Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުށުގެ ވެށިން ކުދިން ރައްކާތެރިކުރުން

ކުޑަކުދިން ގްރޫމްކޮށްގެން ކުށްކުރުވާ މިންވަރު އުޅެނީ ވަރަށް މަތީގައި: ފުލުހުން

ކުށުގެ މާހައުލުގައި ކުޑަކުދިން ގެންގުޅުމާއި ކުޑަކުދިން ބޭނުންކޮށްގެން އެކި ބާވަތްތަކުގެ ކުށްކުރުން ކުރިޔާ އަޅާބަލާއިރު މިހާރު އިތުރުވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖެނުއަރީ 2022 | ބުރާސްފަތި 05:02
ފަލަސުރުޚީ ޕްރޮގްރާމްގައި ފުލުހުންގެ ސަބް އިންސްޕެކްޓަރ އަހުމަދު ފާރިޝް ވާހަކަދައްކަވަނީ

ފަލަސުރުޚީ ޕްރޮގްރާމްގައި ފުލުހުންގެ ސަބް އިންސްޕެކްޓަރ އަހުމަދު ފާރިޝް ވާހަކަދައްކަވަނީ

ކުޑަކުދިން ގްރޫމްކޮށްގެން ކުށްކުރުވާ މައްސަލަތައް ހުރީ ހީކުރާ ވަރަށްވުރެ މަތީގައި ކަމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފާރިޝް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ކުށުގެވެށިން ކުދިން ސަލާމަތްކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފާރިޝް ވިދާޅުވީ ކުށުގެ މާހައުލުގައި ކުޑަކުދިން ގެންގުޅުމާއި ކުޑަކުދިން ބޭނުންކޮށްގެން އެކި ބާވަތްތަކުގެ ކުށްކުރުން ކުރިޔާ އަޅާބަލާއިރު މިހާރު އިތުރުވެފައިވާކަމަށެވެ. އަދި ބޮޑެތި މީހުން ހިންގާ ކުށްކުށުގައި ކުޑަކުދިން ބައިވެރިކުރުމަކީ ސީރިޔަސް މައްސަލައެއްކަމަށް ފާރިޝް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާންމުގޮތެއްގައި މިކަމުގައި ފާހަގަވަނީ އަތޮޅުތެރޭގައި އުޅޭ ކުދިންނަށް ރަނގަޅު ގޮތެއް ހޯދައިދޭނެކަމެއް ބުނެ މާލެގެނެސްގެން އެކުދިން ބޭނުންކޮށްގެން ކުށްކުރާކުުރުން ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި އެގޮތަށް ކުދިން މާލެ ގެންނައިރު ގެންނަނީ ކުއްޖާގެ މައިންބަފައިންނަށްވެސް އެނގިގެންކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި ބައެއް ފަހަރު އާއިލާގެ ތެރެއިން ކޮންމެވެސް މީހަކާއި ގުޅިގެންވެސް ކުދިން ގެނެސްފައި އެބަހުރިކަމަށް ފާރިޝް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ ޖިނާއީ ކުށްތަކުގައި ކުދިން ބައިވެރިކޮށްގެން އެކަންކަން ކުރުވާ ފަރާތްތަކުން ކުދިންނަށް ވިސްނައިދީފައި އޮންނަނީ އެކުށްތައް ކުރުމަކުން އަދި ކުއްޖާ ކުށްވެރިވަނީ ނޫންކަމުގައި ކަމަށެވެ. ކުށްކުރާ ހިސާބުން ނުވަތަ ކުށުގެ ތުހުމަތުގައި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ހިސާބުން ނުވަތަ މުއްދަތު ޖަހަން ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު ދަމަހައްޓާ ހިސާބުންވެސް ކުއްޖާއަށް އެއީ ކުށްވެރިއެއް ނޫންކަމަށް ބަޔަކު ވިސްނައިދޭކަމަށް ފާރިޝް ވިދާޅުވިއެވެ.

ކުއްޖާ ކުށުގެ މާހައުލުގެ ތެރެއަށް އެންމެ ފުރަތަމަވެސް ވައްދަނީ އެވިސްނުވުމުގެ ތެރެއިން ކުއްޖާ ގްރޫމްކޮށްގެން ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި ކުދިން ގްރޫމްކޮށްގެން ހިންގާ މިފަދަ ކުށްތައް ހުއްޓުވުމަށް މައިންބަފައިންނާއި މުޖުތަމައުގައި އުޅޭ އެހެން މީހުންނަށްވެސް މަސައްކަތްތަކެއް ކުރެވޭނެކަމަށް ފާރިޝް ވިދާޅުވިއެވެ.

ކުއްޖާގެ އުޅުމަށް އަންނަ ބަދަލުތަކަށް ބެލެނިވެރިން ސަމާލުކަންދިނުމަކީވެސް ކުށުގެ ވެށިން ކުއްޖާ ސަލާމަތްކުރުމަށް މުހިންމު ކަމެއްކަމަށް ފާރިޝް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު