Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2018 ގެ ރިޔާސީ އިންތިޚާބު

2018 ގެ ރިޔާސީ އިންތިޚާބާގުޅޭ މައްސަލަތަކެއް ޕީޕީއެމްއިން 4 މުއައްސަސާއަކަށް ހުށައަޅައިފި

16 ޖެނުއަރީ 2022 | އާދީއްތަ 11:02

މައްސަލަތައް އިދިކޮޅުން ވަނީ މައިގަނޑު 4 މުއައްސަސާއަކަށް ހުށައަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖެނުއަރީ 2022 | އާދީއްތަ 11:02
ޕީޕިއެމްގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން- ރައީސް ޔާމީނުވެސް ވަނީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައި

ޕީޕިއެމްގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން- ރައީސް ޔާމީނުވެސް ވަނީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައި

2018 ގެ ރިޔާސީ އިންތިޚާބާގުޅޭ މައްސަލަތަކެއް ޕީޕީއެމްއިން 4 މުއައްސަސާއަކަށް ހުށައަޅައިފިއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ ޕީޕީއެމްގެ ޤާނޫނީ ވަކީލުންގެ ޓީމުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން މި ބައްދަލުވުމުގައި ޕީޕީއެމްގެ ޤާނޫނީ ޓީމުން ބުނީ، 2018 ގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އިން ހުށައަޅާފައިވާ މައްސަލަތައް މިހާތަނަށްވެސް ބެލިފައިނުވާ ކަމަށާއި، އެކަމަށް ދައުލަތުގެ މުއައްސަސާތަކުން ހުރަސް އަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ނުވީ އިންތިޚާބު އޮޅުވާލައިގެން ނޫން ކަމަށާއި، އެމަނިކުފާނު އިންތިޚާބުގައި ނާކާމިޔާބުވީ ވޯޓު ނުލިބުމުން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. މިކަމަށްވެސް ޕީޕީއެމްގެ ޤާނޫނީ ޓީމުން ވަނީ ޝަރީފަށް ބަހުގެ ހޫނު ޙަމަލާތަކެއް ދީފައެވެ.

އިންތިޚާބާއި ގުޅޭ މައްސަލަތައް އިދިކޮޅުން ވަނީ މައިގަނޑު 4 މުއައްސަސާއަކަށް ހުށައަޅާފައެވެ. އެގޮތުން ފުލުހުންނަށް އިންތިޚާބާއި ގުޅޭ ޖިނާއީ މައްސަލަތަކެއް ހުށައަޅާފައިވާއިރު، އެ މައްސަލަތައް ހުށައަޅާފައިވަނީ މައިގަނޑު 25 ނުކުތާއެއްގެ މައްޗަށެވެ. އަދި އޭސީސީއަށްވެސް މައްސަލަތަކެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި އިންތިޚާބުގެ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގެ މަސައްކަތް ޙަވާލު ކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒް ފައިދާ ހޯއްދަވާފައިވާކަމަށް ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލަތަކެއްވެސް ހިމެނެއެވެ.

އޭގެ އިތުރުން، މި ސަރުކާރުން ޤާއިމުކޮށްފައިވާ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަން އޮފީހަށްވެސް ވަނީ އިންތިޚާބާއި ގުޅޭ މައްސަލަތަކެއް ހުށައަޅާފައެވެ. އެގޮތުން އިންތިޚާބު އޮޅުވާލުމަކީ ދުރާލާ ރާވައިގެން، ކަނޑައެޅިގެން ވަކި ސިޔާސީ ފިކުރަކަށް ގެއްލުން ދިނުމުގެ މަޤްސަދުގައި ކޮށްފައިވާ ކަމެއްކަމަށް ބުނެ ވަނީ އެކަމާއި ގުޅޭ މައްސަލަތަކެއް ހުށައަޅާފައެވެ.

ހަތަރުވަނަ މުއައްސަސާއެއްގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް މައްސަލަ ހުށައަޅާފައިވާއިރު، ޤާނޫނު އަސާސީން ލިއްބައިދީފައިވާ ޙައްޤުތަކެއް ގެއްލިގެން ގޮސްފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ. މި ހަތަރު މުއައްސަސާއަށްވެސް މައްސަލަ ހުށައަޅާފައިވަނީ އާދިއްތަ ދުވަހުއެވެ. އެހެންނަމަވެސް، މި މައްސަލަތައް އެ މުއައްސަސާތަކުން ބަލައިގެންފައިވާކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

އިދިކޮޅުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ދައުލަތުގެ މުއައްސަސާތައް "ޕެރެލައިޒްކޮށް" މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބަށް ވީ ގޮތް ބަލާނެ ކަމަށާއި، މިފަހަރު އެ މައްސަލަތައް ކޮޅެއްގައި ޖައްސާނެ ކަމަށް ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް މިހާރު ކުރިއަށްދާ ކޮމަންޑޫ ބައި އިލެކްޝަންގައި އެއްވެސް އޮޅުވާލުމެއް ހިނގުމުގެ ފުރުސަތު އިދިކޮޅުން ނުދޭނެކަމަށް ވަކީލުން ފާހަގަ ކުރައްވައެވެ.

އެހެންނަމަވެސް، މުއައްސަސާތަކަށް އިތުބާރު ނުކުރާއިރު މައްސަލަ ހުށައެޅުއްވީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުން ޤާނޫނީ ޓީމުން ވަނީ، މައްސަލަ ހުށައެޅުއްވީ ހަމައެކަނި ރެކޯޑަށްޓަކައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެރިކަން ބަދަލުވުމުންވެސް އެ މައްސަލަތަކަށް އިންސާފު ހޯދޭނީ އޭރުންކަމަށް ވަކީލުން ވިދާޅުވެއެވެ.

އެންމެ ފަހުން 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ، އިދިކޮޅުން އަންނަނީ އަނެއްކާވެސް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ޝަރީފަށްވެސް ތުހުމަތުކުރަމުންނެވެ. 2018ވަނަ އަހަރުގައި އޮތް ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހަށް ލިބިވަޑައިގެންފައިވަނީ 134،705 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް