Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރުގެ ވައުދުތައް

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް، އެހެން ޕާޓީތަކުގެ ބޭފުޅުން މަޑުކޮށްލައްވާ - ރައީސް

ނިމިގެން ދިޔަ 3 އަހަރު ސަރުކާރުން ކޮމަންޑޫއަށް ގިނަ ކަންކަން ކޮށްދީފައިވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2022 | ހުކުރު 17:31
އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

އެމްޑީޕީގެ ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

އެޖެންޑާ 19ގެ ދަށުން ރާއްޖެ ލާމަރުކަޒުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ކަމަށާއި، އެހެން ޕާޓީތަކުގެ މެންބަރުންނަށް ދަންނަވަން އޮތީ، މަޑުކޮށްލަދެއްވާށޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ތައާރަފްކުރުމަށްޓަކައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި ލާމަރުކަޒީ ނިޒާމްގެ ދަށުން ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށާއި، މިހާރުވެސް ބައެއް ޕްރޮޖެކްޓްތައް ނިންމާ ރައްޔިތުންނަށް ޚިދުމަތް ލިބެމުން އަންނަ ކަމަށެވެ. ރައީސް ވިދާޅުވީ ރޯދައިގެ ކުރިން 4 މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ. މިހާތަނަށް އައި އިރު، 25 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، 30 ރަށު މަސައްކަތް ކުރިއަށްދާއިރު، 13 ރަށެއްގެ ބަނދަރުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި 29 ރަށެއްގެ ބަނދަރުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ އިރު، 22 ރަށެއްގެ ބަނދަރުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ބަޖެޓް ކުރެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މި ކަންތައްތަކުން އެކަނިވެސް މި ސަރުކާރުގެ މަންޒަރު ތަފާތުވާނެ ކަމަށެވެ. މިހާތަނަށް 27 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ މަޝްރޫއުގައި ސޮއިކޮށް 15 ބިލިއަން ރުފިޔާ އެކަމަށް ހޭދަކުރެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. ސްކޫލްތަކުގެ ޖާގަ އިތުރުކުރުމާއި، ޕްރިންސިޕަލުން ތަމްރީނުކޮށް ޓީޗަރުން ހޯދާ ދަރިންނަށް ތައުލީމް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސް ވިދާޅުވީ ގައިން ތާހިރުވުމަށް ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ހުރިހާ ކޮންޓްރެކްޓެއް ހަވާލުކުރެވިއްޖެ ކަމަށެވެ. އަދި 5 ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު، ކުޅިވަރު ކުޅޭނެ އެތައް ތަނެއް ގާއިމް ކުރެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ އެޖެންޑާ 19 ގައި ހުރި ވައުދުތައް ފުއްދުުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ދަންނަވަން އޮތީ މަޑުކޮށްލައްވާށޭ ކަމުގައެވެ. އެމްޑީޕީން ވައުދުތައް ވެފައި އެބަހުރި ކަމަށާއި، އެކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒުކުރުމަކީ އެމްޑީޕީގެ ފަލްސަފާއެއް ކަމަށެވެ. އެކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށާއި، ރައްޔިތުންނަށް އިލްތިމާސް ކުރައްވަން ބޭނުންފުޅުވަނީ ދާއިރާގެ ވައުދުތައް ފުއްދުމަށް ރާޝިދަށް ވޯޓުދެއްވުމަށެވެ.

ރައީސް ވިދާޅުވީ ޖަޒީރާ ތަރައްގީގެ މަސައްކަތުގައި ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ މެންބަރު އަލްމަރުހޫމް ހުސައިން ވަހީދަކީ ގިނަ މަސައްކަތް ކުރެއްވި ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. ގެއްލިގެން ދިޔައީ ޚިދުމަތްތެރި ޚާދިމެއް ކަމަށާއި، ހުސައިން ބޭނުންފުޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވުމަށް ކަމަށެވެ. އަދި އެމްޑީޕީން މިދަނީ އެކަންކަން ކުރަމުން ކަމަށާއި، ފާއިތުވި 3 އަހަރު އެކަންކަން ފެނިގެން ގޮސްފައިވާނެ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ދުވެއްޔަށް ބޭނުންވަނީ ހުސައިން ވަހީދުގެ ސްޕީޑް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ބަޔަކު އިންތިޚާބުކޮށްފިނަމަ ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީއާއި އިދިކޮޅު މީހުންނަކީ މަރުކަޒީ ކުރުމަށް މަސައްކަތް ކުރާ މީހުން ކަމަށާއި، ލާމަރުކަޒީ ނިޒާމާއި ބީރައްޓެހި ބައެއް ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީކޮމަންޑޫ ދާއިރާށ.ކޮމަންޑޫކޮމަންޑޫ ބައި އިލެކްޝަންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު