Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ފަހު ވަގުތު ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެން ލިވަޕޫލް އަތުން އެސްޓަން ވިލާއަށް މުހިއްމު ޕޮއިންޓެއް

އެސްޓަން ވިލާއަށް 4 ވަނަ ލިބުމުގެ ފުރުޞަތު ބޮޑު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 14 މެއި 2024 | އަންގާރަ 03:20
ލަނޑު ޖެހުމަށްފަހު ވިލާ ކުޅުންތެރިން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ވިލާ ކުޅުންތެރިން އުފާ ފާޅުކުރަނީ

ފަހު ވަގުތު ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެން ލިވަޕޫލް އަތުން އެސްޓަން ވިލާ އިން މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.

ލީގު ތާވަލްގެ ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަށް ލިވަޕޫލް އަތުން ލިބުނު ޕޮއިންޓް މުހިއްމު ވަނީ ހަތަރު ވަނަ ކަށަވަރުކޮށް, ޗެމްޕިއަންސް ލީގުގެ ފުރުޞަތު ހޯދުމަށެވެ. އެސްޓަން ވިލާއަށް ބާކީ އެއް މެޗު އޮތް އިރު 68 ޕޮއިންޓް ވަނީ ހޯދާފައެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް އަށް ބާކީ ދެ މެޗު އެބައޮތެވެ. ލިބިފައިވަނީ 63 ޕޮއިންޓެވެ. ބާކީ އޮތް ދެ މެޗުގެ ތެރެއިން އެއް މެޗަކީ މެންޗެސްޓަރ ސިޓީއާ ވާދަކުރަން ޖެހޭ މެޗެވެ. އެހެންކަމުން ހަތަރު ވަނައިގައި ނިންމާލުމުގެ ފުރުޞަތު އެސްޓަން ވިލާއަށް ބޮޑެވެ. މިރޭ ސިޓީ އަތުން ޓޮޓެންހަމް ބަލިވެއްޖެ ނަމަ ބާކީ މެޗެއް އޮއްވާ އެސްޓަން ވިލާއަށް ހަތަރު ވަނަ ޔަގީން ވާނެއެވެ.

ލިވަޕޫލް އަތުން އެސްޓަން ވިލާ ޕޮއިންޓެއް ހޯދީ ދެފަހަރު މަތީން ލިވަޕޫލުން ކުރި ހޯދުމުންވެސް ނަތީޖާ ހަމަހަމަ ކޮށްގެންނެވެ. ލިވަޕޫލަށް ފުރަތަމަ ކުރި ލިބުނީ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ވިލާގެ ކީޕަރު މާޓިނޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު 12 ވަނަ މިނެޓުގައި ޔޯރީ ޓިއެލެމަންސް ލަނޑު ޖަހައިގެން ވިލާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް ކުރި ހޯދީ 23 ވަނަ މިނެޓުގައި ކޯޑީ ގަޕޯ ލަނޑު ޖަހައިގެންނެވެ. އަދި ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ލިވަޕޫލުން ލީޑް ފުޅާކޮށް މޮޅުވުމުގެ އުއްމީދު ހޯދިއެވެ.

އެސްޓަން ވިލާއިން މުހިއްމު ޕޮއިންޓް ހޯދީ ފަހު ފަސް މިނެޓުގެ ތެރެއިން ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެންނެވެ. 85 ވަނަ މިނެޓާއި 88 ވަނަ މިނެޓުގައި ވިލާގެ ފަހު ދެ ލަނޑުވެސް ޖެހީ ޖޯން ޑުރަން އެވެ. އޭނާ ދެ ލަނޑު ޖެހީ 79 ވަނަ މިނެޓުގައި ކުޅެން ނުކުމެއެވެ.

ޕްރިމިއަރ ލީގުލިވަޕޫލްއެސްޓަން ވިލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު