Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނާއި ޗައިނާގެ ގުޅުން

އިރާނާއި ޗައިނާގެ އިގްތިޞާދީ އަދި ސިޔާސީ ގުޅުން އިތުރު ހަރުފަތަކަށް، ޗައިނާގެ ބަހުގެ ހަމަލާތައް އެމެރިކާއަށް

16 ޖެނުއަރީ 2022 | އާދީއްތަ 03:30

އިރާނަށް މިހާރު ކުރިމަތިވެފައިވާ ދަތި އުނދަގޫ ހުރިހާ ކަމަކީވެސް އެމެރިކާއިން ޒިންމާނަގަންޖެހޭ ކަމެއްކަމަށް ޗައިނާއިން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖެނުއަރީ 2022 | އާދީއްތަ 03:30
އިރާނާއި ޗައިނާއިން އެގްރިމެންޓްގައި ސޮއިކުރަނީ

އިރާނާއި ޗައިނާއިން އެގްރިމެންޓްގައި ސޮއިކުރަނީ

އެމެރިކާއިން އިރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން ޗައިނާއިން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފިއެވެ.

ޗައިނާއިން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް ދީފައިމިވަނީ އިރާނާއި ޗައިނާ އާ ދެމެދު އިގްތިޞާދީ އަދި ސިޔާސީ ގޮތުން އިތުރަށް ގުޅުން ވަރުގަދަވެގެންދާނެ 25 އަހަރު ދުވަހުގެ ކޯޕަރޭޝަން އެގްރިމެންޓަށް އަމަލުކުރަން ފެށުމާ ދިމާކޮށެވެ. ހުކުރު ދުވަހު ޗައިނާގައި އެޤައުމުގެ ފޮރިން މިނިސްޓަރ ވެންގ ޔީ އާއި އިރާނުގެ ފޮރިން މިނިސްޓަރ ހުސައިން އާމިރު އަބްދުﷲހިއަން އާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މިބައްދަލުވުމުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭ ޚުލާސާއެއް ޗައިނާގެ ފޮރިން މިނިސްޓްރީ ވެބްސައިޓްގައި ހޮނިހިރު ދުވަހު ވަނީ ހިމަނާފައެވެ. ވެންގ ވިދާޅުވީ އިރާނަށް މިހާރު ކުރިމަތިވެފައިވާ ދަތި އުނދަގޫ ހުރިހާ ކަމަކީވެސް އެމެރިކާއިން ޒިންމާނަގަންޖެހޭ ކަމެއްކަމަށެވެ. އަދި 2015 ވަނަ އަހަރު އެއްބަސްވެވުނު އިރާނުގެ ނިޔުކްލިއަރ ޑީލުން އެމެރިކާއިން ވަކިވުމުން އެކަމަށް ވެންގ ވަނީ ފާޑުވިދާޅުވެފައެވެ.

ނިޔުކްލިއަރ އެއްބަސްވުމުގައިވާ ގޮތުގެމަތިން އިރާނުން ޔުރޭނިއަމް ފައްކާކުރުން ވަކި މިންވަރެއްގައި ހިފަހައްޓަންޖެހޭނެއެވެ. އޭގެ ބަދަލެއްގެ ގޮތުގައި އިރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލާނެއެވެ. އިރާނުން އަންނަނީ ނިޔުކްލިއަރ ހަތިޔާރު އެގައުމުން އުފައްދާކަމަށް ތުހުމަތުކުރާކުރުން ތަކުރާރުކޮށް ދޮގުކުރަމުންނެވެ. އިރާނުން ބުނަމުން އަންނަނީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުމުގެ ވިސްނުމެއް އެގައުމުގެ ނެތްކަމަށެވެ.

ވެންގ ވިދާޅުވީ ނިޔުކްލިއަރ އެއްބަސްވުމާއި ގުޅޭގޮތުން އަލުން ވާހަކަތައް ދެއްކުމަށް ޗައިނާއިން ތާއީދުކަމަށެވެ. ނަމަވެސް އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ބަލައިނުގަނެވޭކަމަށް ޗައިނާއިން ބުނެއެވެ. އިންސާނީ ހައްގުތަކުގެ ނަމުގަޔާއި އެނޫން ގޮތްގޮތަށް އިރާނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި އިރާނުގެ އެތެރޭގައި ހިނގާ ކަންކަމަށް ބާރުފޯރުވުމަށް މަސައްކަތްކުރުމާއި މެދުއިރުމައްޗަށް އެމެރިކާގެ ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތްތައް ބަލައިނުގަނެވޭކަމަށް ޗައިނާއިން ބުނެއެވެ.

އިރާނުގެ ނިޔުކުލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމަށްފަހު އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުގެ އިގްތިޞާދަށް އަންނަނީ ބޮޑެތި ގެއްލުންތަކެއްވަމުންނެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އިރާނުން އަންނަނީ ނިޔުކްލިއަރ ހަތިޔާރު އުފައްދާ ބެލެސްޓިކް މިސައިލް ޕްރޮގްރާމް ފުޅާކޮށް އެސަރަހައްދަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންނެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިވެފައިވާ ދެގައުމު ކަމުގައިވާ ޗައިނާ އާއި އިރާނުން ވަނީ މިދިޔަ އަހަރުގެ މަރޗް މަހު 25 އަހަރުގެ ކޯޕަރޭޝަން އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން އެތައް މިލިއަން ޑޮލަރެއްގެ އިންފްރާސްޓަރަކްޗަރ އިރުމަތީ އޭޝިޔާ އާއި ޔޫރަޕްގައި ގާއިމުކުރުމަށް ގެންގުޅޭ މަޝްރޫޢުގެ ބައެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ޗައިނާގެ އިގްތިޞާދީ އަދި ސިޔާސީ ނުފޫޒު ފުޅާކޮށް އެމެރިކާގެ ނުފޫޒު ކުޑަކުރުމަށް މަސައްކަތްކުރުމެވެ.

ޗައިނާ އާއި އިރާނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހަކަތައާއި، އިންފްރާސްޓްރަކްޗަރ، ދަނޑުވެރިކަން، ސިއްހީ ނިޒާމާއި ޘަގާފަތް ކުރިއެރުވުމާއި ސައިބަރ ސެކިޔުރިޓީ އާއި އެހެނިހެން ގައުމުތަކާއެކު ގުޅުން ކުރިޔަށްގެންދިޔުމާއި ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ވެންގ ވަނީ ހަމަ މިހަފްތާތެރޭގައި ގަލްފްގައި ހިމެނޭ އަރަބި އެހެން ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެބައްދަލުކުރެއްވުން ތަކުގައި އެގައުމުތަކުން ވަނީ އިރާނުގެ ފަރާތުން އެސަރަހައްދަށް ނުރައްކާވަމުން އަންނަކަން ފާހަގަކޮށްފައެވެ. އެހެންކަމުން ޗައިނާއިން އަންނަނީ ގަލްފް ގައުމުތަކުގެ މެދުގައި އެސަރަހައްދުގެ ސަލާމަތާއި ގުޅޭގޮތުން ހުރި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަތައް ދެއްކޭނެ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ.

އީރާންޗައިނާއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް