Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސާދް ހަރީރީ ސިޔާސީ ހަރަކާތްތަކާއި ދުރަށް

ލުބުނާންގެ ކުރީގެ ބޮޑުވަޒީރު ސާދް ހަރީރީ ސިޔާސީ ހަރަކާތްތަކާއި ދުރަށް

ހަރީރީ ވިދާޅުވީ ވަގުތީގޮތުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ނިންމަވާފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2022 | އަންގާރަ 02:13
ލުބުނާންގެ ކުރީގެ ބޮޑުވަޒީރު ސާދް ހަރީރީ

ލުބުނާންގެ ކުރީގެ ބޮޑުވަޒީރު ސާދް ހަރީރީ

ލުބުނާންގެ ކުރީގެ ބޮޑުވަޒީރު ސާދް ހަރީރީ ސިޔާސީ ހަރަކާތްތަކުން ދުރަށްވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.

ހަރީރީ ވިދާޅުވީ ވަގުތީގޮތުން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ނިންމަވާފައިވާކަމަށާއި ލުބުނާންގައި ކުރިޔަށް އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައިވެސް ވާދަނުކުރައްވާނެކަމަށެވެ. ހަރީރީ ސިޔާސީ ހަރަކާތްތަކާއި ދުރަށް ވަޑައިގަންނަވާކަން ހާމަކުރައްވާފައިވާއިރު ހަރީރީގެ އާއިލާއަކީ ލުބުނާންގައި ސުންނީންގެ ތެރެއިން އެންމެ ބޮޑަށް ނަގާކިޔާ އާއިލާއެވެ. ވަކިން ޚާއްސަކޮށް 1990 ވަނަ އަހަރުގެ އެގައުމުގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު ސުންނީގެ ތެރޭގައި އެންމެ ބޮޑު މަގްބޫލުކަމެއް އޮތީ ހަރީރީގެ އާއިލާގެއެވެ.

ލުބުނާންގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ބެހިގެންދަނީ އެކި ދީންތަކުގެ މީހުންނަށް އެކި މިންވަރަށެވެ. އެކި މަގާމުތައް ލިބޭނީ އެކި ދީންތަކަށް ނިސްބަތްވާ މީހުންނަށެވެ. ލުބުނާންގެ ގާނޫނު ހަދާ މަޖިލީހުގައި ތިބި ގިނަ ސުންނީ މެމްބަރުންނަކީ ހަރީރީގެ ފިޔުޗަރ މޫވްމަންޓް ޕާޓީގެ މެމްބަރުންނެވެ.

ހަރީރީ ސިޔާސީ މަސައްކަތްތަކުން ދުރަށް ވަޑައިގެންނެވިކަން ޓީވީ މެދުވެރިކުރައްވާ ހާމަކުރައްވަމުން ވިދާޅުވީ އިރާނުގެ ނުފޫޒާއި، ބައިނަލްއަގްވާމީ މުޖުތަމައުއާ ބާއްވަންވީ ކޮން ގުޅުމެއްކަން ސާފުނުވުމާއި، އެތެރޭގައި ހުރި ބައިބައިވުމާއި އެހެނިހެން ބައިބައިވުންތަކުގެ ސަބަބުން ލުބުނާންގެ ސިޔާސީ މައިދާނުގައި އެއްވެސް މަސައްކަތެއް ކުރެއްވޭނެކަމަށް ގަބޫލުފުޅުނުކުރައްވާކަމަށެވެ. އެހެންކަމުން ސިޔާސީ ހުރިހާ މަސައްކަތްތަކަކުން އެކަހެރިވެ ވަޑައިގަންނަވާކަމަށާއި އަދި ޕާޓީގެ ހަރަކާތްތަކުންވެސް ދުރަށް ވަޑައިގަންނަވާކަމަށް ހަރީރީ ވިދާޅުވިއެވެ. ކުރިޔަށް އޮތް އިންތިޚާބުގަޔާއި އޭގެކުރިޔަށް ދެން އޮންނާނެ އިންތިޚާބެއްގައިވެސް ވާދަނުކުރައްވާނެކަމަށް ހަރީރީ ވިދާޅުވިއެވެ.

ގައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ދެމި ހުންނަވާނެކަމަށާއި ނަމަވެސް އެއްވެސް ޒިންމާއެއް ނުވަތަ ދައުރެއް ސިޔާސީ ގޮތުންނާއި ވެރިކަން ކުރުމުގެ ގޮތުން ނުނަންގަވާނެކަމަށް ހަރީރީ ވިދާޅުވިއެވެ. އެކަންކަން ވަނީ މިވަގުތަށް މެދުކަނޑާލެވިފައިކަމަށް ހަރީރީ ވިދާޅުވިއެވެ.

ހަރީރީ އިތުރަށް ވިދާޅުވީ އޭނާގެ މިނިންމެވުމަކީ ލުބުނާން އިތުރު ދާޚިލީ ހަމަނުޖެހުމަކަށްނުގޮސް ލުބުނާންގެ ރައްޔިތުންގެ މަންފާއަށް ނިންމެވި ނިންމެވުމެއްކަމަށެވެ. އަދި ސިޔާސީ ފަރާތްތަކާއެކު ވާންޖެހޭ އެއްބަސްވުންތަކުގެ ސަބަބުން ލުބުނާންގެ އިގްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ނުކުޅެދިފައިވާކަމަށް ހަރީރީ ވިދާޅުވިއެވެ.

ހަރީރީ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް ހަރީރީގެ ނިންމުން އޭރު ހާމަކުރައްވާފައެއްނުވެއެވެ.

ހަރީރީ ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެގައުމުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަންނަވާފައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ޖުލައި މަހު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ހަރީރީ އަކީ ފާއިތުވި 15 އަހަރު ފިޔުޗަރ މޫވްމެންޓް ޕާޓީގެ ލީޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ހަރީރީގެ މިނިންމެވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ފިޔުޗަރ މޫވްމަންޓްގެ ސީނިއަރ ބޭފުޅެއްކަމުގައިވާ މުސްތަފާ އަލްޖަޒީރާ އާ ވާހަކަދައްކަވަމުން ވިދާޅުވީ އެއީ ހިޒްބުﷲގެ ނުފޫޒާއި ބާރު ލުބުނާންގައި ގަދަވެގެންދާތީވެ ނިންމެވި ނިންމެވުމެއްކަމަށެވެ. އަދި ފިޔުޗރ މޫވްމެންޓްގެ އޮފިޝަލުންގެ މެދުގައިވެސް އެޕާޓީން ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެތޯ ނުވަތަ އަމިއްލަ ގޮތުން ވާދަކުރާނީތޯ އާ މެދު ސުވާލުތަކެއް އުފެދިފައިވާކަމަށެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ހަރީރީ ވާދަނުކުރައްވަން ނިންމެވީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނަވާނެތީއެވެ. ސަބަބަކީ ލުބުނާންގެ އެތެރޭގެ ގްރޫޕްތަކާއި ހަރީރީ އާ އޮތް ގުޅުން ހީނަރުވުމާއި ހިޒްބުﷲ އާމެދު ގެންގުޅޭ ސިޔާސަތުގެ ސަބަބުންނެވެ.

ހަރީރީއަކީ ގަލްފްގެ ގައުމުތަކާއި ވަކިން ޚާއްސަކޮށް ސައުދީ އަރަބިއްޔާ އާ ވަރަށް ގާތްގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ފެނިގެންދިޔައީ ލުބުނާނާއި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ބަހުރެއިން އަދި ކުވޭތާ ދެމެދު އޮތް ގުޅުންތަކަށް ބުރުއަރާފައިވާ ތަނެވެ. އޭގެ މާނައަކީ މިސަރަހައްދުގައި އިރާނުން ވާގިވެރިވާ ހިޒްބުﷲގެ ބާރުގަދަވުންކަމަށް މާހިރުން ދެކެއެވެ.

ލުބުނާންގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ 2019 ވަނަ އަހަރު އެގައުމުގެ ސަރުކާރާ ދެކޮޅަށް ހިނގާދިޔަ ކަންތައްތަކާއި 2020 ވަނަ އަހަރުގެ އޮގަސްޓްމަހު ބެއިރޫތްގެ ޕޯޓްގައި ގޮވި ނުރައްކާތެރި ގޮވުމަށްފަހު އެގައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.

އަނެއްކޮޅުން ލުބުނާނު ވަނީ އިގްތިޞާދީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެގައުމުގެ އާބާދީގެ ތިންބައިޅު އެއްބަޔަށްވުރެ ގިނަ މީހުން ވަނީ ފަގީރުހާލަތަށް ވެއްޓިފައެވެ.

ލެބަނަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު