Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަރައްގީގެ މަޝްރޫއުތައް

މި ސަރުކާރަކީ އަބަދުވެސް ފޮޅިފައި އޮންނަ މަލެއް - އާޒިމް

14 ޖެނުއަރީ 2022 | ހުކުރު 08:32

ހުކުރު ދުވަހު ކޮމަންޑޫގައި 3 މަސައްކަތެއް ފެށިގެންދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 ޖެނުއަރީ 2022 | ހުކުރު 08:32
އާދަމް އާޒިމް - އެމްޓިސީސީގެ ސީއީއޯ

އާދަމް އާޒިމް - އެމްޓިސީސީގެ ސީއީއޯ

މިއަދުގެ ސަރުކާރަކީ އިންތިޚާބަށް ފޮޅޭ މަލެއް ނޫންކަމަށާއި، މިއީ އަބަދުވެސް ފޮޅިފައި އޮންނަ މަލެއްކަން ރައްޔިތުންނަށް ހާމަވަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ދެ ކޮމަންޑޫ ގުޅާލުމަށް މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ފަށައި، އީއައިއޭއަށް ބޭނުންވާ ޑޭޓާތައް ހޯދަމުން ދިޔަ ކަމަށެވެ. އެހެންކަމުން މިއަދުގެ ސަރުކާރަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ބަލައި ހޯދައި، މަސައްކަތް ހަވާލު ކުރަމުން އެ މަސައްކަތް ނިންމަމުންދާ ސަރުކާރެއް ކަމަށެވެ. އާޒިމް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް މިސަރުކާރުގެ މާ ފޮޅޭނެ ކަމަށާއި، އިންތިޚާބަށްޓަކައި މަސައްކަތް ކުރަނީއޭ އެއްވެސް މީހަކަށް ބުނެވެން ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ދެ ކޮމަންޑޫ ގުޅާލައި، ކުރިން ހިއްކާފައި އޮތް ތަން ބޭނުން ކުރެވޭގޮތް ހަދައި ކުރިން ޖަހާފައި ހުރި ހިލަތައް ބަދަލުކޮށް، އެމްޓީސީސީން ފައިބައިގެންދާނީ ގޯތިދެވޭ ފެންވަރަށް އެ މަސައްކަތް ނިންމުމަށް ފަހު ކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.

މިހާރު ސައިޓް މޮބިލައިޒް ކުރަން ފަށާފައިވާ ކަމަށާއި، ހުކުރު ދުވަހު ކޮމަންޑޫގައި 3 މަސައްކަތެއް ފެށިގެންދާނެކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ކޮމަންޑޫގައި އަޅާ ފުޓުބޯޅަދަނޑަކާއި، ކުރީ ސަރުކާރުން ރަށުގައި ޖަހާފައި އޮތް ރިވެޓްމެންޓް ރަނގަޅު ކުރުމުގެ މަސައްކަތާއި، ދެރަށް ގުޅުވާލުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.

މިދިޔަ 2 އަހަރު، ދަތި ހާލުގައި 25ށް ވުރެ ގިނަ ބަނދަރު ނިންމައި، 34 ބަނދަރު މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެއަރޕޯޓެއް ނިންމައި 2 އެއަރޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން މި ސަރުކާރަކީ އިންތިޚާބެއް އަޔަސް ނަޔަސް މަޝްރޫއުތައް ހިންގާ ސަރުކާރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.  

މިދިޔަ ދެ އަހަރު ރައްޔިތުންނަށް އިހުސާސް ނުވާ ވަރަށް ތަރައްގީގެ މަސައްކަތް ދިޔައީ ކުރިއަށް ކަމަށް ވިދާޅުވިއެވެ. ކިތަންމެ ބޮޑު ގޮންޖެހުމަކާއެކުވެސް އެމްޓީސީސީން ގެންދިޔައީ މަސައްކަތް ކުރަމުން ކަމަށާއި، ޕެންޑަމިކްގެ އެންމެ ދުވަހަކުވެސް މަސައްކަތް ހުއްޓާލާފައި ނޯންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. ދަތި އުނދަގޫ ވުމަކީ ކަމެއް ހުއްޓާލުމެއް ނޫން، އެއީ ކަން ކުރުމަށް އިތުރު ބާރެއް ލައިގެން ކުރިއަށް ދިޔުން ކަމަށް އެމްޓީސީސީން ގަބޫލް ކުރާ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީން މަސައްކަތް ކުރަނީ ހުރިހާ މަސައްކަތެއްވެސް ފުރިހަމަ ކަމާއެކު ކުރަން ކަމަށް އާޒިމް ވިދާޅުވިއެވެ. ރަށަކުން މަސައްކަތެއް ނިންމައި ފައިބައިގެންދާނީ، ރައްޔިތުން ހިތްހަމަޖައްސާފައި ކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ބިން ހިއްކައި ނިންމާއިރު، އެތަނުގެ ބޭނުން ކުރަން އެތައް ދުވަހެއް ނެގި ނަމަވެސް، މިހާރު މި ސަރުކާރުން ހިންގާ އެފަދަ މަޝްރޫއުތައް ނިންމާއިރު، ވަގުތުން އެތަނުގެ މަންފާ ހޯދޭ ފެންވަރަށް އެމްޓީސީސީން މަސައްކަތް ނިންމާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރައްޔިތުން އަސާސި ޚިދުމަތް ބޭނުންވެފައިވާތާ އެތައް އަހަރެއް ވެފައިވާއިރު، މިއަދު ރައީސުލްޖުމްހޫރިއްޔާގެ ވިސްނުމަކީ، އެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އެމްޓީސީސީ ދެމި އޮންނާނީ ރައީސް އެދިވަޑައިގަންނަވާ ކަން ވަގުތަށް ނިންމުމަށް ކަމަށެވެ. ފައިސާގެ ދަތިކަމެއް މިއަދު އެކަމުގައި ނެތްކަމަށް އާޒިމް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ވެރިއަކު ހުރުމުން މިއަދު ސާބިތުވެ މިތިބީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް