Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު

"ރައީސް ވަޑައިގެންނެވީ ވައުދުތަކަކާއެކު، އެ ވައުދުތައް ފުއްދުމުގެ ދުވެލި މަޑުކުރެވޭކަށް ނެތް"

ޚިދުމަތް ލިބިގަތުމުގައި ދަތިވާފަދަ އެއްވެސް ކަމެއް އެއްވެސް ރަށަކަށް ދިމާވާނަމަ އެކަން ހިއްސާ ކޮށްދިނުމަށް އެދިލެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖެނުއަރީ 2022 | އާދީއްތަ 07:08
ަ މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވާހަކަ ދައްކަވަނީ

ަ މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވާހަކަ ދައްކަވަނީ

މި ސަރުކާރަކީ އިންތިޚާބެއް އޮވެގެން ރައްޔިތުންނަށް ކަންކަން ކޮށްދީ ތަރައްޤީ ގެނެސްދޭ ސަރުކާރެއް ނޫންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

އާޒިމް އެހެން ވިދާޅުވީ ހއ މުރައިދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފެއްޓުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ބާރަށު ދާއިރާގައި އިންތިޚާބެއް އޮތީތޯ ސުވާލު ކުރައްވައި ވާހަކަ ފައްޓަވަމުން އާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މަޝްރޫއުތައް ހިންގަނީ އެ ދާއިރާގައި އިންތިޚާބެއް އޮތުމުންކަމަށް ދާދި ފަހުން ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރަކީ އިންތިޚާބެއް އޮވެގެން ކަންކަން ކޮށްދޭ ސަރުކާރެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރަށްރަށުގެ ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ވައުދުފުޅެއް ކަމަށާއި، އިންތިޚާބެއް އަންނާތީ ސަރުކާރުގެ ހަލުވި ދުވެލި މަޑުކޮށްލަން ނުޖެހޭ ކަމަށެވެ. އެގޮތުން އިންތިޚާބެއް އޮތް ދާއިރާއެއް ނަމަވެސް ނުވަތަ ނެތް ދާއިރާއެއް ނަމަވެސް ހަލުވިކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ރައީސް ބޭނުންފުޅުވާ ގޮތްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ދުވަހެއް ދުވަހަކަށް ދުވެލި ހަލުވިކޮށް، ކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސްއަށާއި، ރައްޔިތުންނަށްވެސް ދެއްވާފައެވެ. އަދި ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންކަން ކޮށްދިނުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި ކުންފުނިން ސާބިތުކަމާއެކު އޮންނާނެކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އަހަރެއްހާ ދުވަހުގެ ތެރޭގައި މުރައިދޫ ބަނދަރުގެ މަސައްކަތްވެސް ކޮށް ނިންމަވާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މުރައިދޫގެ ރައްޔިތުންނާއި ކައުންސިލުގެ އެދުމުގެ މަތިން އެރަށު މޫދަށް އެރޭ ސަރަޙައްދުގެ މަސައްކަތްވެސް ކުންފުނީގެ ސީއެސްއާރުގެ ދަށުން ކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރުން ކަންކަން ކޮށްދެމުން ދަނީ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ކުންފުނީގެ ޚިދުމަތް ލިބިގަތުމުގައި ދަތިވާފަދަ އެއްވެސް ކަމެއް އެއްވެސް ރަށަކަށް ދިމާވާނަމަ އެކަން ހިއްސާ ކޮށްދިނުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރު އައި އިރު 150 މަޝްރޫއު އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ކަމަށެވެ. މިވަގުތުވެސް ކުންފުނިން 68 މަޝްރޫއު ހިންގަމުން ގެންދާކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، މި 3 އަހަރުގެ ތެރޭގައި 50ށް ވުރެ ގިނަ މަޝްރޫއުގެ މަސައްކަތް ނިންމައި ޙަވާލު ކޮށްފައިވާނެ ކަމަށެވެ.

އެމްޓީސީސީއާދަމް ޢާޒިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު