Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ކެމްޕެއިން ލޯންޗު ކުރުން

ރާއްޖެ ތަރައްގީކުރެވޭނީ ހަމައެކަނި އެމްޑީޕީއަށް: ޝައުނާ

އެމްޑީޕީ އުފެދިގެންއައީ ރައްޔިތުންނަށް ފައިދާކުރާނެ އެތައް ވާހަކައެއް ދައްކަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ޖެނުއަރީ 2022 | ހުކުރު 17:31
މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

ރާއްޖެ ތަރައްގީކުރެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ށ. ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ވަރަށް ގިނަ ވާހަކަތަކެއް ދައްކަމުން ކަމަށެވެ. ސިޔާސީ އަދި މަދަނީ ހައްގުތައް އޮބަހެއްޓުމަކީ ބޮޑު ހުރަހެއް ކަމަށާއި، އަނިޔާވެރިކަމުން މިންޖުވެތިބެ ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ހޯދިދާނެ ކަމާއި، މި ޖަޒީރާ ރަށްތަކުގެ ތަރައްގީއާއި ރަށްތަކަށް ލިބޭ މަންފާއާއި، ރަށު ބަންދުވެފައި ތިބޭކަށް ނުޖެހޭ ކަމާއި އަދި ގައިން ތާހިރުނުވެތިބެ ތަރައްގީއެއް ނުލިބޭނެ ކަމަށް އައީ ބުނަމުން ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފާއިތުވި 16، 17 ވަރަކަށް އަހަރަށް ބަލާއިރު ރާއްޖެއަށް އިންގިލާބީ ބަދަލެއް ނާންނަ އެއްވެސް ރަށެއް ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރޭގައި ކޮމަންޑޫ ދާއިރާވެސް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދިވެހި ދައުލަތަކީ ފުދުންތެރި ދައުލަތެއް ކަމަށާއި، ދިވެހި ދައުލަތުގެ ފުދުންތެރިކަމުގެ ހެޔޮ މަންފާ ކުރަމުންދަނީ ރައްޔިތުންނަށް ކަމަށެވެ.

ރާއްޖެ ތަރައްގީކުރެވޭނީ އެމްޑީޕީއަށް ކަމަށް ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވަނީ މިހާތަނަށް އައިއިރު މި ސަރުކާރުން ކޮށްފައިވާ ތަރައްގީގެ ބައެއް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާ ލައްވާފައެވެ. މިގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމާއި ކަރަންޓު ފޯރުކޮށްދިނުން ފަދަ ކަންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ރަށްރަށަށް ތަރައްގީ ގެނެސްދޭނީ އެމްޑީޕީއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ ފެބްރުއަރީ މަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކެންޑިޑޭޓު ނަންބަރު 1 ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށެވެ. ކެންޑިޑޭޓު ނަންބަރު ދޭއް ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައި ގެންފައިވަނީ އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާނު އިދުރީސަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދަކީ 10 އަހަރު ވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިބާއްވަނީ އެ ދާއިރާގައި ކުރިން ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަ ވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ޑިސެންބަރު މަހުގެ 13 ވީ ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ.

އެމްޑީޕީމިނިސްޓަރ އައިމިނަތު ޝައުނާކޮމަންޑޫ ދާއިރާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު