Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން

ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބޭނީ އިތުރު ބަނދަރެއް ހެދިގެން: ޝާހިދު

ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ ޒަމާންތަކެއްވީ މައްސަލައެއް

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖެނުއަރީ 2022 | ބުރާސްފަތި 09:42
ނޯތު ހާބަރު

ނޯތު ހާބަރު

ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނީ އިތުރު ސަރަހައްދެއްގައި ބަނދަރެއް ހެދިގެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ ޒަމާންތަކެއްވީ މައްސަލައެއް ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް މިވަގުތު ކުރެވޭނެ މަސައްކަތެއް ނެތް ކަމަށެވެ. އަދި ނޯތު ހާބަރުގެ ޖާގަ އިތުރު ކުރުމަށް ޖާގަ ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އޮޑިދޯނިފަހަރުތަކާއި، ބޯޓުތައް މުދާ ބަލާ އަންނަނީ މާލެއަށް ކަމަށްވާއިރު، ބޯޓުތައް ކައިރި ކުރުމަށް ނޯތު ހާބަރު ފިޔަވައި އިތުރު ބަނދަރެއް ނެތް ކަމަށެވެ. އެހެންކަމުން މިމައްސަލައަށް ހައްލު ގެނައުމަށް އެހެން ސަރަހައްދެއްގައި ބަނދަރެއް ހަދަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެތިން ހަތަރު ދުވަސްވަންދެން ދޯނިފަހަރުތައް ކިޔުގައި އޮންނަ ކަމަށެވެ. މިމައްސަލައަށް ކުޑަވެސް ހައްލެއް ގެނައުމުގައި އޮޑިވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ބޯޓުފަހަރުތަކަށް މުދާބަރުކުރުން އަވަސް ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވާ ޝާހިދު ވިދާޅުވީ ގުޅީފަޅުގައި ގާއިމްކުރެވޭ ބައިނަލްއަގްވާމީ ބަނދަރާއެކު މައްސަލަ ހައްލުވާނެ ކަމަށެވެ. ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަޝްރޫއުގެ ދަށުން މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލުމާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިޕްރޮޖެކްޓާއެކު ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ ބޮޑު ބަދަލެއް އަންނާނީ ގުޅީފަޅަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއެކު، ވިޔަފާރީގެ ގޮތުން ވެސް ގުޅީފަޅުވެގެންދާނީ ސަރަޙައްދުގެ އިގްތިސާދީ މައި ހަބަށެވެ. މިބޮޑު މަންޒަރު ގުޅެނީ ގްރޭޓަރ މާލެ ކަނެކްވިޓީ ބްރިޖްގެ މަޝްރޫއާއެވެ. ގުޅީފަޅާއި ބްރިޖް ގުޅާލާ ސަރަހައްދު ހިމެނޭހެން 6 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންވަނީ ކުރިއަށްގެންގޮސްފައެވެ.

ގުޅީފަޅު ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް މިއަހަރުގެ ބަޖެޓުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެއެވެ.

ގުޅީފަޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް އެޅުމުގެ މަޝްރޫއަކީ މާލޭގެ ބަނދަރުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މިގޮތުން، ސަރުކާރުން ނިންމާފައިވަނީ 2023 ވަނަ އަހަރު ގުޅީފަޅު ޕޯރޓް ހުޅުވުމުން އެ ސަރަހައްދަށް މާލޭ ކޮމާރޝަލް ހާބަރު، ނޯތު ހާބަރު، އަދި ޓީ ޖެޓީ ސަރަހައްދުގެ ބައެއް ހިދުމަތްތަކާއި މަސައްކަތްތައް ބަދަލު ކުރުމަށެވެ.

ޝާހިދު އަލީއެމްޕީއެލް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު