Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް

ތަމްރީނާއެކު ބޮޑު މުސާރައެއް ލިބޭ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" އިފްތިތާހުކޮށްފި

މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކުވެސް 3 މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 ޖެނުއަރީ 2022 | ހޯމަ 11:30
ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

"ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ފެށުމަށް ހަމަޖެހިފައިވާ "ހުނަވަރު އެޕްރެންޓިސްޝިޕް ތަމްރީން ޕްރޮގްރާމް"ގެ ތަފްސީލް ހިއްސާކޮށްދެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހުނަވަރު ޕްރޮގްރާމްގެ މަގުސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. ހުނަވަރު ޕްރޮގްރާމް ބެހިގެން ވަނީ 2 ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. މިއަހަރު މި ޕްރޮގްރާމްގެ ދަށުން 140 މީހުން ތަމްރީނުކުރުމަށް ފުރުސަތު ހުޅުވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ވެލްޑިންގ، މެރިން އަދި ޓަގް މެކޭނިކް މަސައްކަތް، ހެވީ ވެހިކަލް އޮޕަރޭޓަރުން، ޓިންކަރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކުވެސް 3 މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް 5000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެއެވެ. މީގެ އިތުރުން ވޯރކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ, ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ. 2021 ވަނަ އަހަރު މި ޕްރޮގްރާމް އައްޑޫ އަދި ފުވައްމުލަކުގައި ވަނީ ކުރިއަށް ގެންދެވިފައެވެ. އެގޮތުން އެޕްރޮގްރާމްގެ ތެރެއިން ކާމިޔާބުކަމާއެކު ތަމްރީންކުރެވި އަދި ލައިސެންސް ލިބި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި 14 މީހުން މިހާރުވެސް ވަޒީފާ އަދާކުރަމުން އެބަދެއެވެ.

މިއަހަރު ފުރަތަމަ ކުއާޓަރުގައި މިޕްރޮގްރާމްގެ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި މާލޭގައެވެ. މިގޮތުން ފެބްރުއަރީ 4ގައި ހދ. ކުޅުދުއްފުށި، ފެބްރުއަރީ 5ގައި މާލެ، އަދި ފެބްރުއަރީ 6ގައި ލ. ފޮނަދޫގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާގައި ޝާއިއުކުރެވޭނެއެވެ. އަދި ކުންފުނީގެ ހޮޓްލައިން 1650އިން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު