Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްޓީސީސީގެ ކުއާޓަރ ރިޕޯޓް

އެމްޓީސީސީގެ ތާރީޚުގައިވެސް ނުލިބޭ ވަރުގެ ބޮޑު ފައިދާއެއް މިދިޔަ އަހަރު ލިބިއްޖެ

ޓެކުހަށް ކެނޑުމުގެ ކުރިން 264 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2022 | ހޯމަ 07:29
އެމްޓީސީސީ

އެމްޓީސީސީ

މޯލްޑިްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ 41 އަހަރުގެ ދިގު ތާރީޚުގައިވެސް ލިބިފައި ނުވާވަރުގެ ބޮޑު ފައިދާއެއް 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބިއްޖެއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ އެކުންފުނީގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން 264 މިލިއަން ރުފިޔާގެ ފައިދާއެއް އެމްޓީސީސީއަށް ވަނީ ލިބިފައެވެ. 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރު ނިމުނުއިރު ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 220.75 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 224.6 މިލިއަން ރުފިޔާއެވެ. 2020 ވަނަ އަަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 190.6 މިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރާ އަޅާ ބަލާއިރު، 2021 ވަނަ އަހަރުގެ ސާފު ފައިދާ ވަނީ 15 އިންސައްތައިން އިތުރުވެފައެވެ.

އެމްޓީސީސީގެ މާލި ރިޕޯޓުގައިވާ ގޮތުން 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް އެކުންފުނިން ވަނީ ޖުމްލަ 1.96 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައެވެ. 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ނިޔަލަށް ވިޔަފާރިކޮށްގެން އެ ކުންފުންޏަށް ލިބިފައިވަނީ 1.36 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އެމްޓީސީސީން ވަނީ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި 10 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައެވެ. އަދި 8 މަޝްރޫއެއްގެ މަސައްކަތް މި ކުއާޓަރުގައި ފަށާފައިވާއިރު، 18 މަޝްރޫއެއްގެ މަސައްކަތް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ.

އެމްޓީސީސީން ބުނީ 2021 ވަނަ އަހަރަކީ އެ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީޚުގައިވެސް މާލީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރު ކަމަށެވެ.

އެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު