Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑީނިއޭ ވިލާއަށް ބަދަލުވުން

އެވަޓަން ދޫކޮށް ޑީނިއޭ އެސްޓަން ވިލާއަށް

އެވަޓަނުގައި ޑީނިއޭ ހުރީ އުފަލުން ނޫން ކަމަށް ބެނިޓޭޒް ބުނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 12 ޖެނުއަރީ 2022 | ބުދަ 12:01
އެވަޓަނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނިއޭ

އެވަޓަނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނިއޭ

އެވަޓަނަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީނިއޭ އެސްޓަން ވިލާއަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެވަޓަނުން މިހާރު ވަނީ އުމުރުން 28 އަހަރުގެ ޑީނިއޭ ވިލާއަށް ވިއްކާލުމަށް އެއްބަސްވެފައެވެ. އަދި އެވަޓަނުން އޭނާ ވިލާއަށް ވިއްކާނީ 25 މިލިޔަން ޕައުންޑުގެ ފީއަކަށް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޑީނިއޭ އެވަޓަން ދޫކޮށްލާއިރު، އޭނާ އެ ޓީމާ ގުޅުނީ ބާސެލޯނާ ދޫކޮށް 2018 ވަނަ އަހަރު 18 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެ ފަހަރު ޑީނިއޭ އެވަޓަނާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހެދިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވަން ތިން އަހަރާ ބައި އަދި އެބައޮތެވެ.

އެކަމަކު މިދިޔަ ހަފުތާގައި އެވަޓަނުގެ ކޯޗު ރަފައެލް ބެނިޓޭޒް ވަނީ އެވަޓަނުގައި ޑީނިއޭ ހުރީ އުފަލުން ނޫން ކަމަށާއި، އެއާއެކު އެ ޓީމު ދޫކޮށްލަން އޭނާ ބޭނުންވާކަމަށް ބުނެފައެވެ. އެވަޓަން ދޫކޮށް ޑީނިއޭ ވިލާއާ ގުޅޭއިރު، އޭނާ ހޯދަން ނާޕޮލީ އާއި، ނިއުކާސަލް ޔުނައިޓެޑާއި، ޗެލްސީ އަދި ވެސްޓް ހޭމް ޔުނައިޓެޑުންވެސް މަސައްކަތްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ފްރާންސްގެ ލިލް އާއި ޕީއެސްޖީއަށްވެސް ކުޅުނު ޑީނިއޭ އެންމެ ބޮޑަށް ވިދާލީ ބާސާއިންނެވެ. އެގޮތުން ބާސާގައި ހޭދަކުރި ދެ ސީޒަނުގައި ޑީނިއޭ ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި އޭގެ ފަހުން އެވަޓަނަށް ބަދަލުވެ ޑީނިއޭ ވަނީ އެ ޓީމަށް ކުޅެދިން 125 މެޗުގައި ހަ ލަނޑު ޖަހާފައެވެ.

ސްޓީވެން ޖެރާޑުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވިލާއިން ޑީނިއޭގެ ސޮއި ހޯދިއިރު، އެ ޓީމުން ދާދި ފަހުން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ބާސާއަށް ކުޅެމުން އައި ބްރެޒިލުގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯގެ ސޮއިވެސް ހޯދާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަ މަސް ދުވަހުގެ ލޯނު އެއްބަސްވުމެއްގައި ކުޓީނިއޯ ވިލާއަށް ބަދަލުވީ އެ ޓީމުގެ ކޯޗު ޖެރާޑުގެ އެދުމަށެވެ.

ލޫކަސް ޑީނިއޭއެސްޓަން ވިލާ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ފެބުރުއަރީ 2025

ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު އެސްޓަން ވިލާ އަށް

04 ފެބުރުއަރީ 2025
ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު އެސްޓަން ވިލާ އަށް
22 ޑިސެމްބަރު 2024

އެސްޓަން ވިލާ އަތުން ވެސް ބަލިވެ، ސިޓީގެ ޙާލަތު ގޯހަށް

22 ޑިސެމްބަރު 2024
އެސްޓަން ވިލާ އަތުން ވެސް ބަލިވެ، ސިޓީގެ ޙާލަތު ގޯހަށް
03 އޮކްޓޯބަރު 2024

އެސްޓަން ވިލާ އިން ބަޔާން ބަލިކޮށްފި

03 އޮކްޓޯބަރު 2024
އެސްޓަން ވިލާ އިން ބަޔާން ބަލިކޮށްފި
14 މެއި 2024

ފަހު ވަގުތު ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެން ލިވަޕޫލް އަތުން އެސްޓަން ވިލާއަށް މުހިއްމު ޕޮއިންޓެއް

14 މެއި 2024
ފަހު ވަގުތު ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެން ލިވަޕޫލް އަތުން އެސްޓަން ވިލާއަށް މުހިއްމު ޕޮއިންޓެއް
28 އެޕްރީލު 2024

ފަހަތުން އަރައި ޗެލްސީން އެސްޓަން ވިލާއާ އެއްވަރުކޮށްފި

28 އެޕްރީލު 2024
ފަހަތުން އަރައި ޗެލްސީން އެސްޓަން ވިލާއާ އެއްވަރުކޮށްފި
24 އެޕްރީލު 2024

އެސްޓަން ވިލާގެ އެއްބަސްވުން އެމެރީ އައުކޮށްފި

24 އެޕްރީލު 2024
އެސްޓަން ވިލާގެ އެއްބަސްވުން އެމެރީ އައުކޮށްފި
24 އެޕްރީލު 2024

އެސްޓަން ވިލާ ދަނީ ކުރިއަށް، މަސައްކަތުގައި ދެމިތިބެން ޖެހޭ: އެމެރީ

24 އެޕްރީލު 2024
އެސްޓަން ވިލާ ދަނީ ކުރިއަށް، މަސައްކަތުގައި ދެމިތިބެން ޖެހޭ: އެމެރީ
04 އެޕްރީލު 2024

ފޮޑެންގެ ހެޓްރިކުން މޮޅުވެ، ސިޓީން ލިވަޕޫލާާ ހަމަކޮށްފި

04 އެޕްރީލު 2024
ފޮޑެންގެ ހެޓްރިކުން މޮޅުވެ، ސިޓީން ލިވަޕޫލާާ ހަމަކޮށްފި
03 ޖެނުއަރީ 2024

ކޮޅަށް ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ މެޗާއެކު ބްރައިޓަން ހަތަކަށް

03 ޖެނުއަރީ 2024
ކޮޅަށް ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ މެޗާއެކު ބްރައިޓަން ހަތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު