Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭސްޓް-ޓު-އެނާރޖީ ޕްލާންޓް ގާއިމްކުރުން

ވޭސްޓް-ޓު-އެނާރޖީ ޕްލާންޓް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: މިނިސްޓަރު ޝައުނާ

ވޭސްޓް މެނޭޖްމަންޓުގެ ޕޮރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ އުމްރާނީ ބައި އެއްކޮށް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 4 ފެބުރުއަރީ 2022 | ހުކުރު 12:02
ވޭސްޓް-ޓު-އެނަރޖީ އިންސިނަރޭޓަރ

ވޭސްޓް-ޓު-އެނަރޖީ އިންސިނަރޭޓަރ

ކ.ތިލަފުށީގައި ގާއިމްކުރާ ވޭސްޓް-ޓު-އެނާރޖީ ޕްލާންޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ކުނި މޭނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމުގައިވާ ތިލަފުށީ ވޭސްޓް މެނޭޖްމަންޓުގެ ބޮޑު ޕޮރޮޖެކްޓްގެ މަސައްކަތްތަކުގެ ފުރަތަމަ ފިޔަވަހީގެ އުމްރާނީ ބައި އެއްކޮށް ނިމިފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީގައި ފެންނަ ބޮޑު ގޮނޑު އެއްފަރާތްކޮށް އެތަނުގެ ހާބަރު ހަދައި, މުސްތަގުބަލުގައި ކުނި ގެނެސް ބާލާނެ ސަރަހައްދު ވަނީ ތަރައްގީކޮށް ނިމިފައިވާކަން މިނިސްޓަރު ޝައުނާ ފާހަގަކުރެއްވިއެވެ. އަދި ކުނި ގެނެސް, ކިރައި, ބައިބައި ވަކިކޮށް, ޝްރެޑް ކުރުމަށްފަހު އިންސިނެރޭޓް ކުރުމަށް ބޭލް ކުރެވޭއިރު ޒަމާންތަކެއްވަންދެން ތިލަފުށީ ގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރު ޝައުނާ ވިދާޅުވީ ވޭސްޓް-ޓު-އެނާރޖީ ޕްލާންޓު ގާއިމުކުރުމަށް ސްޕެއިންގެ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ އުރްބާސާއާ އެކު ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެމަސައްކަތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

މި ފެސިލިޓީ އޮޕަރޭޓްކުރުމުގައި ހިންގުމަށްދާ ޚަރަދު ހޯދުމަށް ހަމަޖެހިފައިވަނީ މިފެސިލިޓީން އުފައްދާ ކަރަންޓާއި އަދި ކުނި އަންދައިގެން ލިބޭ އަޅި ބޮޓޮމް އޭޝް (އަޅި) ރިސައިކަލްކޮށް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާއިންނެވެ. މި މަސައްކަތް 2023 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

ތިލަފުއްޓަކީ ކުނިވަޅުލައިގެން ހިއްކާފައިވާ ރަށެކެވެ. ރާއްޖޭގެ ރަށެއް ގޮތުގައި ތިލަފުށި ހަމަޖެއްސީ 1992 ވަނަ އަހަރުއެވެ. ވޭސްޓްމެނޭޖްމަންޓް އުސޫލުން މާލެއިން އެންމެ ފުރަތަމަ ތިލަފުއްޓަށް ކުނި ގެންދަން ފެށީ 1992 ވަނަ އަހަރު ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. ތިލަފުށީގައި ވޭސްޓްމެނޭޖްމަންޓްގެ މަސައްކަތް ފެށީ 1 ލޭންޑިންގ ކްރާފްޓާއި، 4 ހެވީލޯޑް ޓްރަކާއި، 2 އެކްސްކަވޭޓަރާއި އެއް ލޯޑަރުންނެވެ. މާލޭގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވުނު މި ބޮޑު މަސައްކަތުން، ތިލަފުށި 4.6 މިލިއަން ފޫޓަށް ވަނީ ބޮޑުކޮށްފައެވެ.

މިނިސްޓަރ އައިމިނަތު ޝައުނާހަސަން އަބްދުއްރަހްމާން ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓްކުނި ނައްތާލުމުގެ ޕްރޮޖެކްޓް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
22 އޮކްޓޯބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

22 އޮކްޓޯބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
18 އޮކްޓޯބަރު 2025

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

18 އޮކްޓޯބަރު 2025
ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު