Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިވައިދޫގެ ފެނުގެ ނިޒާމް

ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހިދުމަތްދޭން ފަށައިފި

26 ސެޕްޓެމްބަރު 2022 | ހޯމަ 06:37

174 ގެއަކަށް ފެން ގުޅާދީފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ސެޕްޓެމްބަރު 2022 | ހޯމަ 06:37
ނައިވާދޫގެ ފެނުގެ ނިޒާމް ރަސްމީކޮށް ރައީސް ޞާލިހު ފައްޓަވައިދެއްވަނީ

ނައިވާދޫގެ ފެނުގެ ނިޒާމް ރަސްމީކޮށް ރައީސް ޞާލިހު ފައްޓަވައިދެއްވަނީ

ހދ. ނައިވާދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހިދުމަތްދޭން ފަށައިފިއެވެ.

މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސް ވަނީ ފެން އިސްކުރު ދޫކޮށްދެއްވާފައެވެ.

މި މަޝްރޫއަކީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. 15،398،304.77 (ފަނަރަ މިލިއަން ތިންލައްކަ ނުވަދިހަ އަށްހާސް ތިންސަތޭކަ ހަތަރު ރުފިޔާ ހަތްދިޔަ ހަތް ލާރި) އަށް މި މަސައްކަތް ހަވާލުކުރެވުނީ 29 ސެޕްޓެމްބަރ 2019 ގައެވެ. އަދި މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 20 އޮކްޓޯބަރ 2019 ގައެވެ. މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 16 ޖޫން 2022 ގައެވެ.

ފެނުގެ ނިޒާމުގެ ދަށުން މައިގަނޑު ކުރެވުނު މަސައްކަތުގެ ތެރޭގައި ހިމެނެނީ 4.5 ކިލޯ މީޓަރުގެ ފެނުގެ ނިޒާމުގެ ވިއުގައެއް އެޅުމާއި، ދުވާލަކު 40 ޓަނުގެ ފެން އުފައްދާ 2 އާރުއޯ ޕްލާންޓް ބަހައްޓާފައިވެއެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 185 ޓަނުގެ 2 ތާންގީ އަދި ވާރޭފެން ރައްކާކުރުމަށް 150 ޓަނުގެ ތާންގީއެއް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން 174 ގޭގެއަށް ފެނުގެ ކަނެޝަން ގުޅައިދީފައިވެއެވެ.

ރައީސް ޞާލިހް ވަނީ މި ރަސްމިއްޔާތަށްފަހު ފެންޕްލާންޓް ހުންނަ އިމާރާތް ބައްލަވާލައްވާފައިވެއެވެ. ރައީސް ޞާލިހު ބޮޑުތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި 4 ރަށަކަށް ވަޑައިގަންނަވާނެއެވެ. ނައިވާދޫގެ އިތުރުން އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ހދ. ފިނޭ، ހއ. ދިއްދޫ އަދި ހއ. އުތީމަށް ވަޑައިގަންނަވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހދ. ނައިވާދޫފެނަކަ ކޯޕަރޭޝަންސާފު ބޯފެންފެނާއި ނަރުދަމާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
16 ނޮވެމްބަރު 2025

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް