Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިޔާސީ މަންފާއެއްގެ އެދުމުގައި ތިޔަފެށީ ވަރަށް ލަދުހުތުރު މަސައްކަތެކެވެ.

ކަމެއް ކުރެވިފައިވާނަމަ އެވާހަކަތައް މީގެ ކުރިންވެސް އޮންނާނީ ތިލަވެގެން އައިސްފައި

ރާއްޖެ އެމްވީ | 31 ޖެނުއަރީ 2022 | ހޯމަ 11:58
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާ

އިންސާނާގެ ހުރުމަތަކީ ކޮންމެ ވަގުތެއްގައިވެސް ދަމަހައްޓަންޖެހޭ އެއްޗެކެވެ. އެއީ ރުހޭ މީހާޔަށް ވަކި ގޮތެއް އަދި ނުރުހޭ މީހާޔަށް ވަކިގޮތެއް ހެދެން އޮންނަ ކަމެއް ނޫނެވެ. އިންސާނަކަށްވީތީ އިންސާނީ ކަރާމާތަށް އިހުތިރާމްކުރުމަކީ ހަމަ ކޮންމެ ވަގުތަކުވެސް ރިއާޔަތް ކުރެވެން ޖެހޭނެ ކަމެކެވެ. އެހެންނަމަވެސް ދިވެހި މުޖުތަމައުގައި މިހާރު އަށަގަންނަމުންދާ ބަލިކަށި އާދަތަކުގެ ތެރޭގައި މިދެންނެވި ކަރާމާތަށް އިހުތިރާމް ނުކުރެވި ހުރިހާ ކަމެއް ސިޔާސީ ދުރުމިން ބަލައި ހުރިހާ އެއްޗެއް ސިޔާސީ ތިލަފަތުން ކިރަން ވަނީ ފެށިފައެވެ. ތިމާ ގަބޫލުކުރާ ސިޔާސީ ފިކުރަކަށް ތަބާނުވާ މީހުން މުޖުރިމުންނަށް ހަދައި ހިތަށް އައިހާ ވާހަކަތަކެއް އުފައްދައި އެމީހަކަށް ލައުނަތްދީ އަގު ވައްޓައިލުމަކީ ވަރަށްވެސް އާއްމު ކަމަކަށް މިހާރު ވަނީ ހަދައިފައެވެ.

ހުރިހާވެސް މައްސަލަޔަކީ ކަންކަމުގެ އިންތަކާއި މިންތައް ފަހަނަޅައި ދެވުމެވެ. އަޚުލާގާއި ސުލޫކުވެސް ހިމެނޭ ގޮތުންނެވެ. ތިމާގެ ހައްގު ނިމޭ ހިސާބަކީ ކޮބައިކަމާއި އަނެކާގެ ހައްގުތައް ފެށޭ ހިސާބަކީ ކޮބައިކަންވެސް ނޭނގޭ ހިސާބަށް ދެވުމެވެ. އެހެންވީމާ ދެއްކޭނެ ވާހަކަޔާއި ނުދެއްކޭނެ ވާހަކަވެސް އޮޅުން ފިލުމެއް ނެތީއެވެ. ހިތަށް އައިހާ އެއްޗެއް ބޭރުކޮށްލެވެނީއެވެ. ތެދެއް ދޮގެއް ބެލުމެއް ނެތީއެވެ. އެކަމުގެ ސަބަބުން މީހުންނާއި އާއިލާތަކަށް ލިބޭ ގެއްލުންތައް މޭރުންވުމެއްވެސް ނެތީއެވެ. މިސިފަ ބޮޑަށް ފެންނަމުންދަނީ ސިޔާސީ ދާއިރާއިންނެވެ. މީސްމީހުންގެ ޝަޚުސު ކަތިލައި އިންސާނީ ކަރާމާތަށް އަރައިގަތުމުގެ ހުތުރު އަމަލުތައް ބޮޑަށް ފެންނަމުންދަނީ ސިޔާސީ އޮއިވަރުގެ ތެރެއިންނެވެ. ބައެއް މީހުން ހީކުރާގޮތުގައި ސިޔާސީ ކަންކަމާ ގުޅުވައިލީމާ ނުކުރެވޭކަށް ވަކި ކަމެއް ނޯންނާނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ މިދުވަސްވަރު ހުރިހާ ވައްތަރެއްގެ ސިޔާސީ އޮއިވަރުވެސް އެދިމާލަކަށް އަމާޒުވެ ހުރިހާ ވައްތަރެއްގެ ވާހަކަތަކާއި ތުހުމަތުވެސް އުފަންވާ މާހައުލުކަމަށް ވަނީ ވެފައެވެ. އެހެންވެގެންކަން ނޭނގެއެވެ. މީގެކުރިން ނީވޭ ޒާތުގެ ލަދުހުތުރު ވާހަކަތައްވެސް މި އިންތިޚާބާ ގުޅިގެން އުފަންވެއްޖެއެވެ. ތަހުގީގީ ނޫސްވެރިކަމުގެ ނަމުގައި ބަޔަކު މީހުން ދިވެހީންގެ އިޖުތިމާއީ ފޭރާމުގެ ބާކީއޮތް އެތިކޮޅުވެސް ވީދައި ކުދިކުދިކޮށްލައިފިއެވެ. އެބަޔަކު ހިތަށް އެރުން އެކަށީގެންވެއެވެ. މިކުރެވުނީ ލައްކަ މޮޅު ކަމެކެވެ. މިކުރެވުނީ ސިޔާސީގޮތުން މެޑަލް ހައްގު ކަމެކެވެ. އެކަމަކު އެކުރެވުނީ ވަރަށްވެސް ހުތުރު ކަމެކެވެ. މަގުކޮށައި އަލިކުރެވުނީ ވަރަށްވެސް ހުތުރުކަން ބޮޑު މައިދާނަކަށެވެ. އެ މައިދާނުގައި ހަމަ އެއްބަޔަކަށްވެސް ރީއްޗެއް ނެތެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީސް ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަކީ އަދި ކެންޑިޑޭޓޭކެވެ. މަޖިލީހުގެ މެންބަރަކަށް އަދި ނުވެވެއެވެ. މީގެ ކުރިން ރާޝިދު ފެނިފައިވަނީ ފޯކައިދޫ ކައުންސިލުންނެވެ. ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުގައެވެ. މިހުރިހާ ދުވަހު ރަށު ފެންވަރުގައި އިންތިޚާބުތަކުގައި ވާދަކުރައްވައި ރައްޔިތުން އޭނާގެ މައްޗަށް ގޮތް ކަނޑައަޅައި އެކި މަގާމުތައް ފުރުއްވިއިރު އުފަންނުވާ ޒާތުގެ ވާހަކަތައް މިހާރު އުފަންވުމުގެ ސިއްރަކީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގައުމީ ލެވެލްގެ ބޮޑު ހިފުމަކަށްވުން ކަމަށް ވެދާނެއެވެ. ސަރުކާރަށް ތާއީދުކުރާ މީހުންނާއި ނުކުރާ މީހުންގެ ބޮޑު ހިފުމަކީ ކޮމަންޑޫ ދާއިރާއަށްވުން ކަމަށް ވެދާނެއެވެ.

ރާޝިދު ކަމެއް ކުރައްވާފައިވާނަމަ، އަދި އެދާއިރާގެ ރައްޔިތުން އެކަމާ ދޭތެރޭގައި ވިސްނައި ފިކުރުކޮށް އޭނާއާ ދޭތެރޭގައި ދެވަނަ ވިސްނުމަކަށް ގޮސް ނިންމުންތަކެއް ނިންމާނީ މިއަދެއް ނޫނެވެ. އެއީ ހަގީގަތެެއް ނަމަ އެވާހަކަ ދެކެވޭނީ އިއްޔެގައެވެ. ރަށު ކައުންސިލަރު ކަމަށް ކުރިމަތި ލެއްވިއިރު އެކަންކަން އޮންނާނީ ތިލަވެގެން އައިސްފައެވެ. އޭރު ތިލަނުވާ އެއްޗެއް މިހާރު ތިލަވުމުގެ ފަހަތުގައި ސަބަބުތަކެއް ހުންނާނެއެވެ. ރާޝިދުގެ ޝަޚުސިއްޔަތާ މެދު އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް އެނގިފައި ނެތް އެއްޗެއް ކުއްލިއަކަށް މިއަދު ތިލަވެގެން އައުމުގެ މާނަޔަކީ ގޮނޑީގެ އެދުމުގައި ޕާޓީތަކުގެ ގުނަވަންތަކުން ހަގީގަތް ފޮރުވައި މީސްމީހުންގެ އަބުރުކަތިލުމުގެ ގޮތުން ބޭނުންކުރާ ހުތުރު ވެގެންވާ އުކުޅުތައް ކޮމަންޑޫ ދާއިރާޔާ ހަމައަށްވެސް ފޯރުމެވެ.

މިއީ ރާޝިދާއި އޭނާގެ އާއިލާގެ ހައްގުތަކަށް އަރައިގަތުމެވެ. އިންސާނީ ކަރާމާތް ވެއްޔާއި މޮޑެލުމެކެވެ. ކޮންމެ ބަޔަކު ކޮންމެ މަގުސަދެއްގައި ކުރިޔަސް މިއީ ވަރަށް ދެރަކަމެކެވެ. ސިޔާސީ އޮއިވަރަކަސް އެހެން އޮއިވަރަކަސް މިއީ ކުރަން ފުރުސަތު ދެވިގެންވާނޭ ކަމެއް ނޫނެވެ. ރާޝިދާއިމެދު އެދެކެވެނީ އެއްވެސް މުއައްސަސާއަކުން ތަހުގީގެއް ހިންގައި ރިކޯޑު ކުރެވިފައިވާ ކަމެއްގެ ވާހަކަތަކެއް ނޫނެވެ. ހަސަދައިގެ އަލިފާނުން ފިހެގެން ނެރޭ ދޮގު ވާހަކަތަކެކެވެ. އެހެންކަމަށް ވިޔަސް ދައްކަންވާނީ އަމިއްލަ އަމަލުތަކާމެދު ގާނޫނީގޮތުން ޒިންމާވެ ޖަވާބުދެވޭ އުމުރުގައި ކުރެވިފައި ހުންނަ ކަންކަމުގެ ވާހަކައެވެ. މަންމަގެ އުނގުގައި ކިރުބޯން އޮތް ޒަމާނުގެ ވާހަކަތަކުން ސިޔާސީ މަންފާ ނެރެން ޚިޔާލުކުރާނަމަ އެދަތުރު ކުރެވެނީ ތިމާމެންނަށްވެސް އަމިއްލަ ސަލާމަތާ ދޭތެރޭ ކަށަވަރުކަމެއްނެތް ދިމާލަކަށެވެ.

ކޮމަންޑޫ ދާއިރާކޮމަންޑޫ ބައި އިލެކްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި

ކޮމަންޑޫ ދާއިރާގެ މެމްބަރު ހުވާކުރައްވައިފި

09 ފެބުރުއަރީ 2022
އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު

އިންތިޚާބާ ގުޅޭ 9 ޝަކުވާއެއް ހުށަހަޅާފައިވޭ، އެއްވެސް މައްސަލައެއްގައި ހެއްކެއް ނެތް: ފުއާދު

08 ފެބުރުއަރީ 2022
ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު

ކޮމަންޑޫ ބައި އިލެކްޝަން- ދާއިމީ ނަތީޖާއިންވެސް ކާމިޔާބު ހޯއްދެވީ ރާޝިދު

07 ފެބުރުއަރީ 2022
އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ހޯމަ ދުވަހު

06 ފެބުރުއަރީ 2022
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ބަސް އަޅުގަނޑަށް މޭރުންވީ މިހެންނެވެ.

06 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު