Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންޑިއާ އައުޓް ކެމްޕެއިން

އިދިކޮޅު މުޒާހަރާ: ބަންދުގައި ތިބި ދެމީހުން ޝަރުތުތަކާއެކު ދޫކޮށްލައިފި

ހުކުރު ދުވަހުގެ މުޒާހަރާގައި 29 މީހުން ހައްޔަރު ކުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2022 | ހޮނިހިރު 11:56
އިދިކޮޅު މުޒާހަރާގެ ތެރެއިން

އިދިކޮޅު މުޒާހަރާގެ ތެރެއިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެމީހުން ޝަރުތުތަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުކުރު ދުވަހު ހަވީރު ކުރިއަށް ގެންގޮސްފައިވާއިރު މި މުޒާހަރާގެ ތެރެއިން 29 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ތެރެއިން ދެ މީހުން ފިޔަވައި އެންމެން ވެސް ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރުތުތަކަށްފަހު ހޮނިހިރު ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ. ބަންދުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އެކަމަށް ހިތްވަރުދީ އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި ދެވަނަ މީހަކީ ފުލުހުންގެ ދައުރު އަދާކުުރުމަށް ހުރަސްއަޅައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ވެހިކަލްއަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެނެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް އަންނަނީ މި ކެމްޕޭން ހިންގަމުންނެވެ. އަދި އިންޑިއާ މިލިޓަރީ އައުޓް ޖަހާފައިވާ ޓީޝާޓުތައް ލައިގެން ސަޕޯޓަރުން ތިބޭއިރު އިންޑިއާ އައުޓް ލިޔެފައިވާ ދިދަތައް ވެސް ޝުއޫރު ފާޅުކުރުމަށް ބޭނުން ކުރެއެވެ.

ރާއްޖޭގައި ތިބިކަމަށްބުނާ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ފަށާފައިވާ ހަރަކާތްތަކުގައި ބޭނުންކުރާ "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ނުލާން ފުލުހުން އެންގިކަމަށް އިދިކޮޅުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން މިނިވަންވެވަޑައިގަތް ފަހުން ކުރިއަށްވުރެ ބޮޑަށް އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށްގެންދެއެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައިގެން އަތޮޅުތެރޭގައި ވެސް މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށްގެންގޮސްފައިވާއިރު، މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާ ކަމަށެވެ.

މި ކެމްޕެއިނާ ގުޅިގެން ސަރުކާރުން ބުނީ ރާއްޖެއާ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާ ގުޅޭގޮތުން ފިތުނަ އުފައްދައި ގޯސް ތުހުމަތުތަކެއް ފެތުރުމަކީ، ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ އަވައްޓެރި ގާތް އެކުވެރި ގައުމުތަކާމެދު އޮންނަ ބަދަހި ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ސަރުކާރުން ބުނީ ރާއްޖެއިން ޒަމާންވީ ބަދަހި ގުޅުންތައް ބާއްވަމުން އަންނަ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަކީ ގައުމުތަކުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް މި ސަރުކާރުން ނަގަހައްޓާނޭ ގުޅުންތަކެއްކަމަށެވެ. އަދި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމަށް ނުރައްކަލެއް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް ފައިދާވެ، އެ ފައިދާތައް ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމަށެވެ. 

ޕޮލިސްމުޒާހަރާއިންޑިއާ އައުޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު