Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އައުޓް ކެމްޕޭން

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ 6 މަހުގެ ޖަލު ޙުކުމެއް އަންނަ ބިލެއް

އެ ބިލު ހުށައެޅުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 06:47
އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން- މިއީ ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް އަސަރުކުރާނެ ކަމެއްކަމަށް ގިނަ ބަޔަކު ދެކޭ

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން- މިއީ ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް އަސަރުކުރާނެ ކަމެއްކަމަށް ގިނަ ބަޔަކު ދެކޭ

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ 6 މަހުގެ ޖަލު ޙުކުމެއް އައިސްދާނެ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ތައްޔާރުވެއްޖެއެވެ.

"ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤާއިމު ކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" މި ނަމުގައި ބިލެއް ޑްރާފްޓްކޮށް، އެ ބިލު ހުށައެޅުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ އާއި ބޭރު ޤައުމުތަކާއެކު ޤާއިމު ކޮށްފައިވާ ޚާރިޖީ ގުޅުންތަކާއި އެކި ޤައުމުތަކާއި އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވައި، އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކުން މި ޤައުމު ސަލާމަތް ކުރުމެވެ.

Advertisement - newsAdvertisement

މިބިލުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖެ އާއި އެހެން ޤައުމަކާއި ދެމެދު ޤާނޫނީ ނުވަތަ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް، ނުވަތަ އެއްބަސްވަމަކާއި އެއްގޮތަށްް، ނުވަތަ ދެ ޤައުމުން ބަލައިގަނެފައިވާ އުޞޫލަކާއި އެއްގޮތަށް އޮތް ކަމެއްގައި ދިވެހި ރައްޔިތުންގެ ނަމުގައި، ނުވަތަ ދިވެހިރާއްޖެ ރަމްޒުވާގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން އެ ޤައުމެއް ނުވަތަ ޤައުމެއްގެ ސަރުކާރާއި މުއައްސަސާތަކާއި ދެކޮޅަށް މުޒާހަރާ ކުރުމާއި، ކެމްޕޭން ކުރުމާއި، ސިޔާސީ ޙަރަކާތް ހިންގުމަކީ ދޭދޭ ޤައުމުތަކުގެ ގުޅުމަށް ބުރޫ އަރާނެފަދަ އަމަލެއްގެ ގޮތުގައި ބެލިގެންދާނެއެވެ.

މީގެއިތުރުން، އެ ޤައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިޤްތިޞާދީ ބާރުވެރިކަމުގެ ދަށުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލުވާކަން ދެއްކުމުގެ ގޮތުން އެ ޤައުމަކާއި ނުވަތަ އެ ޤައުމެއްގެ ސަރުކާރާ ނުވަތަ އެ ޤައުމެއްގެ ވަކި މުއައްސަސާއަކާއި ދެކޮޅަށް މުޒާހަރާކުރުމާއި، ކެމްޕޭންކުރުމާއި، ސިޔާސީ ނުވަތަ އެނޫންވެސް ޙަރަކާތްތައް ހިންގުމަކީ ބޭރު ޤައުމުތަކުގެ އިއްޒަތާއި ޤަދަރަށް ބުރޫ އަރާނެ ކަމެއްގެ ގޮތުގައި ބެލެވޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާ ގޮތުން މިކަންކަމާއި ގުޅިގެން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅުއްވާނީ ޚާރިޖީ ވަޒީރެވެ. އެގޮތުން ރާއްޖެ އާއި ދޭދޭ ޤައުމުތަކާއި އޮންނަ ގުޅުމަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، ހަރުދަނާ ގޮތެއްގައި ޤާނޫނު ތަންފީޒުވާކަން ކަށަވަރު ކުރުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.

އަދި ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ އެމީހަކު އެކުރަނީ ކުށެއްކަން ބަޔާންކޮށް ބިލުގައި ވަނީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ 1 އަހަރު ދުވަހަށް ގޭބަންދަށް ބަދަލު ކުރުން ނުވަތަ 6 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެކަމަށް ބަޔާންކޮށް އަދަބު ކަނޑައަޅާފައެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ ވަކި އިމެއް ނެތި ކުރުމަށް ދޫކޮށްލެވެން އޮތް ކަމެއް ނޫން ކަމަށާއި، އެކަން މަޖިލީހުން ބަލާނެކަމަށް އެމްޑީޕީ މެމްބަރުންވެސް ވިދާޅުވެއެވެ.

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމާއެކު "އިންޑިއާ އައުޓް" ހަރަކާތް ގެންދަނީ ދުވަހެއް ދުވަހަކަށް ފުޅާ ކުރައްވަމުންނެވެ. އެގޮތުން އެކި ރަށްރަށަށް ވަޑައިގެން އެ ކެމްޕޭން ހިންގަމުން ގެންދާއިރު، އިންޑިއާ އަސްކަރިއްޔާ މި ގައުމުން ބޭރު ކުރުމުގެ ނަމުގައި ފެށި ހަރަކާތް މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެގޮތުން އަމިއްލަ ގޭގޭގައިވެސް އިންޑިއާ އައުޓް ޖެހުމަށް ރައީސް ޔާމީން ގޮވާލައްވާފައިވާއިރު، މިއީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލު ކުރުމަށް ހިންގަމުން ގެންދާ ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށް ގެންގޮސްފައިވާއިރު މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާ ކަމަށެވެ.

އިންޑިއާ އައުޓްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު