Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫގައި ރެޒިޑެންޝަލް ހައުސިންގ ޔުނިޓްތަކެއް އެޅ

އައްޑޫގައި ގޯތި ލިބި އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށް ގެ އަޅައިދެނީ

14 ޖެނުއަރީ 2022 | ހުކުރު 12:58

ރެޒިޑެންޝަލް ހައުސިންގ ޔުނިޓްތައް ހުންނާނީ 3 މޮޑެލްއަކަށް

އައިޝަތު މުހައްމަދު
އައިޝަތު މުހައްމަދު | 14 ޖެނުއަރީ 2022 | ހުކުރު 12:58
އައްޑޫސިޓީގައި ރެޒިޑެންޝަލް ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

އައްޑޫސިޓީގައި ރެޒިޑެންޝަލް ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫސިޓީން ދޫކޮށްފައިވާ ގޯތިތަކުގައި ގެ ނޭޅިފައިވާ ފަރާތްތަކަށް ގެ އަޅައި ދިނުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައްޑޫސިޓީ ކައުންސިލާއި ތުރުކީވިލާތުގެ ވިޒްޔޮން ކުންފުންޏާއެކު ބުރާސްފަތި ދުވަހު އައްޑޫސިޓީ ކައުންސިލްގައި ވެވުނު މިއެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމަށް މިހާރު ހޭދަވާ އަގަށްވުރެ އަގުހެޔޮކޮށް ގެ އަޅައިދޭނެ ކަމަށް މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ.

3 މޮޑެލަކަށް ފަރުމާކުރެވޭ ގެތަކުގެ ސާމްޕަލް ވަރަށް އަވަހަށް ދައްކާލާނެ ކަމަށް ވިޒްޔޮން ކުންފުނިން ވަނީ ހާމަކޮށްފައެވެ. އައްޑޫސިޓީ ކައުންސިލާއެކު ވިޒްޔޮން އިން ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތަށް ބޭނުންވާ މެޝިނަރީތަކުގެ ފުރަތަމަ ޝިޕްމަންޓް އައްޑޫއަށް އަންނާނެއެވެ. ވިޒްޔޮން ކުންފުނިން މަޢުލޫމާތު ދޭގޮތުގައި އައްޑޫގައި އަޅާ ރެޒިޑެންޝަލް ހައުސިންގ ޔުނިޓްތަކަކީ ރާއްޖޭގެ މާޙައުލާއި ގުޅޭގޮތަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ފަދަ ރަނގަޅު ފެންވަރަކަށް ތައްޔާރުކުރެވޭ ގެތަކެކެވެ.

އާބާދީ ބޮޑު އައްޑޫސިޓީއަކީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާ އަށް އޮތް ސިޓީއެކެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހައުސިންގ ޔުނިޓްތަކެއް ދޫކުރުމުގެ އިތުރުން 3000 އާއި 4000 އަކަފޫޓުގެ ބިންވަނީ ރައްޔިތުންނަށް ދޫކޮށްފައެވެ. މިބިންތަކުގައި ބައެއް ފަރާތްތަކުން ގެއަޅައި ދިރިއުޅެން ފަށާފައިވީ ނަމަވެސް ބިން ދޫކުރިތާ 15 އަހަރަށްވުރެ ގިނަ ދުވަސްވީ ބައެއް ގޯތިތައް ވެސް އެއްވެސް މަސައްކަތެއް ނުފަށާ ހުރިކަން ފާހަގަ ކޮށްލެވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އޭރުގެ ކައުންސިލުން މިގޮތަށް ހުރި ގޯތިތަކަށް މުހުލަތެއް ދިނުމަށްފަހު ދިރިއުޅެން ނުފަށާނަމަ ބިން އަނބުރާ ނަގަން ނިންމި ނަމަވެސް އެކަން އެގޮތަށް ތަންފީޒު ކޮށްފައެއް ނުވެއެވެ.

އައްޑޫސިޓީގެ ގޭގޭގައި ތޮއްޖެހިގެންނާއި ކުލި ދައްކައިގެންވެސް އެތައް ބަޔަކު ހާލުގައި އުޅުނު ނަމަވެސް ގޯތި ލިބިފައިވާ ފަރާތްތަކުން ޢިމާރާތް ނުކުރެވެނީ، ވަޒީފާގެ ފުރުސަތުނެތުމާއި ފައިސާގެ ތަނަވަސްކަން ލިބިފައި ނެތުމުންކަމުގެ ޝަކުވާ ރައްޔިތުން އުފުލައެވެ. މިދަނޑިވަޅަކީ މާލޭގައި ދިރިއުޅުނު ވަރަށް ގިނަ ޢާއިލާތައް ކޮވިޑްގެ ރާޅާއެކު ކުރިމަތިވި ތަދުމަޑުކަމުގެ ތެރޭގައި އައްޑޫސިޓީއަށް ބަދަލުވެ މިގޮތަށް ހުހަށް ހުރި ގޯތިތަކުގައި ޢިމާރާތްކުރަން ވެސް ފަށާފައިވާ ދަނޑިވަޅެކެވެ. އައްޑޫސިޓީ ކައުންސިލާއި ވިޒްޔޮން ކުންފުންޏާއެކު މި ވެވުނު އެއްބަސްވުން ވެގެންދާނީ ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ތަނަވަސްކަން ލިބުމާއެކު ފަޅުގޯތިތަކާއި ހުސްބިންތަކުން ފުރިފައިވާ އައްޑޫގެ މަލަމަތި އަލިވެ އުޖާލާވެގެންދާނެ ކަމެއްކަމަށް އެސިޓީގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.   

އައްޑޫ ސިޓީ ކައުންސިލްއައްޑޫ ސިޓީ ހިތަދޫ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް