Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޑްރައިވަރުންގެ ޝަކުވާތައް

ޓެކްސީ ސެންޓަރުތަކަށް މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ ވަހަކައަކީ ކަނޑައެޅިގެން ދޮގެއް: ޝިމާޒް

ޓެކްސީ ސެންޓަރުތަކުން ހުށަހަޅާ މައްސަލަތައް ދަނީ ހައްލުކޮށްދެމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 07:06
މާލޭގެ ޓެކްސީތަކެއް

މާލޭގެ ޓެކްސީތަކެއް

ޓެކްސީ ސެންޓަރުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްބާރުލުން ނުލިބޭކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވެއްޖެއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް މިސަރުކާރުން ހައްލު ހޯދައިނުދޭ ކަމަށާއި، ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ވިދާޅުވީ ޓެކްސީ ސެންޓަރުތަކުން ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް މިހާތަނަށް ދޫކޮށްލާފައިނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޓެކްސީ ސެންޓަރުތަކުގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް އެފަރާތްތަކާއެކު މަޝްވަރާކުރުމަށް ބައްދަލުވުންތަކެއްވެސް ބާއްވާފައިވާނެކަމަށްވެސް ޝިމާޒް ވިދާޅުވިއެވެ. އެހެންނަމަވެސް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފައިވަނީ މިނިސްޓްރީ އާއި މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާކަމަށެވެ.

މީގެ އިތުރުން ޓެކްސީތަކުގެ އަގުތައް ކަނޑައެޅުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ސެންޓަރުތަކާއި މަޝްވަރާކޮށްފައި ނުވާކަމަށް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބުނެފައިވާ ބުނުމަށް އިޝާރާތްކުރައްވައި ޝިމާޒް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ޓެކްސީތަކުގެ އަގު ކަނޑައެޅީ ޓެކްސީ ސެންޓަރުތަކާއި މަޝްވަރާކޮށް، އެފަރާތްތަކުންވެސް އެގޮތަށް އެއްބަސްވުމުން ކަމަށް ޝިމާޒް ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުން މާލޭގެ އެތެރޭގެ ދަތުރުތައް ނަގަން އިންކާރު ކުރާ މައްސަލަ ބޮޑުވުމުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އެމިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމްކޮށްފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުންވެސް ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއިން ބުނީ ގިނަ ޑްރައިވަރުން މާލެއިން ދަތުރު ނަގަން އިންކާރު ނުކުރާ ކަމަށެވެ. މާލޭއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިޔުމަށް އެތައް ވަގުތެއް ނަގާއިރު، ލިބެނީ 90 ރުފިޔާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އަދި މާލޭގެ އެތެރެއިން 25 ރުފިޔާ ދަތުރަށް ނަގާއިރު ދެވަނަ ފިޔަވައްސަށް ދިއުމަށް ނަގާ ވަގުތާ އަޅާބަލާއިރު ނުބައްދަލު ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މާލެ ތެރޭގައި އާންމުކޮށް ޓެކްސީ ދަތުރުތައް ކޮށްދެނީ 25 ރުފިޔާއަށެވެ. ނަމަވެސް މާލެ އާއި ހުޅުމާލޭގެ އެއްވަނަ ފިޔަވައްސާ ދެމެދުގެ ދަތުރުތައް ކުރަނީ 75 ރުފިޔާއަށެވެ. ދަންވަރު 12ގެ ފަހުން މި ދަތުރުތައް ކުރަނީ އިތުރަށް ފަސް ރުފިޔާ ޗާޖުކޮށްފައެވެ.

މާލެ އާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ދެމެދު ކުރާ ދަތުރުތަކަށް އާންމުކޮށް ނަގަނީ 90 ރުފިޔާއެވެ. އަދި މާލެ އާއި އެއާރޕޯޓާއި ދެމެދު ދަތުރުކޮށްދޭ އާންމު އަގަކީ 65 ރުފިޔާއެވެ. ދަންވަރު 12 ގެ ފަހުން މި ދަތުރުތައް ކުރާނަމަ އިތުރަށް 10 ރުފިޔާ ޗާޖުކުރެއެވެ.

ޓެކްސީ ޚިދުމަތްމިނިސްޓްރީ އޮފް ޓްރާންސްޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ  އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

ސައިކަލުތައް ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވާތީ އިދާރީ އަދި މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް އެދި ހުށަހަޅައިފި

05 ޑިސެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު