Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ މަޝްރަހު

ޔޫކްރެއިންގައި ތިބި އެމެރިކާ ރައްޔިތުން އެގައުމު ދޫކޮށްދިޔުމަށް އަންގައިފި

27 ޖެނުއަރީ 2022 | ބުރާސްފަތި 02:17

އެމްބަސީގެ ވެބްސައިޓްގައި ބުނެފައިވަނީ ޔޫކްރެއިންގެ ސަލާމަތީ ކަންކަން ބަދަލުވަމުން އަންނަނީ އަންދާޒާކުރަން ނޭންގޭ ގޮތަކަށް ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޖެނުއަރީ 2022 | ބުރާސްފަތި 02:17
ޔޫކްރެއިންގައި ހުންނަ އެމެރިކާގެ އެމްބަސީ

ޔޫކްރެއިންގައި ހުންނަ އެމެރިކާގެ އެމްބަސީ

ޔޫކްރެއިންގައި ދިރިއުޅެމުން އަންނަ އެމެރިކާ ރައްޔިތުން ވީއެންމެ އަވަހަކަށް އެގައުމު ދޫކޮށް ދިޔުމަށް ޔޫކްރެއިންގައި ހުންނަ އެމެރިކާގެ އެމްބަސީން އަންގައިފިއެވެ.

އެމްބަސީގެ ވެބްސައިޓްގައި ބުނެފައިވަނީ ޔޫކްރެއިންގެ ސަލާމަތީ ކަންކަން ބަދަލުވަމުން އަންނަނީ އަންދާޒާކުރަން ނޭންގޭ ގޮތަކަށް ކަމަށެވެ. ރަޝިޔާގެ އަސްކަރިއްޔާގެ އަމަލުތައް ހުރިގޮތުން ޔޫކްރެއިންގެ ސަލާމަތީ ކަންކަން ބަދަލުވާން ނަގާނީ ކުޑަ ވަގުތުކޮޅެއްކަމަށް އެމްބަސީން ބުނެފައިވެއެވެ.

އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ޔޫކްރެއިންގައި ހުރި އެމެރިކާގެ އެމްބަސީ ހުންނާނީ ހުޅުވާފައިކަމަށެވެ. ނަމަވެސް އެގައުމުގައި ތިބި އެމެރިކާ ރައްޔިތުން ވީއެންމެ އަވަހަށް އެގައުމު ދޫކޮށްދިޔުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެމެރިކާއިން ވަނީ މިހަފްތާގެ ކުރީކޮޅު އެމެރިކާ ރައްޔިތުން ޔޫކްރެއިން އަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ޔޫކްރެއިންގެ ބޯޑަރު ސަރަހައްދުގައި ރަޝީޔާގެ އަސްކަރިއްޔާގެ ފައުޖުތައް ތިބިއިރު އެސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ކަނޑާއި އެއްގަމާއި ކައިރި ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ޔޫކްރެއިންއަށް ރަޝިޔާއިން އަރައިފިނަމަ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އެކަމަށް ރަޝިޔާއިން ޖަވާބުދެމުން ބުނެފައިވަނީ ޕުޓިން އާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ޕުޓިންއަށް ގެއްލުމެއް ނުވާނެކަމަށާއި ނަމަވެސް އެކަން ވެގެންދާނީ ސިޔާސީ ގޮތުން ވާ ވަރަށް ބޮޑު ގެއްލުމަކަށްކަމަށެވެ.

ރަޝިޔާއިން އެތައް ހާސް ފައުޖުތަކެއް ޔޫކްރެއިން ބޯޑަރު ސަރަހައްދަށް ޖަމާކޮށްފައިވީ ނަމަވެސް ރަޝިޔާއިން ބުނަމުން އަންނަނީ ޔޫކްރެއިން އަށް އެރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.

އެމެރިކާއިން ވަނީ ހަފްތާއެއްހާ ދުވަސްވަންދެން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއެކު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިފިނަމަ ކަންކަންކުރާނެ ގޮތާމެދު އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތްކޮށްފައެވެ.

އެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް