Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ލިބެމުންދާތަން ފެނޭ: ޝާހު

އާރްޑީސީން މަސައްކަތް ނިންމާފައިވާ މަގުތަކުގައި ކުރިން ފެންބޮޑުވާވަރަށް ފެން ބޮޑުވާކަން ފާހަގަވެފައެއް ނެތް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 ފެބުރުއަރީ 2022 | އަންގާރަ 17:54
އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު

ސްޓްރިޓް ސްކޭޕިން މަސައްކަތާއެކު, މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ހައްލު ލިބެމުންދާތަން ފެންނަމުންދާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ, ކުރާ މަސައްކަތެއް ތަކުރާރުކޮށް ކުރަން ނުޖެހޭނެ ގޮތަކަށް އެކަމެއް ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ކުރިއަށްގެންދާ މާލޭގެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ތެރެއިން މިހާރު ނިންމާފައިވާ މަގުތަކަށް ބަލާއިރު އެކަން ފެނިގެންދާކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މި ޕްރޮޖެކްޓުގެ ތެރެއިން މިހާރު މަސައްކަތް ނިންމާފައިވާ ސަރަހައްދުތަކަށް ބަލާއިރު މި މަސައްކަތް ނިންމާފައިވަނީ ވަރަށް ފުރިހަމައަށްކަން ފާހަގަވާ ކަމަށެވެ. މިގޮތުން ބޯކޮށް ވަރޭ ވެހޭ ދުވަސްތަކުގައި މީގެ ކުރިން ފެން ބޮޑުވިހެން މިހާރު ފެން ބޮޑު ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. ސްޓްރީޓް ސްކޭޕިންގެ މަސައްކަތުގެ ތެރެއިން, ސްޓޯމްވޯޓަރ މެނޭޖްމެންޓް ސިސްޓަމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަން މި މަސައްކަތުގެ ތެރެއިން ކޮށްފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ސްޓްރީޓް ސްކޭޕިންގެ މަސައްކަތް މީގެ ކުރިން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްގޮސްފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު މި މަސައްކަތަށްވެސް މަޑުޖެހުމެއް އައިސްފައިވާކަން ފާހަގަކުރެވޭކަމަށެވެ.

ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަދައްކަވަމުން މީގެ ކުރިން ޝާހު ވިދާޅުވީ, މާލޭގެ ފެން ހިންދާ ނިޒާމު ގާއިމުކޮށްފައިވަނީ މަގުތަކުގައި ފެން ބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި މި މައްސަލައަށް އެދެވޭ ހައްލެއް ހޯދޭނީ ފެން ބޮޑުވާ ހުރިހާ ސަރަހައްދެއްގައިވެސް ޕަމްޕު ބަހައްޓައިގެން ކަމަށް ޝާހު ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
04 މެއި 2024

ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ

04 މެއި 2024
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
08 ޑިސެމްބަރު 2023

މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ

08 ޑިސެމްބަރު 2023
މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލަނީ
24 އޮކްޓޯބަރު 2023

ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

24 އޮކްޓޯބަރު 2023
ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި
29 އޯގަސްޓު 2023

މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި

29 އޯގަސްޓު 2023
މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
06 އޯގަސްޓު 2023

ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު

06 އޯގަސްޓު 2023
ހުޅުމާލޭގައި ވަރަށް އަވަހަށް 3000 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓިގެންދާނެ: އެމްޑީ ޝާހު
26 މެއި 2023

4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު

26 މެއި 2023
4 އަހަރުތެރޭގައި ފޮނި ނަތީޖާތަކެއް ނެރެވިއްޖެ: ޝާހު
26 މެއި 2023

ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް

26 މެއި 2023
ފާއިތުވި 28 އަހަރުގެ ތެރޭގައި އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި: ނައިބު ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު