Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާ ސަފީރު، ރައީސަށް ފަތްކޮޅު އެރުވުން

ލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

1 ފެބުރުއަރީ 2022 | އަންގާރަ 17:00

ލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ފެބުރުއަރީ 2022 | އަންގާރަ 17:00
ލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުއްވަނީ

ލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުއްވަނީ

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ލަންކާގެ އައު ސަފީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. ލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސްއާ ލަންކާގެ ސަފީރު ވަނީ ތަފާތު މައުޟޫއުތަކުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިގުތިސާދީގުޅުން ވަރުގަދަކުރުމާއި ތައުލީމު ކުރިއެރުވުމާއި އަދި ދަނޑުވެރިކަން ކުރިއެރުވުންފަދަ މައުޟޫއުތައް ހިމެނެއެވެ.

ރާއްޖެއިން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން, ލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މައާފުކޮށްދިނުމަށް, ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ލަންކާގެ ސަރުކާރުން ހަމަޖައްސައިދޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ކަމަކީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސާއި ލަންކާގެ ސަފީރު ވަނީ, ދެ ގައުމުގައި ކޮވިޑް-19ގެ ހާލަތު މިހާރު އޮތްގޮތުގެ މައްޗަށް ވާހަކަފުޅު ދައްކަވައި، ބަލިން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ, ފެބްރުވަރީ 4 ވަނަ ދުވަހު ފާހަގަކުރާ ލަންކާގެ 74 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގެ ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މިދިޔަ 2021 ވަނަ އަހަރު އެމަނިކުފާނު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި, ދަތުރުފުޅުގައި ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ބޭއްވެވި މަޝްވަރާތަކަށް އަލިއަޅުވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި, ލަންކާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި, ފާއިތުވި އަހަރުތަކުގައި ލަންކާގެ ސަރުކާރުން ރާއްޖެއަށް ދިން އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ރައީސާއި ލަންކާގެ ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ދެ ގައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 26 ޖުލައި 1965ގައެވެ.

ސްރީލަންކާރައީސް ސޯލިހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުން ސްރީލަންކާގެ ދެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

18 ޑިސެމްބަރު 2025
ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުން ސްރީލަންކާގެ ދެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
16 ޑިސެމްބަރު 2025

ސްރީލަންކާ ގައި އެއިޑްސް ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް މައްޗަށް ހިނގައްޖެ

16 ޑިސެމްބަރު 2025
ސްރީލަންކާ ގައި އެއިޑްސް ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް މައްޗަށް ހިނގައްޖެ
11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް