Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި އިމާމުން ހޯދުން

ރާއްޖޭގެ އިމާމުންނަށް ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމުގެ ފުރުޞަތު

އަހަރު ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 500

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 2 ފެބުރުއަރީ 2022 | ބުދަ 06:57
ނާވައިދޫ މިސްކިތް

ނާވައިދޫ މިސްކިތް

1443 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ މިއަހަރު މާލޭ ސިޓީގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް، ތަރާވީޙު ނަމާދު ކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަ ކުރުމަށްފަހު ލިޔުންތަކާއިއެކު 28 ފެބްރުއަރީ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށެވެ.

މީގެއިތުރުން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި ރަށު ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށުގެ މިސްކިތެއްގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ލިޔުންތަކާއިއެކު 21 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ސިޓީ ކައުންސިލްގެ އިދާރާއަށް ނުވަތަ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަން ޖެހޭނެކަމަށެވެ.

މިއަހަރު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ދިވެހި ހާފިޡުންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް އެ މިނިސްޓްރީއަށް ހުށައަޅާ ލިޔެކިޔުންތަކަށް ރިއާޔަތް ކޮށްފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި އަހަރު ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް 500 (ފައްސަސަތޭކަ) ރުފިޔާގެ މަގުންނެވެ.

ހދ. ނައިވާދޫ

އިތުރަށް ކިޔާލަން

20 ޖުލައި 2023

އީއައިއޭގެ މަސައްކަތް ނިމުމާއެކު ހދ. ނާވައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ: އާޒިމް

20 ޖުލައި 2023
އީއައިއޭގެ މަސައްކަތް ނިމުމާއެކު ހދ. ނާވައިދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ: އާޒިމް
26 ސެޕްޓެމްބަރު 2022

ފާއިތުވި 13 އަހަރު ތެރޭގައި ނައިވާދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކީ ރައީސް ޞާލިހު - ނައިވާދޫ ކައުންސިލް

26 ސެޕްޓެމްބަރު 2022
ފާއިތުވި 13 އަހަރު ތެރޭގައި ނައިވާދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކީ ރައީސް ޞާލިހު - ނައިވާދޫ ކައުންސިލް
26 ސެޕްޓެމްބަރު 2022

ހަނިމާދޫ އެއަރޕޯޓު ނުލާ މިހާތަނަށް ހދ އަތޮޅަށް 970 މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެ – ރައީސް

26 ސެޕްޓެމްބަރު 2022
ހަނިމާދޫ އެއަރޕޯޓު ނުލާ މިހާތަނަށް ހދ އަތޮޅަށް 970 މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެ – ރައީސް
26 ސެޕްޓެމްބަރު 2022

މިހާތަނަށް ނައިވާދޫއަށް ނުކޮށްދެވީ އޮތީ ބަނދަރުގެ މަސައްކަތް އެކަނި – ރައީސް

26 ސެޕްޓެމްބަރު 2022
މިހާތަނަށް ނައިވާދޫއަށް ނުކޮށްދެވީ އޮތީ ބަނދަރުގެ މަސައްކަތް އެކަނި – ރައީސް
26 ސެޕްޓެމްބަރު 2022

ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހިދުމަތްދޭން ފަށައިފި

26 ސެޕްޓެމްބަރު 2022
ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހިދުމަތްދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު