Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮތަރުތަކަށް ބައްޔެއް ޖެހުން

ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ބެލެހެއްޓުމަށް އެއްވެސް ބާވަތެއްގެ ކެމިކަލްއެއް ބޭނުމެއް ނުކުރަން: މާލެސިޓީ ކައުންސިލް

12 ޖެނުއަރީ 2022 | ބުދަ 18:20

އެތަނަށް އަޅައިފައި ހުންނާނީ ކެމިކަލް ބޭސް ކަމަށް ނަރީޝް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖެނުއަރީ 2022 | ބުދަ 18:20
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ބެލެހެއްޓުމަށް އެއްވެސް ބާވަތެއްގެ ކެމިކަލްއެއް ބޭނުން ނުކުރާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭސިޓީ ކައުންސިލުން މިހެން ބުނެފައިމިވަނީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލާދީ، އެ ވިނަތަކަށް ޓްރީޓްމެންޓު ދެމުންދާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނިކޮށްށެވެ. ނަރީޝް ވިދާޅުވީ އެތަނަށް އަޅައިފައި ހުންނާނީ ކެމިކަލް ބޭސް ކަމަށާއި ކޮތަރުތައް އެ ތަނަށް ގާތްވުން ސިޓީ ކައުންސިލަށް ނުހުއްޓުވޭނެ ކަމަށެވެ. އަދި ދެ އަހަރު ވަންދެން ވިނަގަނޑަށް އަޅައިނުލައި ދޫކޮށްލައިފައި އޮތުމުން ޓްރީޓް ކުރުމަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން މާލެސިޓީ ކައުންސިލަށް އަމާޒުވެފައިވަނިކޮށް، ކައުންސިލުން ބުނީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ބެލެހެއްޓުމަށް އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުން ނުކުރާ ކަމަށާއި، ވިނަތައް ބެލެހެއްޓުމަށް ފެންޖެހުން ފިޔަވާ އިތުރު ކަމެއް ނުކުރާ ކަމަށެވެ.

ޒަމާނުއްސުރެ ޖުމްހޫރީ މައިދާނަށް ވަރަށް ގިނަ ކޮތަރު އެއްވެއެވެ. އެ ކޮތަރުތަކަށް ކާން ދިނުމަށް އެސަރަހައްދަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އާއްމުން ގޮސް އުޅެއެވެ. ނަމަވެސް މިފަހުން ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ވަނީ ޖެހިފައެވެ. މުޅި އެސަރަހައްދުގައި އުދުހޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުމާއެކު، ކޮތަރުތަކުގެ ވަރު ދެރަވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. ބައެއް ކޮތަރުތައް އެއްވެސް ވަރަކަށް އުދުހިއެއް ނުގަނެވެއެވެ.

ކޮތަރުތަކުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ ބަލީގެ ސަބަބުން ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި ވަރަށް ގިނަ އުން ނަގާފައިވެެއެވެ. އަދި ބައެއް ކޮތަރުތަކުގެ ލޯ ކައިރީގައި ބޮޑެތި އުންތަކެއް ނަގާފައި ހުރުމުން އެ އެއްޗެހީ ލޯ ވެސް ވަނީ ފޮރުވިފަ އެވެ. އެއީ ކޮން ބައްޔެއްކަން ދެނެގަނެވިފައިނުވި ނަމަވެސް ބޮޑަށް ބެލެވެނީ "ޕިޖަން ޕޮކްސް" ނަމަކަށް ކިޔާ ބައްޔަކާ ކަމަށެވެ. މިބަލީގެ ނުރައްކަލެއް އިންސާނުންނަކަށް ނެތެވެ. ނަމަވެސް ދޫނިތަކުގެ ގައިންގަޔަށް ވަރަށް އަވަހަށް މިބަލި އަރައެވެ.

މިމައްސަލައާ ގުޅިގެން އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނީ ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއްތޯ ބަލަމުންދާ ކަމަށެވެ.

ކޮތަރު

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2022

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިއްޖެ

12 ޖެނުއަރީ 2022
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިއްޖެ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް