Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިއުނިޓީ ސަރވިސްގެ އަބަދު ތަންފީޒުކުރުން

ކޮމިއުނިޓީ ސަރވިސްގެ ތެރެއިން ގައިދީންގެ އަދަބު ތަންފީޒުކުރަން ފަށައިފި

17 ޖެނުއަރީ 2022 | ހޯމަ 06:18

މިގޮތަށް އަދަބު ތަންފީޒު ކުރެވޭނެ 3 ގޮތެއް ވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 ޖެނުއަރީ 2022 | ހޯމަ 06:18
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށައިފިއެވެ.

މިއާއެކު ކޮމިއުނިޓީ ސަރވިސްގެ ތެރެއިން ނުވަތަ މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރަން ވަނީ ފަށާފައެވެ. މި ގަވައިދުގައިވާ ގޮތުން މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރެވޭނެ 3 ގޮތެއް ވެއެވެ. އެއް ގޮތަކީ ހަމައެކަނި މުޖުތަމައަށް ޚިދުމަތް ކޮށްގެން އަދަބު ތަންފީޒުކުރުމެވެ. ދެވަނަ ގޮތަކީ ޖަލު އަދަބާއެކު މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރުމެވެ. އަދި ތިންވަނަ ގޮތަކީ ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒުކުރުމެވެ.

Advertisement - newsAdvertisement

މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރަންވާނީ، ގައިދީއަށް އުޖޫރައެއް ލިބޭގޮތަކަށް ނޫން ކަމަށް މި ގަވައިދުގައި ވެއެވެ. މިގޮތަށް އަދަބު ތަންފީޒުކުރާ ހާލަތުގައި މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބާއެކު ކަނޑައެޅޭ އެހެން އަދަބަކާ އެކުގައި ނުވަތަ ވަކީން އަދަބު ތަންފީޒު ކުރުމަށް ނިންމިދާނެއެވެ. އެގޮތުން އަދަބު ތަންފީޒު ކުރުމަށް ގައިދީ ބޭނުންވާ ގޮތާއި، ގައިދީގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ހުރި މިންވަރާއި، ޖަލުގެ ހާލަތަށް ރިއާޔަތް ކުރުމާއި، ގައިދީގެ ދިރިއުޅުމުގެ ހާލަތާއި، އާއިލީ ހާލަތާއި، ގައިދީގެ މާލީ ހާލަތަށް ރިއާޔަތް ކުރުމަށް ގަވައިދުގައި ވެއެވެ.

ޖަލު އަދަބާއެކު މުޖުތަމަޢަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމަށް ކޯޓުން ހުކުމް ކުރާ ހާލަތުގައި އެ ގައިދީ ބެހެއްޓުމަށް ކަނޑައަޅައިފައިވާ ޖަލެއްގައި މި އަދަބު ތަންފީޒު ކުރަން ނިންމިދާނެ ކަމަށް ގަވައިދުގައިވެއެވެ. ގޭބަންދުގެ އަދަބާއެކު މުޖުތަމައަށް ޚިދުމަތް ކުރުމުގެ އަދަބު ތަންފީޒު ކުރުމަށް ކޯޓުން ހުކުމް ކުރާ ހާލަތުގައި، އެ ރަށަކީ މި އަދަބު ތަންފީޒު ކުރެވޭ ފަދަ މަސައްކަތެއް ކުރެވޭ ރަށެއް ކަމުގައި ވާނަމަ، އެ ރަށަކުން މި އަދަބު ތަންފީޒުކުރަން ނިންމިދާނެއެވެ.

އެ މީހެއްގެ މައްޗަށް މި އަދަބު ތަންފީޒު ކުރުމަށް ހުކުމްކޮށްފިނަމަ، ހުކުމްކުރާތާ 48 ގަޑިއިރުގެ ތެރޭގައި، އެ މީހެއްގެ މައްޗަށް ކޮށްފައިވާ އަދަބުގެ ބާވަތާއި، ތަބީއަތާއި، އެ މީހެއްގެ އިޖުތިމާއީ ހާލަތާއި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، އަދި އޭނާގެ ކިބައިގައި ހުރި ހުނަރުތަކާއި އިތުރަށް ތަރައްގީކުރަން ބޭނުންވާ ހުނަރުތައް ދެނެގަނެ، ގައިދީގެ ވަށައިޖެހޭ އެސެސްމަންޓެއް ހަދަންޖެހެއެވެ. އެސެސްމެންޓް ނިމޭތާ 72 ގަޑިއިރުގެ ތެރޭގައި ގައިދީއާއެކު އެއްބަސްވުމެއް ހަދައި، ސޮއިކުރަންޖެހެއެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި އަދަބު ތަންފީޒުކުރަންޖެހެއެވެ.

މި ހުރިހާ ހާލަތެއްގައިވެސް ގައިދީންގެ ހަރަކާތްތައް މޮނިޓަރ ކުރަމުން ގެންދަންޖެހެއެވެ. އެކަން ކުރުމަށް ގައިދީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމާއި، މިކަމަށް މޮނިޓަރިންގ އޮފިސަރެއް ކަނޑައަޅަން ޖެހެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
06 ޑިސެމްބަރު 2023

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

06 ޑިސެމްބަރު 2023
ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް