Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މޭ ޕަލް ދޯ ޕަލްކާ ޝާޔަރު ހޫން، ޕަލް ދޯ ޕަލް މެރީ ކަހާނީހޭ....

އާޒިމް ވިދާޅުވާ ގޮތުގައި އެ ލަވަ ރީތިވަނީ ސަބަބުތަކެއް ނެތިއެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖެނުއަރީ 2022 | ހޮނިހިރު 14:01
ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވާހަކަ ދައްކަވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް މިވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން، މަސައްކަތާގުޅޭ ވާހަކަތަކާއި، އަމިއްލަފުޅު ދިރިއުޅުއްވުމުގެ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އޭގެ ތެރެއިން އާޒިމް ވިދާޅުވި ވާހަކައެއްގައި އަޅައިގަތީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ލަވަ އަޑުއައްސަވަންތޯއާއި، އެންމެ ރީތީ ކޮން ލަވައެއްތޯ ޕްރޮގްރާމްގެ ހޯސްޓް އާމިރު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައި ކުޑަ ވަގުތުކޮޅަކު ވިސްނަވަން އިންނެވުމަށްފަހު އާޒިމް ވިދާޅުވީ، "މެއިން ޕަލް ދޯ ޕަލްކާ ޝާޔަރ ހޫން، ޕަލް ދޯ ޕަލް މެރީ ކަހާނީހޭ"އަކީ އަބަދުވެސް ނުހަނު ރީތި ލަވައެއް ކަމަށެވެ.

އާޒިމް ވިދާޅުވާ ގޮތުގައި އެ ލަވަ ރީތިވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ މާނަފުން، އަދި އާންމު ދިރިއުޅުމާވެސް ނުހަނު ގުޅުންހުރި ލަވައެއްކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އަޅުގަނޑުމެންނަކީ ކުޑަ ވަގުތުކޮޅެއްގެ މެހެމާނުންތަކެއް ކަމަށާއި، ކޮންމެ މީހަކަށްވެސް ކޮށްދެވުނު އެންމެ ހެޔޮކޮށް ކަންކަން ކޮށްދިނުމަށް އެ ލަވައިން ހަނދާންކޮށްދޭކަމަށް އާޒިމް ވިދާޅުވިއެވެ.

1976 ވަނަ އަހަރު ހިންދީ ސިނަމާގައި މަޝްހޫރުވެގެން ދިޔަ "ކަބީކަބީ"އިން އާންމުވެގެން ދިޔަ މި ލަވައިގައި ކިޔާދެނީ ޝާއިރެއްގެ އިހުސާސްތަކެވެ. އެގޮތުން އޭނާގެ ވާހަކަތަކާއި، އޭނާގެ ހަޔާތާއި، ޒުވާންކަން ފަދަ ކަންކަމަކީ ކުޑަ ވަގުތުކޮޅެއްގެ ކަންކަން ކަމަށް ލަވައިގައި ބުނެއެވެ.

ތެދެކެވެ. ސިޔާސީ މައިދާނަށް ބަލައިލިޔަސް ފެންނަނީ އެ މަންޒަރެވެ. ސިޔާސީ ގޮތުން ދައްކާ ވާހަކަތަކަކީވެސް މާ ގިނަ ދުވަސްތަކެއް ވަންދެން ދެމި އޮންނަ އެއްޗަކަށް ގިނަ ފަހަރު ނުވެއެވެ. ވާހަކައިގެ ރާގާއި، ލަވަ ބަދަލުވެ، އިސާހިތަކު މުޅި ލަވަވެސް ބަދަލުވެގެން ދާން ނަގަނީ ހަމަ ކުޑަ ދުވަސްކޮޅެވެ. އެ ދުވަހު ތައުރީފް ކުރި މީހާއަށް މިއަދު ބަދުބަސް ބުނުމާއި، އެ ދުވަހު މިތުރަކަށްވީ މީހާ މިއަދު ހަތުރަކަށްވުމަކީ ހަމަ އާންމު ކަމެކެވެ. ޕަލް ދޯ ޕަލްކީ ކަހާނީއެވެ.

"މުޖްސެ ޕެހެލޭ ކިތްނޭ ޝާޔަރ އާއޭ، އޯ އާކަރ ޗަލޭގަޔޭ" ކިޔަމުން ލަވައިގެ ދެވަނަ ކަޑި ފެށިގެންދަނީ އޭނާގެ ކުރިންވެސް އެތައް ޝާއިރުންނެއް އައިސް ގޮސްފައިވާ ވާހަކައިންނެވެ. އޭގެ ތެެރެއިން ބައެއް މީހުން އެނބުރި ދިޔައީ ހިތާމައިގެ ސާލުގައި ރޮމުން ކަމަށާއި، ބައެއް މީހުން ދިޔައީ އެމީހުންގެ ލަވަތައް ދޫކޮށްލާފައިކަމަށް ލަވައިގައި ބުނެއެވެ. އަނެއްކާވެސް ހަމަ ސިޔާސީ ދާއިރާއާ ގުޅުވާލެވެއެވެ. އާޒިމް ވިދާޅުވިހެން މިއީ ހަމަ ދިރިއުޅުމުގެ އާންމު ހަމަތަކާއި ކަންކަމާވެސް ނުހަނު ގުޅޭ ލަވައެވެ. އެގޮތުން ސިޔާސީ ދާއިރާއަށްވެސް އެތައް ބަޔަކު ނުކުމެ ދުވަސްތަކެއް ވަންދެން ބަބުޅާފައިވެއެވެ. އެއް ބަޔަކު ސިޔާސީ ދާއިރާ ދޫކޮށް ދިޔައީ މީހުންގެ ފުރައްސާރައާއި މަލާމަތް އިންތިހާއަށް ރައްދުވެ، މީހުންގެ ނަފްރަތާއެކުއެވެ. އަނެއް ބަޔަކު ދުރަށް ދިޔައީ އެމީހުންގެ ސިޔާސަތުތަކާއި އެމީހުންގެ ފަލްސަފާތައް އާންމުންގެ ތެރެއަށް ދޫކޮށްލާފައެވެ. ލަވައިގައި ބުނަނީ އެމީހުންނަކީވެސް ހަޔާތުގެ އެއް އިރެއްގެ ބައެއް ކަމެވެ. އޭނާއަކީވެސް ހަޔާތުގެ މިހާރުގެ ބައެއް ކަމެވެ. މާދަމާވެސް ހަމަ ދޫކޮށްފައި ހިނގައިދާނެކަމެވެ.

ލަވައިގައި ދެން ކިޔަނީ، މާދަމާ އަދި މުޅިން އާ މީހުން އަންނާނެ ކަމަށެވެ. ރާއްޖޭގެ ސިޔާސީ މައިދާނަށްވެސް އައު ޕާޓީތަކާއި، އައު ކުލަތަކާއި އައު އަޑުތައް އިވެމުންދާ ބީދައިންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އޭނާއަށްވުރެ މޮޅަށް ލަވަކިޔާ މީހުންނަށް ވެދާނެކަމަށް ޝާއިރު ބުނެއެވެ. ބައެއް މީހުންނަކީ މާ ރަނގަޅަށް އަޑުއަހާ މީހުންނަށް ވެދާނެކަމަށް ލަވަކިއުންތެރިޔާ ބުނެއެވެ. އޭނާގެ މަތިން މާދަމާވެސް މީހުން ހަނދާން ކުރާނެ ކަމަށް އޭނާ އުއްމީދު ކުރާ ހާލު، ދެން އަހާ ސުވާލަކީ މިއޮއް އަވަދިނެތި ދުނިޔޭގައި އޭނާ މަތިން ހަނދާންކޮށް ވަގުތު ބޭކާރުކުރާނީ ކާކުބާއޭވެސް ހިތަށްއަރާ ކަމަށެވެ. "ކިޔުން ކޯއި މުޖްކޯ ޔާދް ކަރޭ، މަޝްރޫފް ޒަމާނާ މޭރޭ ލިޔޭ، ކިޔުން ވަޤްތް އަޕްނާ ބަރްބާދް ކަރޭ"

އެބީދައިން، ސިޔާސީ ތަރި އޮއްސުމުން އެމީހާ މަތިން ހަނދާން ނައްތާލައި، އެ ސިޔާސީ ޕާޓީއެއްގެ މިސްރާބު މުޅިންހެން ބަދަލުކޮށްލަންވެސް ނަގަނީ ޅެންވެރިޔާ އެ ބުނިހެން ކުޑަ ވަގުތުކޮޅެކެވެ. ކުށެއް ސާބިތުވެ ޖަލަށް ދާން ޖެހުމުން ކައިރީގައި އެއްވެސް މީހަކު ނެތް ނަމަވެސް، މިނިވަންވެ އެނބުރި އައުމުން ހަމަ އެމީހުން ގާތުގައި އުޅޭތަންވެސް ފެނެއެވެ. ޅެންވެރިޔާވެސް ހަމަ ބުނި ބީދައިންނެވެ. ސިޔާސީ ކަންކަމަކީ ފާޑެއްގެ ކަމެކެވެ. "ޕަލް ދޯ ޕަލް ކީ ކަހާނީ"އެވެ.

އެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު