Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ އެތެރޭގެ އިންތިޚާބު

އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް މަޚްލޫފް ކުރިމަތިލައްވަނީ

26 ޖެނުއަރީ 2022 | ބުދަ 16:21

ޗެއަރޕަރސަންގެ ދައުރު ހަމަވާނީ އަންނަ މަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖެނުއަރީ 2022 | ބުދަ 16:21
ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް

ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަންގެ މަގާމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް އެމްޕަވަމަންޓްގެ އަހުމަދު މަޚްލޫފް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ކުރިމަތިލައްވާކަން ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން ވަނީ މައުލޫމާތު ދީފައެވެ. މިއީ އަންނަ މަހު އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގެ އިންތިޚާބު ބާއްވާނެކަން އިއުލާންކުރެއްވި ފަހުން މި މަގާމަށް ކުރިމަތިލައްވާކަމުގެ މައުލޫމާތު ލިބުނު ފުރަތަމަ ފަރާތެވެ.

މިކަމާގުޅޭގޮތުން ރާއްޖެއެމްވީން މަޚްލޫފްއަށް ގުޅުމުން ވިދާޅުވީ މިވަގުތު ހުރިހާކަމެއް ހުސްކުރައްވައިގެން މަސައްކަތް ކުރައްވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވުމަށް ކަމަށެވެ. އަދި މި އިންތިހާބު ނިމުމުން ޗެއަރޕަރސަންކަމުގެ މަގާމަށް ކުރިމަތިލުމާމެދު ކޮމެންޓް ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އަންނަ މަހުގެ 5 ދުވަހުއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށްފަހު އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަން ނިންމާފައިވާކަން އެ ޕާޓީން ވަނީ ހާމަކޮށްފައެވެ. އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމުގައި މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ހަސަން ލަތީފް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމު ކާމިޔާބުކުރައްވާފައިވަނީ 11 ފެބްރުއަރީ 2017ގައެވެ. އަންނަ ފެބްރުއަރީ ވަނަ ދުވަހު އޭނާގެ ދައުރު ހަމަވާނެއެވެ.

އެހެންކަމުން އެ މަގާމަށް ހުޅުވާލުމާ ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ޗެއަރޕަރސަން އަލީ ނިޔާޒް ވިދާޅުވީ، މިވަގުތު އެންމެ ޚާއްސަ އިސްކަމެއް ދެމުންދަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކަމަށެވެ. އަދި ޗެއަރޕަރސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާނީ އިންތިޚާބަށް ފަހު ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް ހުޅުވާލާނެ ވަކި ތާރީޚެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

އަހުމަދު މަޚްލޫފްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް