Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ލީގު ކަޕް

ސެމީގެ ފުރަތަމަ ލެގުގައި އާސެނަލުން ލިވަޕޫލާ އެއްވަރުކޮށްފި

ދެވަނަ ލެގު ކުޅޭނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2022 | ހުކުރު 07:37
ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އާސެނަލުން ލިވަޕޫލާ އެއްވަރުކޮށްފިއެވެ.

ލިވަޕޫލުގފެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗަކީ އެންމެ ފުރަތަމަ މިދިޔަ ހަފުތާގައި ކުޅެން ހަމަޖެހިފައި އޮތް މެޗެކެވެ. އެކަމަކު މެޗު މި ހަފުތާއަށް ފަސްކުރަން ޖެހުނީ ލިވަޕޫލުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާ ގުޅިގެންނެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމަށްވެސް މާ ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައި ނުވާއިރު، މެޗުގެ ވަރަށް ކުރީކޮޅު އާސެނަލުގެ ކުޅުންތެރިއަކު ވަނީ މަދުވެފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި އާސެނަލުގެ ގްރޭނިޓް ޝާކާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ލިވަޕޫލުގެ ޑިއޯގޯ ޖޮޓާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް، އާސެނަލުން ވަނީ މެޗުގައި ރަނގަޅަށް ކުޅެ ލިވަޕޫލް ހިފަހައްޓުވާފައެވެ.

މި ނަތީޖާއާއެކު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ އާސެނަލުގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުން މޮޅުވެ، އެ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑެވެ. އިނގިރޭސި ލީގު ކަޕުގެ ފައިނަލް މެޗު އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ކުޅޭއިރު، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ޗެލްސީންނެވެ. އެ ޓީމު ފައިނަލަށް ދަތުރުކުރީ ސެމީގެ ދެ ލެގުގައިވެސް ޓޮޓެންހަމް ހޮޓްސްޕާ ބަލިކުރުމަށްފަހުއެވެ.

އިނގިރޭސި ލީގު ކަޕްލިވަޕޫލްއާސެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު