ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 09:47
ރެޕިޑް އެންޓިޖެން ޓެސްޓް ހެދޭ ކިޓެއް- މިފަދަ ކިޓްތައް ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ބޭނުން ކުރޭ
ރެޕިޑް އެންޓިޖެން ޓެސްޓް ހެދޭ ކިޓެއް- މިފަދަ ކިޓްތައް ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ބޭނުން ކުރޭ
ޓައިމްސް ޔޫނިއަން
ރެޕިޑް އެންޓިޖެން ޓެސްޓިންގ
ރެޕިޑް ކިޓުން ޓެސްޓު ކުރުމުގެ ހުއްދަ ޕްރައިވެޓް ކްލިނިކަކަށް ނުދޭކަމަށް ބުނެ އެޗްޕީއޭއިން ހެދީ ދޮގު
 
މިކިޓަކީ 97 އިންސައްތަ ސީދާ ނަތީޖާ ނެރޭ ކިޓެއް ކަމަށް މި ކިޓު ރާއްޖޭގެ ބާޒާރަށް ނެރެފައިވާ ފަރާތުން މައުލޫމާތުދޭ
 
16 ފެބްރުއަރީ 2021 ގައި ވަނީ އަމިއްލަ ކްލިނިކެއްގެ ދަށުން ހިންގަމުން ގެންދާ ލެބޯޓަރީއަކަށް އެ ހުއްދަ ދޫކޮށްފައި
 
ރެޕިޑް ޓެސްޓު ކިޓު ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އައިޖީއެމްއެޗަށް އެކަނިކަމަށް އެޗްޕީއޭއިން ބުނޭ

ރެޕިޑް އެންޓިޖެން ޓެސްޓް ކިޓުން ޓެސްޓު ކުރުމުގެ ހުއްދަ ޕްރައިވެޓް ކްލިނިކަކަށް ދީފައި ނުވާކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް އެއީ ތެދެއް ނޫންކަން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

ރެޕިޑް ޓެސްޓް ކިޓް އާންމުން އަމިއްލައަށް ޓެސްޓު ކުރުމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތްކަމަށް އެޗްޕީއޭން ބުނެއެވެ. ސަބަބެއްގެ ގޮތުން އެޗްޕީއޭއިން ފާހަގަކުރަނީ އަމިއްލައަށް ޓެސްޓު ކުރުމަށްފަހު ޕޮޒިޓިވް ނަތީޖާ ނިކުންނަ ފަހަރުތަކުގައިވެސް އެކަން އެޗްޕީއޭއަށް ނާންގައި އާންންމު ފަރާތްތަކުން ދަތުރުކޮށްފާނެތީ ކަމަށެވެ.

އޭގެ އިތުރުން، މިހާތަނަށް ރެޕިޑް ޓެސްޓު ކިޓު ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އައިޖީއެމްއެޗަށް ކަމަށާއި، އެއްވެސް ޕްރައިވެޓް ކްލިނިކަކަށްވެސް ރެޕިޑް ކިޓުން ޓެސްޓު ކުރުމުގެ ހުއްދަ ދީފައި ނުވާނެކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް، އެއީ ތެދެއް ނޫންކަމަށް ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޝަނުން 16 ފެބްރުއަރީ 2021 ގައި ވަނީ އަމިއްލަ ކްލިނިކެއްގެ ދަށުން ހިންގަމުން ގެންދާ ލެބޯޓަރީއަކަށް އެ ހުއްދަ ދޫކޮށްފައެވެ.

ރާއްޖެއެމްވީއަށް އެ ހުއްދައާ ގުޅޭ ލިއެކިއުންތައް ލިބިފައިވާއިރު، ކޮވިޑް-19 ގެ ރެޕިޑް އެންޓިޖެން ޓެސްޓިންގ އާއި، ރެޕިޑް އެންޓިބޮޑީ ޓެސްޓިންގ އަށް ހުއްދަދީ ދޫކޮށްފައިވާ ލިއުމުގައި މިނިސްޓްރީގެ ތައްގަނޑުވެސް އޮވެއެވެ.  

އެންޓިޖެން ރެޕިޑް ޓެސްޓު ކިޓަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި މިހާރު ބޭނުން ކުރަމުން އަންނަ ކިޓެކެވެ. އެގޮތުން އިޓަލީ، ކްރޮއޭޝިޔާ، އޮސްޓްރިއާ، ޕޯޗުގަލް، ޕޮލެންޑް، ސްޕެރިން އަދި ޖާމަނީގެ އިތުރުން ބެލްޖިއަމްގައިވެސް މިހާރު އަންނަނީ މިކިޓު ބޭނުން ކުރަމުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓާ އަޅާބަލާއިރު، މިކިޓަކީ 97 އިންސައްތަ ސީދާ ނަތީޖާ ނެރޭ ކިޓެއް ކަމަށް މި ކިޓު ރާއްޖޭގެ ބާޒާރަށް ނެރެފައިވާ އެމްވީ މޮޓޯސްއިން މައުލޫމާތުދެއެވެ.

ކިޓް ބޭނުންކުރަންޖެހޭ ގޮތް:

މިކިޓު ބޭނުން ކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ތިނެއް ނުވަތަ ފަސް ފަހަރު ގަދަޔަށް ކެއްސާލާށެވެ. އެއަށްފަހު އޭގައި އޮންނަ ޓިއުބަށް ކުޅު ޖަހައި 'ބަފަ' އާއި އެއްކޮށްލުމަށްފަހު ކިޓަށް އޭގެން ދެތިކި ޖައްސާނީއެވެ.

މިޓެސްޓު ހެދުމަށްފަހު 15 މިނެޓު ތެރޭގައި ކިޓުން ދެރޮނގު ދައްކައިފި ނަމަ އޭގެ މާނައަކީ އެމީހާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކިޓުގައި އިންނަ 'ސީ' އަކުރާ ދިމާލުން ރޮނގެއް އަރާނެއެވެ. އަދި ނުބައިކޮށް ޓެސްޓު ހެދިއްޖެ ނަމަ ކިޓުގައި އިންނަ 'ޓީ' އަކުރާ ދިމާލުން ރޮނގެއް ފެންނާނެއެވެ.

ރެޕިޑް ޓެސްޓު ކިޓު ބޭނުންކޮށްގެން އާންމުން ހަދާ ޓެސްޓުތައް އެޗްޕީއޭން ގަބޫލުކުރާގޮތަށް ނިންމައިފިނަމަ ބޮޑު އަގުދީފައި ޕްރައިވެޓް ކްލިނިކްތަކުން ޕީސީއާރު ޓެސްޓު ހެދުމަށްދާ ޚަރަދު ސަލާމަތް ކުރެވޭނެކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

އޭގެ އިތުރުން، ހިލޭ ސާމްޕަލް ނަގައިދޭ ތަންތަނުގައި ދިގު ކިއުތަކުގައި ޖެހިގެން ބޭކާރުވާ ވަގުތުވެސް ސަލާމަތް ކުރެވޭނެއެވެ. މި ކިޓު ބޭނުންކޮށްގެން އާންމުން ހަދާ ޓެސްޓުތައް އެޗްޕީއޭން ގަބޫލުކުރާގޮތަށް ނިންމައިފިނަމަ ކްލިނިކްތަކަށް ޕީސީއާރު ޓެސްޓު ހަދަންދާ މީހުންގެ އަދަދު ބޮޑުތަނުން މަދުވާނެއެވެ. މިއާއެކު ކްލިނިކްތަކުން ޕީސީއާރު ހަދައިދޭ އަގުތައްވެސް ތިރިވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
6%
12%
6%
18%
6%
53%
ކޮމެންޓް
15 ޖެނުއަރީ 2022 | ހޮނިހިރު 13:57
ޏ
އެޗް،ޕީ.އޭ އިން ދޮގު ހެދުމަކީ ދެރަ ކަމެއް. ޚާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި