Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާޒިމްގެ ލުއިފަރާތް

އާޒިމްގެ ލުއިފަރާތުގައި ނަމޫނާ އެތައް ކަމެއް

22 ޖެނުއަރީ 2022 | ހޮނިހިރު 10:15

އެމަނިކުފާނު ރޭގަނޑު ފަރިއްކުޅުވަނީ މަންމައާއެކު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 ޖެނުއަރީ 2022 | ހޮނިހިރު 10:15
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެންމެ ގިނަ މަޝްރޫއުތައް ހިންގަމުންދާ އެންމެ ކާމިޔާބު އެއް ކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އެވެ. މިވަގުތު އެ ކުންފުނީގެ ހުންގާނުގައި ހިއްޕަވައިގެން ހުންނެވީވެސް ހަމަ އެހާމެ ކާމިޔާބު މާލިމީއެކެވެ. އެކުންފުނީގެ ސީއީއޯގެ މަގާމުގައި 21 ޖެނުއަރީ 2020ން ފެށިގެން ހުންނެވީ އާދަމް އާޒިމްއެވެ. އާޒިމްއަކީ ކުންފުނިތައް ހިންގުމުގައި ވަރަށްވެސް ކާމިޔާބު ބޭފުޅެކެވެ. މިގޮތުން އެމްޓީސީސީގެ ހުންގާނާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އާޒިމް ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ކަމާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ކަމާއި، ބޭންކް އޮފް މޯލްޑިވްސްގެ ނޮން-އެގްޒެކެޓިވް ބޯޑް ޑައިރެކްޓަރކަންވެސް ކުރައްވާފައެވެ. އަދި މީގެ އިތުރުންވެސް މިފަދަ ގިނަ މަގާމުތަކެއް އާޒިމް ވަނީ ފުރުއްވާފައެވެ.

އެހެންނަމަވެސް މިފަހަރު މި ގެނެސްދެނީ އެމަނިކުފާނު މިހާތަނަށް ހޯއްދަވާފައިވާ ގިނަ ކާމިޔާބީތަކުގެ ވާހަކަތަކެއް ނޫނެވެ. މިފަހަރު ކިޔާލަދޭން މި މަސައްކަތްކުރަނީ އެމަނިކުފާނުގެ އާންމު ދިރިއުޅުމުގައި ހުރި ބައެއް ކަންކަމާއި، ލުއި ފަރާތުގެ ބައެއް ވާހަކަތަކެވެ. ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އާޒިމް ވަނީ މިފަދަ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ކޮންމެގޮތަކުންވިޔަސް ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް އޮވެއެވެ. އެއީ ކޮންމެ ރެއެއްގެވެސް ފަރިއްކޮޅަށް މަންމަގެ ގާތަށް ވަޑައިގެން, މަންމައާއެކު ފަރިއްކުޅުވުމެވެ. އާޒިމް ވިދާޅުވީ ބައްޕަ ނިޔާވި ފަހުން ކޮންމެ ދުވަހަކުވެސް އެކަން އެގޮތަށް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި އެއީ "ކޮމްޕްރޮމައިޒް" ނުކުރައްވާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އެއަށްފަހު ކޮންމެ ރެއަކުވެސް އަނބިކަނބަލުން ގޮވައިގެން ބުރެއް ޖައްސަވާލެއްވުމަކީ ކޮންމެހެން ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ކަންތައް ނުކޮށްފިނަމަ ރޭގަނޑު އަވަހާރަފުޅުވެސް ނުލެއްޕެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ގަޑިން ގަޑިއަށް ފަރިއްކުޅުވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އޮފީހަށް ވަޑައިގަތުމުގެ ކުރިން ހެނދުނުގެ ނާސްތާ ކުރައްވާ ކަމަށާއި، މަސައްކަތުގައި އުޅުއްވަމުންވެސް މެންދުރުގެ ފަރިއްކޮޅަށް މަދުވެގެން 45 މިނެޓަށް މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކާ އެއްޗެހީގެ ތެރެއިން އެންމެ މީރުފުޅީ ރިހާކުރު ދިޔައާއި ގަރުދިޔައާއި ބަތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަނބިކަނބަލުންނާއެކު އަދިވެސް އުޅުއްވަނީ ކުރިން އުޅުއްވި ގޮތަށް ކަމަށާއި، ހަދިޔާ ދެއްވުމާއި މިނޫން ކަންކަން އަދިވެސް އޮންނަ ކަން ފާހަގަކުރެއްވިއެވެ. އެންމެ ރީތި ލަވައަކީ "ޕަލް ދޯ ޕަލް ކާ ޝާޔަރް ހޫނ" ކަމަށް އާޒިމް ވިދާޅުވިއެވެ. އެލަވަ އެންމެ ރީތިވަނީ އެއީ ވަރަށް މާނަ ފުން ލަވައަކަށް ވާތީ ކަމަށާއި، އެ ލަވައިން ދިރިއުޅުމުގެ އެތައް ފިލާވަޅެއް ލިބިވަޑައިގަންނަވާތީކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ސްކޫލް ދައުރުގެ އެކުވެރިންނާއެކު އެ އޮތް ގުޅުން އަދިވެސް ކެނޑިގެންނުދާ ކަމަށެވެ. ހުރިހާ އެކުވެރިންވެސް އުޅެނީ ވަރަށް ބިޒީކޮށް ކަމުން, ބައްދަލުކޮށްލަން ވަރަށް ވަގުތު ލިބިވަޑަަަިނުގަންނަވާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް ދޭތެރެއަކުން ހުސް ގަޑިއެއް ހޯއްދަވައިގެން, ހަފްތާ ބަންދުގައި ސައިތައްޓެއް ނޫނީ ކޮފީތައްޓެއް ހިއްޕަވަން ވަޑައިގަންނަވާކަން އާޒިމް ފާހަގަކުރެއްވިއެވެ.

މީގެ ތަންކޮޅެއްކުރިން ފުޓުބޯޅަ ކުޅުމުގައިވެސް އާޒިމް ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އާޒިމް ވިދާޅުވީ ކެރިއަރެއްގެ ގޮތުގައި ފުޓުބޯޅަ ކުޅުއްވަން ބޭނުންފުޅުވި ކަމަށެވެ. އެހެންނަމަވެސް 1993 ވަނަ އަހަރުން ފެށިގެން ފުޓުބޯޅަކުޅުން ހުއްޓަވާލައްވާފައިވާކަމަށެވެ. އެއީ ފައިންޕުޅު ބިނދުމުން ކަމަށާއި، އެހިސާބުން ފުޓުބޯޅައިން ވަޑައިގެންނެވެން އޮތް ހިސާބަކަށް ވަޑައިގެންނެވުނީކަމަށް ނިންމެވީކަމަށް އާޒިމް ވިދާޅުވިއެވެ.

މިއީ އާޒިމްގެ ލުއި ފަރާތުގެ ވަރަށް ކުޑަ މިންވަރެކެވެ. އެހެންނަމަވެސް މި ކުޑަ މިންވަރުންވެސް އެނގިގެންދާ އެއް ކަމަކީ އެމަނިކުފާނަކީ މަސައްކަތުގައިވެސް އަދި ޒާތީ ދިރިއުޅުއްވުމުގެ ކަންކަމުގައިވެސް ނަމޫނާ ބޭފުޅެއްކަމެވެ.

އާދަމް ޢާޒިމްއެމްޓީސީސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް