Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ވެރިކަން

އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން - ރައީސް ނަޝީދު

19 ޖެނުއަރީ 2022 | ބުދަ 04:57

ދެވަނަ ދައުރެއް އެމްޑީޕީއަށް މުހިއްމު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 19 ޖެނުއަރީ 2022 | ބުދަ 04:57
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް

އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް ކުރައްވަން ޖެހި ވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާގެ ނޭޝަނަލް ޔޫތް ޕާލަމެންޓް ޝަރުފުވެރިކޮށްދެއްވުމަށް ލަންކާގައި ހުންނަވާ އިންޑިއާގެ އޮންލައިން ނޫސް " ދަ ހިންދޫ"އަށް ދެއްވި އިންޓަރވިއުއެއްގައެވެ. އެމަނކުފާނު ވިދާޅުވީ އެމްޑީޕީ އިތުރު ދައުރެއްގައި ވެރިކަމުގައި އޮތުމަކީ މިހާރުގެ ހާލަތަށް ބަލައި މުހިއްމު ކަމެއް ކަމަށެވެ. ގައުމު ހަލަބޮލި ކޮށްލުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުންވެސް އެނގުނު ކަމަކީ، ދިވެހިރާއްޖެއަށް އެއްގައުމު އަނެއްގައުމާ ޖައްސާލައިގެން ނޫޅެވޭނެ ކަން ކަމުގައެވެ. އެކުވެރި ގައުމުތަކަށް ދިވެހިން އަބަދުވެސް ކަމޭހިތާނެ ކަމަށާއި، އިންޑިއާއަކީ ދިވެހިންނާ އެންމެ ގާތް ގައުމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޮންމެ ކަމެއްގައިވެސް ފުރަތަމަ ދިވެހިންނަށް އެހީތެރެިކަން ފޯރުކޮށްދޭ ބަޔަކީ އިންޑިއާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެސީ ދެމެހެއްޓުމަށް އެމްޑީޕީ ވެރިކަމުގައި ދެމިއޮތުމަކީ ކޮންމެހެން މުހިއްމު ކަމެއްކަމުގައި ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އިންތިޚާބުގައި ވާދަކުރެއްވުމުގެ ވިސްނުން އަބަދުވެސް ގެންގުޅުއްވާ ކަމަށާއި، އެ ކަމަށް ބަދަލެއް ނާންނަ ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންތައް ހައްލު ކުރައްވަން ރައީސް ސޯލިހު ކުރައްވާ މަސައްކަތްޕުޅަށް ރައީސް ނަޝީދު ތައުރީފު ކުރެއްވިއެވެ. ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް އަދި ނިންމާފައި ނުވާ ކަމަށާއި، ރައީސް ސާލިހާ ދެ ބޭފުޅުން އިންތިޚާބުގައި ވާދަ ކުރައްވާ މަންޒަރު އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑިޕީން ވެރިކަމުގައި ދެމި އޮންނަން ކުރަން ޖެހުނު ކޮންމެ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ދައުރެއް މުހިއްމު ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް