Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު ފެށުން މި މަހު 16 އަށް ފަސްކޮށްފި

މީގެ ކުރިން އޮތީ މި މަހުގެ 12 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށާގޮތަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2022 | ބުރާސްފަތި 05:51
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޓްރޮފީއާއެކު މާޒިޔާ ޓީމުގެ ކުޅުންތެރިން

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޓްރޮފީއާއެކު މާޒިޔާ ޓީމުގެ ކުޅުންތެރިން

މީގެ ކުރިން އަންނަ ހަފުތާގައި ފަށަން ނިންމާފައި އޮތް ދިވެހި ޕްރިމިއާ ލީގު މި މަހު 16 ވަނަ ދުވަހު ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަދަލުކޮށްފިއެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ނިންމާފައި އޮތީ މި މަހުގެ 12 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށާގޮތަށެވެ. އެކަމަކު ބުދަ ދުވަހު އެފްއޭއެމުން ބޭއްވި ބައްދަލުވުމަށް ފަހު މި މަހު 16 ވަނަ ދުވަހަށް ލީގު ފެށުން ފަސްކޮށްފައިވާ ކަމަށް މިހާރު ކުލަބުތަކަށް ވަނީ އަންގާފައެވެ. ލީގު ފެށުން އެފްއޭއެމުން ފަސްކުރިއިރު، މި މަހު 13 ވަނަ ދުވަހު ކުޅެން ހަމަޖެހައިފައިވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅެން އެފްއޭއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިދިޔަ ސީޒަނުގެ ލީގުގައިވެސް ކުޅުނު އަށް ޓީމާއެކު މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާއިރު، މި ފަހަރުގެ ލީގުގައިވެސް ތިން ބުރު ކުޅުމަށް ވަނީ ނިންމާފައެވެ. ނިމިދިޔަ ސީޒަނުގައިވެސް ލީގުގައި ތިން ބުރެއް ކުޅެން އެންމެ ފުރަތަމަ ނިންމި ނަމަވެސް، އެ ފަހަރު ދެވަނަ ބުރާ ހަމައިން ލީގު ވަނީ ނިންމާލާފައެވެ. އެގޮތުން ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ މެއި މަހުގެ ތެރޭގައި ތިންވަނަ ބުރު ނުކުޅެ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކުރުކޮށްލުމަށް އެފްއޭއެމުގެ ހިންގާ ކޮމިޓީން ނިންމީ ކުލަބުތަކާއެކު މަޝްވަރާކުރުމަށްފަހުއެވެ.

އެއާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ނުވަ ޕޮއިންޓުގެ ލީޑަކާއެކު މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ދިފާއުކޮށްފައެވެ. މާޒިޔާއަށް ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 14 މެޗުން ލިބުނީ 25 ޕޮއިންޓެވެ.

މި ސީޒަނުގައިވެސް މި އަށް ޓީމު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާއިރު، މި ފަހަރު އެއްވެސް ޓީމެއް ރެލިގޭޓުވެފައި ނުވަނީ މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަން ބާއްވާފައި ނުވާތީއެވެ. އެކަމަކު މި ސީޒަނުގައި ދެވަނަ ޑިވިޝަން އަނެއްކާވެސް ބާއްވާއިރު، އެފްއޭއެމުން ނެރެފައިވާ ކަލަންޑަރުގައިވާ ގޮތުން އެ މުބާރާތް ކުރިއަށްދާނީ މި އަހަރު ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އޭގެ ފަހުން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ.

ދިވެހި ޕްރިމިއާ ލީގުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު