Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޕާނުގެ އައު ސަފީރު

ޖަޕާނުގެ އައު ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

20 ޖެނުއަރީ 2022 | ބުރާސްފަތި 11:39

އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖެނުއަރީ 2022 | ބުރާސްފަތި 11:39
ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުގެ ރަސްމިއްޔާތު

ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުގެ ރަސްމިއްޔާތު

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ތަކެއުޗި މިދޮރި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތު ބާއްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

ފަތްކޮޅު އެރުވުމަށްފަހު، ޖަޕާނުގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ސަފީރުކަމުގެ ދައުރު ހަމަކުރައްވައި ރާއްޖެއިން ވަޑައިގެންނެވި ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވައި އައު ސަފީރުގެ ދައުރުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ވާހަކަފުޅު ދައްކަވަމުން، މި އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮވިޑް-19 ޕެންޑަމިކްގެ ތެރޭގައި ޖަޕާނު ސަރުކާރުން އެމެޖެންސީ ލޯނުގެ ގޮތުގައި ދިން އެހީތެރިކަން ފާހަގަކުރައްވައި އެއީ ކޮވިޑް-19 ޕެންޑަމިކުން އަރައިގަތުމަށް މަސައްކަތްކުރުމަށް ޖަޕާނުން ރާއްޖެއަށް ދިން އެންމެ ބޮޑު ކޮންސެޝަން ލޯނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް މާލޭގެ ކަނޑުތޮށި މަރާމާތުކުރުމާއި، ޑިޖިޓަލް ޓެރެސްޓިއަލް ޓެލެވިޒަން ޕްރޮޖެކްޓާއި އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށާއި ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާ އަދި ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް ޖަޕާނުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ޖަޕަނީޒް ޑިވެލޮޕްމަންޓް ސްކޯލަރޝިޕް ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ލިބޭ ސްކޯލަރޝިޕް ފުރުޞަތުތަކުގެ ސަބަބުން ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިތުރު ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ތިމާވެށީގެ ދާއިރާއާއި ކާރިސާތަކުން ރައްކާތެރިވުމުގެ ދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި ހިންގުމުގެ ދާއިރާފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާނުގެ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރެވިދާނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1967 ވަނަ އަހަރުގައެވެ.

ޖަޕާންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް