އިންތިޚާބު ކުރިޔަށްދާއިރު ޝަކުވާ ހުށަހެޅޭނެކަމަށް ފުއާދު ވިދާޅުވިއެވެ. މިހާތަނަށް 3 ޝަކުވާއެއް ހުށަހެޅުނުއިރު އެ 3 ޝަކުވާއަށްވެސް ޖަވާބުދީފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ކަރަންޓީނުގައި ތިބި މީހުންނާއި ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ވޯޓުލުމަށް ހޮނިހިރު ދުވަހުގެ 3ން 4ށް ހުޅުވާލާފައިވާއިރު ފުއާދު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލުމަށް އައުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެނޫން މީހުން ވީއެންމެ އަވަހަކަށް ވޯޓުލުމަށް ދިޔުމަށާއި 3 ގެ ކުރިން ވޯޓުގެ ކަންކަން ނިންމުމަށް ފުއާދު އިލްތިމާސްކުރެއްވިއެވެ. ނަމަވެސް 4 ޖަހަންވާއިރަށް ކިޔުއަށް އަރައިފިނަމަ ވޯޓުލެވޭނެކަމަށް ފުއާދު ވިދާޅުވިއެވެ.

ވޯޓުލާން ވީހާވެސް ގިނަ ބަޔަކު ނިކުމެ އިންތިޚާބީ ހައްގު އަދާކުރުމަށް ފުއާދު އެދިވަޑައިގެންނެވިއެވެ. އަދި ޔުނިފޯމް ބޮޑީސް އާއި ކެންޑިޑޭޓުންނަށް ކިޔުއަށް ނާރާ ވޯޓުލެވޭނެކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވަނީ ކެންޑިޑޭޓުން ވޯޓުލުމަށްފަހު އެސަރަހައްދުގައި މަޑުނުކޮށް ދިޔުމަށް އިލްތިމާސްކުރައްވާފައެވެ. މަސްލަހަތު ފުށުއަރާކަމަކަށް އެކަން ވާނެތީ އެކަމަށް ސަމާލުވުމަށް ފުއާދު އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން އިންސާފުވެރިކަމާއި އަމާން ކަމާ އޮމާންކަމާއެކު އިންތިޚާބުގެ ކަންކަން ކުރިޔަށްގެންދިޔުމަށް ހުރިހާ ޕާޓީތަކާއި ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވާކަމަށް ފުއާދު ވިދާޅުވިއެވެ.

ވޯޓުގެ ނަތީޖާ ވޯޓު ފޮށި ބަހައްޓާފައި ހުރިތަނަކުން އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ފުއާދު ވިދާޅުވީ ވޯޓު ގުނަން ފަށާތާ ގަޑިއިރެއްގެ ތެރޭގައި ނަތީޖާ އިއުލާންކުރެވޭނެކަމަށް ބެލެވޭކަމަށެވެ. އެންމެ ލަސްވެގެންވެސް ހޮނިހިރު ދުވަހުގެ ރޭ 8 ޖަހާއިރު ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނެކަމަށް ބެލެވޭކަމަށް ފުއާދު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ކޮމަންޑޫއާއި، ފޯކައިދޫ އަދި މަރޮށި ހިމެނޭ އެ ދާއިރާގައި 3،316 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ. އަދި 7 ވޯޓް ފޮށްޓެއް އެ އިންތިޚާބުގައި ބަހައްޓަން ނިންމާފައިވެއެވެ. މާލޭގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާއިރު މާލޭގެ ފޮށިތައް ބަހައްޓަން ހަމަޖެހިފައިވަނީ އިސްކަންދަރު ސްކޫލްގައެވެ.

ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

އިލެކްޝަންސް ކޮމިޝަންކޮމަންޑޫ ބައި އިލެކްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު