Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެސެޓް ރިކަވަރީ ކޮމިޝަން

އުވާލަން މާ ލަސްވެސްވެއްޖެ...

3 ފެބުރުއަރީ 2022 | ބުރާސްފަތި 12:10

ދެން އޮތްބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލެވޭ އޭސީސީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2022 | ބުރާސްފަތި 12:10
އެސެޓް ރިކަވަރީ ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރެއްވުން

އެސެޓް ރިކަވަރީ ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރެއްވުން

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމަށް ނިންމަވާފައިވާކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިވަނީ ދެއްވާފައެވެ.

ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ, މިހާތަނަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުގީގުކޮށް ގާނޫނީ މަރުހަލާތައް ފެށުމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވުމުން އޭ.ސީ.ސީގެ މެމްބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެހިސާބުން ދެން އޮތްބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލެވޭ އޭ.ސީ.ސީންނެވެ.

އެކަމުގެ ތަފްސީލުތައް ހިއްސާ ކުރައްވަމުން ރާއްޖެޓީވީގެ ރިޔާސީ ބަޔާން ކަވަރޭޖަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ވަނީ, ކޮމިޝަންތައް އުފެއްދެވި މަގުސަދަށް އަލިއަޅުވާލައްވާފައެވެ. ޒާހިރު ވިދާޅުވިގޮތުގައި ކޮމިޝަންތައް އުފެއްދެވީ ހެޔޮ ވެރިކަމެއްގެ ސިފަތައް ރާއްޖޭގެ ވެރިކަމުގެ ނިޒާމުން މުޅިން ގެއްލިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ކޮމިޝަން އުފެއްދެވީވެސް މުއައްސަސާތަކަށް އިތުބާރު ނެތުމުންކަމަށް އޭރުވެސް ރައީސް ވިދާޅުވެފައިވާނެކަމަށް ޒާހިރު ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މުއައްސަސާތަކަށް އިތުބާރު ނެގެހެއްޓުމަށާއި، ޖަވާބުދާރީ ކުރުވުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ފަހުން ފެނިގެން ދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭރުވެސް ރައީސްގެ ވިސްނުންފުޅު ހުރީ މުއައްސަސާތަކަށް އިތުބާރު ލިބުމުން އަލުން އެ މަސައްކަތްތައް ހަވާލުކުރެއްވުމަށްކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ، ރައީސް އެ ވިދާޅުވީ އެ މަސައްކަތްތައް ގާނޫނީ ގޮތުން އަސްލު މަތިކޮށްފައިވާ މުއައްސަސާތަކަށް ހަވާލުކުރާ ވާހަކަ ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވާ ގޮތުގައި އެހިސާބުން އެސެޓް ރިކަވަރީ ކޮމިޝަނަށް ހަވާލުކޮށްފައިވާ މަސައްކަތްތައް ނިމޭނެއެވެ. ނުވަތަ މަޑުމަޑުން އެ މެންޑޭޓުތައް ހަވާލުކުރެވެމުންދާނެއެވެ. އެކަންކަން އިތުރަށް ސާފުވެގެންދާނީ އަލަށް އުފެދޭ އޭސީސީ ވުޖޫދުވުމުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަލީ ޒާހިރު އެހެން ވިދާޅުވި ނަމަވެސް، އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން މިހާރުވެސް މާ ލަސްވެއްޖެކަމަށް ގިނަ ބަޔަކު ދެކެއެވެ. އެ ކޮމިޝަނުން ބަލަމުންދަނީ 2012 ވަނަ އަަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ތެރޭގައި ހިނގާފައިވާ ޚިޔާނާތުގެ މައްސަލަތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތަކެެވެ. އޭގެ ތެރޭގައި ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތައްވެސް ހިމެނެއެވެ.

3.3 ބިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް ހޯދުނު ލާރިއެއް ނެތް، ދައުލަތުން ކުރަންޖެހުނު ޚަރަދު މާ ބޮޑު:

އެހެންނަމަވެސް، އެ މަސައްކަތް ކުރެވުނީ ކިހާ މިންވަރަކަށްތޯ މިއީ އުފެދޭ ސުވާލެކެވެ. ޚިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތެރެއިން ޖުމުލަ 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ދައުލަތައް ލިބެންޖެހެއެވެ. މި ފައިސާތައް އަނބުރާ ދައުލަތަށް ހޯދުމަށް ކުރެވުނު މަސައްކަތެއް ނުވަތަ އެކަމުގެ ނަތީޖާއެއް މިއަދާ ހަމައަށްވެސް ފެންނާކަށް ނެތެވެ. ދައުލަތަށް ރިކަވަރ ކުރެވުނު ފައިސާއެއް ނެތެވެ. ބަދަލުގައި ކޮމިޝަނަށް ދައުލަތުން ވަނީ އެތައް ޚަރަދެއް ކޮށްފައެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ.

މިދިޔަ އަހަރުގެ އަދަދުތަކަށް އެކަނި ބަލައިލިނަމަވެސް، އެ އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 2،678،435 ރުފިޔާ އެ ކޮމިޝަނަށް ޚަރަދުކޮށްފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މުސަރާއާއި އެލަވަންސް ދިނުމަށެވެ. އެގޮތުން މުސާރައާއި އެލަވަންސްގެ ގޮތުގައި 2،661،462 ރުފިޔާ ދައުލަތުން ވަނީ ޚަރަދުކޮށްފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފެދިގެން މިހާތަނަށް އައިއިރު، ދައުލަތުން ވަނީ ޖުމްލަ 9،951،748 ރުފިޔާ މި ކޮމިޝަނަށް ޚަރަދުކޮށްފައެވެ. ދައުލަތުން ގެއްލިގެން ދިޔަ 3.3 ބިލިއަން ޑޮލަރު ހޯދުމުގެ މަގުސަދުގައި އުފައްދަވާފައިވާ ކޮމިޝަނަށް ކޮންމެ އަހަރަކު އެތައް ޚަރަދެއް ކުރާއިރު، އެދެވޭ ނަތީޖާ ނެރެވޭތަނެއް ނުފެނެއެވެ. މި ސަބަބުތަކާހުރެ، އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން މާ ލަސްވެސް ވެއްޖެކަމަށް ބުނާ މީހުން މަދެއްނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
15 ސެޕްޓެމްބަރު 2025

ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ

15 ސެޕްޓެމްބަރު 2025
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލް ކޮށްފި، ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް