Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2018 ގެ ރިޔާސީ އިންތިޚާބު

ސުޕްރީމް ކޯޓުން ގޮތް ނިންމާފައި އޮއްވައި، އިންތިޚާބުގެ މައްސަލަ އަލުން ބެލޭނެކަމަށް އީސީން ނުދެކޭ

17 ޖެނުއަރީ 2022 | ހޯމަ 11:05

މައްސަލަތައް އިދިކޮޅުން ވަނީ މައިގަނޑު 4 މުއައްސަސާއަކަށް ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖެނުއަރީ 2022 | ހޯމަ 11:05
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު

ސުޕްރީމް ކޯޓުން ގޮތް ނިންމާފައި އޮތް އިންތިޚާބެއްގެ މައްސަލަ އަލުން ބެލޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

2018 ގެ ރިޔާސީ އިންތިޚާބާގުޅޭ މައްސަލަތަކެއް އާދިއްތަ ދުވަހު ޕީޕީއެމްއިން 4 މުއައްސަސާއަކަށް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ފުލުހުންނާއި، އޭސީސީއާއި، އެޗްއާރްސީއެމްގެ އިތުރުން، އޮމްބަޑްސްޕަރސަން އޮފީސް ހިމެނެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ، ޤާނޫނުގައި އޮންނަ ގޮތުން ނަތީޖާ ފާޅުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އިންތިޚާބާއި ގުޅޭ ޝަކުވާތައް ހުށައަޅަން ޖެހެއެވެ. އަދި އެކަމަށް ވަކި އުސޫލުތަކެއް ހެދިފައިވާއިރު، އިންތިޚާބާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށައެޅުނު މައްސަލައިގައިވެސް ވަކި ގޮތަކަށް ނިމިފައިވާކަން ފުއާދު ފާހަގަ ކުރެއްވިއެވެ.

ފުއާދު ވިދާޅުވީ އެ ހުރިހާ ކަމެއް އެހެން އޮއްވައި، އިންތިޚާބު ނިމި 3 އަހަރު ފަހުން އިންތިޚާބާއި ގުޅޭ މައްސަލަތަކެއް ތަހުގީގުކޮށް، އިންތިޚާބާއި ގުޅޭ ޝަކުވާތަކެއް އަލުން ހުށައަޅައިގެން ބެލުމުގެ ޤާނޫނީ ހަމައެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އިންތިޚާބާއި ގުޅޭ މައްސަލަތައް އިދިކޮޅުން ވަނީ މައިގަނޑު 4 މުއައްސަސާއަކަށް ހުށައަޅާފައެވެ. އެގޮތުން ފުލުހުންނަށް އިންތިޚާބާއި ގުޅޭ ޖިނާއީ މައްސަލަތަކެއް ހުށައަޅާފައިވާއިރު، އެ މައްސަލަތައް ހުށައަޅާފައިވަނީ މައިގަނޑު 25 ނުކުތާއެއްގެ މައްޗަށެވެ. އަދި އޭސީސީއަށްވެސް މައްސަލަތަކެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި އިންތިޚާބުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގެ މަސައްކަތް ޙަވާލު ކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒް ފައިދާ ހޯއްދަވާފައިވާކަމަށް ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލަތަކެއްވެސް ހިމެނެއެވެ.

އޭގެ އިތުރުން، މި ސަރުކާރުން ޤާއިމުކޮށްފައިވާ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށްވެސް ވަނީ އިންތިޚާބާއި ގުޅޭ މައްސަލަތަކެއް ހުށައަޅާފައެވެ. އެގޮތުން އިންތިޚާބު އޮޅުވާލުމަކީ ދުރާލާ ރާވައިގެން، ކަނޑައެޅިގެން ވަކި ސިޔާސީ ފިކުރަކަށް ގެއްލުން ދިނުމުގެ މަޤްސަދުގައި ކޮށްފައިވާ ކަމެއްކަމަށް ބުނެ ވަނީ އެކަމާއި ގުޅޭ މައްސަލަތަކެއް ހުށައަޅާފައެވެ.

ހަތަރުވަނަ މުއައްސަސާއެއްގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މައްސަލަ ހުށައަޅާފައިވާއިރު، ޤާނޫނު އަސާސީން ލިއްބައިދީފައިވާ ޙައްޤުތަކެއް ގެއްލިގެން ގޮސްފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ. މި ހަތަރު މުއައްސަސާއަށްވެސް މައްސަލަ ހުށައަޅާފައިވަނީ އާދިއްތަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް