Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީން ފޯރުކޮށްދޭ ބަހުގެ ޚިދުމަތް

އޮގަސްޓުގެ ކުރިން ހިތްފަސޭހަ ބަހުގެ ޚިދުމަތެއް އެމްޓީސީސީން ފޯރުކޮށްދޭނެ: އާޒިމް

29 ޖެނުއަރީ 2022 | ހޮނިހިރު 00:21

ރަނގަޅު ބަހުގެ ނިޒާމެއް ހުޅުމާލެ ފޭސް 2 ހިމެނޭ ގޮތަށް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖެނުއަރީ 2022 | ހޮނިހިރު 00:21
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މިއަހަރުގެ އޮގަސްޓް މަސް އައުމުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ތަންތަނުން ހިތްފަސޭހަ ބަހުގެ ޚިދުމަތެއް ލިބިގެންދާނެކަމަށް އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ދެމުންގެންދާ ބަހުގެ ޚިދުމަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީއަށް ބަހުގެ ޚިދުމަތްދިނުމަށް ލާޒިމްކޮށްފައިވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ލ އަތޮޅަށްކަމަށެވެ. މިތަންތަނުގައި ރަނގަޅަށް އިންތިޒާމުކުރެވިފައިވާ ބަހުގެ ޚިދުމަތެއް ދިނުމަށް އެމްޓީސީސީން މަސައްކަތްކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އެމްޓީސީސީ އާ ބަހުގެ ޚިދުމަތް ހަވާލުވެގެންދިޔައީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުކަމަށެވެ. އެމްޓީސީސީއަކީ ހަމައެކަނި ފެރީ ދުއްވަމުން އައި ކުންފުންޏެއްކަމަށާއި އެހެންކަމުން ބަހުގެ ޚިދުމަތް ދިނުމަށް މާގިނަ ވަސީލަތްތަކެއް ނެތްކަމަށެވެ. ނަމަވެސް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު މިހާރު ދަތުރުފަތުރުގެ ނިޒާމު ޚަރަދަނާކުރުމަށް ކުންފުންޏާ ހަވާލުކޮށްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 2 ގައި މީހުން އާބާދުކުރަން ކުރީގެ ސަރުކާރުން ވިސްނިއިރު އެތަނުގައި ދަތުރުފަތުރުގެ ނިޒާމު ގެންނާނެ ގޮތެއް ވިސްނާފައި ނެތްކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން ހުޅުމާލެ ފޭސް 2 ގައި މީހުން އާބާދުކުރުމުގެ މަސައްކަތްކުރަމުން ދާއިރު އެތަނުގައި ދަތުރުފަތުރުގެ ނިޒާމެއްވެސް ގާއިމުކުރަން މަސައްކަތްކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެއްފަހަރާ އެކަންކަން ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ރަނގަޅު ބަހުގެ ނިޒާމެއް ހުޅުމާލެ ފޭސް 2 ހިމެނޭ ގޮތަށް ގާއިމުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރެޕެއަރ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

އާޒިމް ވިދާޅުވީ މިއަހަރުގެ އޮގަސްޓް މަސް އައުމުގެ ކުރިން ފޭސް 2ން މާލެ އަށް ރަނގަޅަށް ދަތުރުތައް ކުރެވޭނެކަމަށެވެ.

މީގެއިތުރުން އެމްޓީސީސީން ބަހުގެ ޚިދުމަތް ދެމުންގެންދާ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށްވެސް މުޅިން އައު ބަސް ފޯރުކޮށްދޭނެކަމަށް އާޒިމް ވިދާޅުވިއެވެ. އައްޑުއަށް ގެންނާނީ މިނީ ބަސްކަމަށް އާޒިމް ވިދާޅުވިއެވެ. މީގެއިތުރުން ލ އަތޮޅުގައިވެސް ބަހުގެ ޚިދުމަތް ރަނގަޅަށް ދެމުންގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް