Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަންމާއި! އަނެއްކާވެސް ވެކްސިނެއް

ވެކްސިން ޖަހަނީ އަޖުމަ ބެލުމަށްފަހު އޭގެ ޔަގީންކަން ކަށަވަރު ވުމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2022 | ހުކުރު 10:57
ފައިޒަރ އަދި މޮޑާނާގެ ކޮވިޑް-19 ވެކްސިން

ފައިޒަރ އަދި މޮޑާނާގެ ކޮވިޑް-19 ވެކްސިން

މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިއެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ ގޮތް ހުސްވެފައިވަނިކޮށް ވެކްސިނެއް އުފައްދައި އެ ވެކްސިން ބޭނުން ކުރަން ފަށައިފިއެވެ. އޭގެ އިތުބާރު ހޯދަން ސައިންސްވެރިންނާއި ޑޮކްޓަރުންނާއި ސިއްހީ އިދާރާތަކުން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަޖުމަ ބެލުމުގެ ޓެސްޓްތަކަށްފަހު އިންސާނުން ވެސް އެ ޖަހަން ފަށައިފިއެވެ. ގައުމުތަކުގެ ވެރިންނާއި ވަރުގަދަ މަޝްހޫރު މީހުން ދިޔައީ ވެކްސިން ޖަހައި އެންމެ އާންމު މީހާއަށްވެސް އެކަމުގެ ޔަގީންކަން ދެމުންނެވެ. ވެކްސިން ރަނގަޅުކަމާއި، ވެކްސިން ޖަހައިގެން ބަލިން ދިފާއުވުމުގެ ފުރުސަތު އޮތް ވާހަކައެވެ.

ދުވަސްތައް ވޭތުވަމުންގޮސް ރާއްޖެއަށް ވެސް ވެކްސިން ލިބިއްޖެއެވެ. ހުސްވި އަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ވެކްސިން ޖަހަން އިއުލާން ކުރިއެވެ. އެއިރު ވެކްސިނަށް އިންތިޒާރުކުރަމުން ދިޔަ އެތައް ހާސް ބަޔަކާއި އެއާއި މެދު ޝައްކު މަތީގައި ސުވާލު އުފައްދައިގެން ތިބި މީހުންވެސް ތިއްބެވެ. ނަމަވެސް ވެކްސިންގެ އިތުބާރު ހޯދަން އިދާރާތަކުން ކުރި މަސައްކަތާއި ސިއްހީ ޚިދުމަތްތެރިންނާއި ޑޮކްޓަރުންގެ އާދޭހާއެކު ވެކްސިން ޖަހާ މީހުންގެ އަދަދު ހާހުން ލައްކައަކަށް އަރައިފިއެވެ. ވެކްސިންގެ އިތުބާރު ބޮޑުވެއްޖެއެވެ.

ނަމަވެސް އެއިރު ބުނީ 2 ވަނަ ޑޯޒެއް އަދި ޖަހަން ޖެހޭނެ ކަމަށެވެ. އެކަންވެސް ކޮށްފިއެވެ. ރާއްޖޭގައި ވެކްސިންގެ ހުއްދަ ދެވުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން އެ ބޭނުންކުރުމުގެ އެމަރޖެންސީ ހުއްދަ ދީފައިވާ ވެކްސިނެވެ. އާންމު ގޮތެއްގައި ވެކްސިނެއް އުފައްދަން 10 ވަރަކަށް އަހަރު ނަގައެވެ. އެއީ މާޒީގެ ވާހަކަތަކެވެ. ޒަމާނާއެކު ޓެކްނޮލޮޖީ ބަދަލުވެ ވެކްސިން އުފައްދަން ނަގާ މުއްދަތުވެސް ކުރުވެއްޖެއެވެ. ކޮވިޑަށް ވެކްސިނެއް ހެދީ ދޮޅު ވަރަކަށް އަހަރުގެ ތެރޭގައެވެ. އެކަން އިއުލާން ވެސް ކުރީ ޑަބްލިއުއެޗްއޯއިންނެވެ.

ކޮންމެއަކަސް ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވެ ބަލިމަޑުކަމުން އަރައިގަތުމަށް މަގެއް ކޮށުނެވެ. އެހިސާބުން ނުނިމެއެވެ. ދެން ބޫސްޓަރ ޑޯޒް ނުވަތަ ތިންވަނަ ޑޯޒެއް ޖަހާ ވާހަކަ ދެކެވުނެވެ. އެއީ ވެސް މީގެ އަހަރެއްހާ ދުވަހުގެ ކުރީގެ ވާހަކައެވެ. މިއަދު ބޫސްޓަރ ޑޯޒް ޖަހަން ޖެހެނީ ކޮވިޑް ނިމުމަކަށް ނުގެނެވި، އަހަރުތަކެއް އެކަމުގައި ހޭދަކުރަން ޖެހުމުން އެ ވައިރަސް މިއުޓޭޓްވެ ވޭރިއަންޓްތައް އުފެދި އެއިން ސަލާމަތް ވުމަށެވެ. މިއީ ވެސް ރޯގާއެކެވެ. މިއާ އެއް ގޮތަށް އާންމުކޮށް މީހުންނަށް ޖެހޭ އެއް ބައްޔަކީ އިންފުލުއެންޒާއެވެ. އެއީވެސް ކޮންމެ 6 މަހަކުން ވެކްސިން ބަދަލުވާ އެއްޗެކެވެ. ދެން އެ ބަދަލުވާ ކޮންމެ ފަހަރަކު މަންމާއި، ވެކްސިނެކޭ ކިޔާ ހޭރިގަންނަ ހިސާބަށްދާން ނުޖެހެއެވެ.

ބޫސްޓަރ ޑޯޒް ޖަހަން ފެށީމަ އެންމެ އަޑު ހަރުކޮށް ދެކެވެން ފެށީ އަނެއްކާ ވެސް ވެކްސިނެކޭ ޑޯޒެކޭ ކައްޓެކޭ ސިރިންޖުގެ ތުނޑޭ ކިޔާފައި ބައެއް މީހުން މާ ބޮޑަށް ސަޕްރައިޒްވާ ވާހަކައެވެ. މަންމާއި، އާނ، މިއީ އަދި ޖަހަންޖެހޭ ވެކްސިނެކެވެ. ހަމަ ޖެހޭނީ ޖަހާށެވެ. ނުޖަހަންޏާ ގެއްލުންވެސް އޮތީ ތިބާއަށެވެ. ބަލިވާނީ ވެސް ތިބާއެވެ. މިއީ ހާސްވާންވީ ކަމެއް ނޫނެވެ. މިއީ ފާޑު ކިޔުން މަދުކޮށް ދިރާސާތައް ކިޔައި އޭގެ ދެކޮޅު ބަލައި އެއައަށް އަމަލުކުރަންވީ ވަގުތެވެ.

ވެކްސިން ޖެހީމަ ސައިޑް އިފެކްޓް ވެސް އަންނާނެއެވެ. އެންޓިބައޮޓިކް ކެއީމަ މީހާ ގޭސްޓްރިކް ވާ ގޮތަށް، ވެކްސިން ޖެހީމަ ވެސް މީހާގެ ހަށިގަނޑު އެއަށް ހޭނޭއިރު ބައެއް ކަންކަން ހުންނާނެއެވެ. ބޯވެސް އަނބުރާނެއެވެ. ހޮޑުވެސް ލެވޭނެއެވެ. ތަދުވެސް ވާނެއެވެ. ހުން ވެސް އަންނާނެއެވެ.

މިސާލަކަށް ބަލަމާހެއްޔެވެ. ދަރިއަކު އުފަންވުމުން އެ ދޭ ވެކްސިނާއި، ކޮންމެ 3 މަހަކުން 6 މަހަކުން އަހަރަކުން ދޭ ވެކްސިން ހުރެއެވެ. އެ ޖެހީމަ ކުއްޖާގެ އަތް ނުވަތަ ފައި ދުޅަވެއެވެ. ރަތްވެއެވެ. ހުން އާދެއެވެ. އަޑުން އަޑު ނަގާފައި ރޮއި ހަދާނެއެވެ. އެއީ ވާނެ ކަންކަމެވެ. ބާރުގަދަ ވެކްސިނެއް ޖެހީމަ އެ ކަންކަން ފެންނާނެއެވެ. ހަމަ އެ ބީދައިން ކޮވިޑް ވެކްސިން ޖެހީމަވެސް އެފަދަ ކަންކަން ފެންނާނެއެވެ. މަންމާއި، އަނެއްކާ ވެސް ވެކްސިނެކޭ ކިޔާ ރޮއިގަތީމަ، ރޯ އަޑު ހުތުރުކަމުން ވައިރަސް ތިމާއާއި ދުރުގައި ނުހުންނާނެއެވެ.

ދުޅަހެޔޮ މުޖްތަމައަކަށް ރަނގަޅު ސިއްހަތެއްގައި ތިބުން މުހިންމެވެ. އެކަން ކުރުމަށް ވެކްސިން މަޖްބޫރުކުރުވަން ޖެހެއެވެ. ނުޖަހާ މީހުން އާންމު ދަތުރު ފަތުރުގައި ވެސް ބައިވެރި ނުކުރަންވީއެވެ. އާންމު ތަންތަނަށް ވަނުމުގެ ހުއްދަ ވެސް ނުދޭންވީއެވެ. އެހެން މީހުންގެ ފުރާނައަކަށް ނުރައްކާވާކަށް، މަދު މީހަކަށް އެ ފުރުސަތު ދީގެން ނުވާނެއެވެ.

ދެން އަނެއްކާވެސް އިހަށް ދުވަހަކު ބަޔަކު މާ އަޑުގަދަކޮށް ވާހަކެއް ގޮވަން ފެށިއެވެ. މަންމާއި، އަނެއްކާވެސް ވެކްސިން، މިފަހަރު ކުޑަކުދިންނަށް ވެސް ހެއްޔެވެ. ސޯޝަލް މީޑިއާގައި ބަޔަކު ކުޅޭހާ ނާޗަރަންޖީއެއް ބެލެއެވެ.

ކުޑަކުދިންނަށް ވެކްސިން ދޭން ދުނިޔޭގެ އެކި ގައުމުތަކުގައި ފެށި ވާހަކައަކީ އިހަށްދުވަހު އޮމިކްރޯނާއެކު އައި ވާހަކައެއް ވެސް ނޫނެވެ. އެކަން ކުރާތާ ވެސް އަހަރަކާއި ކައިރިވެއްޖެއެވެ. ކުޑަކުދިންނަށް ވެސް ވެކްސިން ކާމިޔާބެވެ. އެވެސް ޖަހަންވީއެވެ. ސިއްހަތު ސަލާމަތުން ބަހައްޓަން ހުރިހާކަމެއް ކުރަންޖެހެއެވެ. ވެކްސިނޭ ކިޔާ ކޮންމެ ފަހަރަކު އަންމާއި، ވެކްސިނެކޭ ކިޔައި އަޑު ނެތްތާކަށް ހަޅޭލެވުން ހުއްޓާލަން ވެއްޖެއެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްކޮވިޑް-19 ވެކްސިންހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

02 ޖުލައި 2025
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

07 ޖޫން 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު