Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ ތަރައްގީކުރުމުގެ ވިސްނުން

އެއްފަސްކުރުމާއި ލާމަރުކަޒު ކުރުމުގެ ސިޔާސަތު

ރައީސް ޔާމީން ވިދާޅުވީ އެންމެ ރަނގަޅުވާނީ މާލެ ސަރަހައްދު އެއްފަސްކުރުމުން ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2022 | ބުދަ 14:28
މާލެ ސިޓީ

މާލެ ސިޓީ

ކޮންމެ ބަޔެއްވެސް ވެރިކަމަށް އަންނަނީ ރައްޔިތުން ތިބި ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ގެންގޮސްދީ ފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށެވެ. ބޯހިޔާވަހިކަމާއި، ރަނގަޅު ސިއްހީ ނިޒާމާއި، ތައުލީމާއި، ސާފު ބޯފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދީ ލިބެމުންދާ ޚިދުމަތްތައް އެއަށްވުރެ ފުޅާކޮށްދިނުމަށެވެ.

ހުރިހާ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖެއަށް އަބަދުވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ރަށްތައް އެތުރިފައިވާގޮތެވެ. ޖަޒީރާ ކުދި ރަށްތަކެއް އެކި ހިސާބުތަކުގައި އެތުރިފައިވާއިރު މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދު 190އާ ކައިރިކުރެއެވެ. އެހެންކަމުން ހުރިހާ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރަކަށްވެސް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. އެކަމަށް ހައްލެއް ގެނައުމަށް ރައީސް މައުމޫންގެ 30 އަހަރުގެ ތެރޭގައި އާބާދީ ބޮޑު ބިމުގެ ގޮތުން ތަނަވަސް ރަށްރަށަށް އާބާދީ މަދު ރަށްރަށުގެ މީހުން ގެނެސް އެއްފަސްކުރުމުގެ ކަންތައްތަކެއްކޮށްފައިވެއެވެ.

އެހެންނަމަވެސް އެއްފަސްކުރުމުގެ ސިޔާސަތަކީވެސް އޭގެ ޒާތުގައި އެހާ ފުރިހަމައަށް ހިންގިފައިވާ ސިޔާސަތެކޭ ބުނެވޭކަށްނެތެވެ. އެއީ ރަށްވަންތަކަމާއި އެނޫންވެސް ސަބަބުތަކާއި ހެދި އުފަން ފަސްގަނޑު ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރަން މީހުން ބޭނުންނުވުމެވެ. ރާއްޖޭގައި ބިމުގެ ގޮތުން މުއްސަނދިކަން ލިބިފައިވާ ރަށްތައް އުތުރުގައިވެސް އަދި ދެކުނުގައިވެސް އެބަހުއްޓެވެ. އެހެންކަމުން އެރަށްރަށުގައި ގިނަ އަދަދެއްގެ ރައްޔިތުން އާބާދުކޮށް ޚިދުމަތްތައް ފުޅާކުރުމުގެ ވިސްނުން ސަރުކާރުތަކުން ގެންގުޅެއެވެ.

ރާއްޖެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ތަރައްގީކުރުމުގެ ވިސްނުންވެސް ސަރުކާރުތަކުން ގެންގުޅެފައިވެއެވެ. ޒަމާނުއްސުރެ ހުރިހާ ޚިދުމަތްތަކެއް ދެމުން ގެންދިޔައީ މާލެއިންނެވެ. އެއީ ދުރާލާ ރޭވިގެން ހަމައެކަނި މާލެ ތަރައްގީކުރުމުގެ ވިސްނުމުގައި ނުވަތަ މުޖުތަމައުގައި އުޅޭ އަޕަރ ކުލާސްއޭ މިކިޔާ މީހުންނަށް ފައިދާވާގޮތަށް ބައްޓަންކޮށްފައިވާ ސިޔާސަތެކޭވެސް ބުނެއުޅެއެވެ. ހުރިހާ ޚިދުމަތްތަކެއް މާލެއިން އެކަނި ލިބޭ ނިޒާމެއް ގިނަ ދުވަސްތަކެއްވަންދެން ގެންގުޅެމުން އައުމާއެކު ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަނީ ވެރިރަށް މާލޭގައެވެ. ނުވަތަ މާލެ ހިމެނޭ ގްރޭޓަރ މާލެ އޭރިއާގަައެވެ. ނަތީޖާއަކީ ތަނުގެ ޖާގައާ ނުކުތާވަރަށް މީހުން ދިރިއުޅެން ފެށުމުން ކުރިމަތިވާނެ ހުރިހާ މައްސަލަތަކެއް ކުރިމަތިވުމެވެ.

މާލެ ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ އެތައް ރައްޔިތުންނެއް މިއަދު އެބަތިއްބެވެ. ގިނަ އަދަދެއްގެ ރަށްރަށުގެ ރައްޔިތުން ކުލި ދައްކައިގެން އުޅެމުން އައުމާއެކު އެމީހުންވެސް ކުލި ނުދައްކާ އުޅޭނެ ގޮތެއް ހަމަ މާލެ ސަރަހައްދުން ބޭނުންވެއެވެ. އެހެންކަމުން ގްރޭޓަރ މާލެ އޭރިއާއިން ބިމެއްވިޔަސް ފްލެޓެއްވިޔަސް ގޯއްޗެއްވިޔަސް ދޫކުރަންޏާ އެކަމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރަށްރަށުގެ މީހުން ކުރިމަތިލައެވެ. އެކަމުގައި ބަހުސްތަކެއް ކުރެވެމުންދިޔަނަމަވެސް މިއަދުގެ ހަގީގަތަކީ މާލެ ސަރަހައްދުން ބިން ބޭނުންވަނީ ހަމައެކަނި މާލޭ ރައްޔިތުން ނޫންކަމެވެ. އެއީ މާލޭގައި އެތައް ހާސް ރަށްރަށުގެ މީހުން ދިރިއުޅޭއިރު ކުލި ނުދައްކާ ދިރިއުޅެވޭނެ ދުވަހެއް އެމީހުންވެސް ދެކޭތީއެވެ.

މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ބާރުތައް ދޫކޮށްލާ ރަށްރަށް ތަރައްގީކުރުމުގެ ބާރު އެރަށްރަށަށް ނުވަތަ އަތޮޅުތަކަށް ދޫކޮށްލައިގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މީގެ ދިހައަހަރުކުރިން ތަޢާރަފްކުރީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމެވެ. އެނިޒާމުން ހިންގުމަށް މިހާރު ގާނޫނަށް ގެނެވިފައިވާ ބަދަލުތަކާއެކު ގިނަ ބާރުތަކެއް ރަށްރަށާއި އަތޮޅާއި ސިޓީ ކައުންސިލްތަކަށް ވަނީ ލިބިދީފައެވެ. ރަށާއި އަތޮޅާއި ސިޓީ ތަރައްގީ ކުރުމުގެ ޕްލޭންތައް އަމިއްލައަށް އެކުލަވާލައިގެން އެކަންކަން ކުރުމުގެ ބާރު މިވަނީ ދީފައެވެ. ކައުންސިލްތަކަށް މާލީ ނަފާހޯދޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. މިއާއެކު އަތޮޅުތެރޭގައި އަސާސީ ޚިދުމަތްތައްވެސް ކުރިޔަށްވުރެ ފުޅާކޮށް ދެވޭނެ ގޮތް ވަނީ ފަހިވެފައެވެ.

މިސަރުކާރަކީ ވަރަށް ބޮޑަށްވެސް ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރުމުގެ ސިޔާސަތު ގެންގުޅޭ ސަރުކާރެކެވެ. ކުރިން އައި އެހެން އެއްވެސް ސަރުކާރަކުން އެނިޒާމު ތަރައްގީނުކުރާ މިންވަރަށް މިސަރުކާރުން ވަނީ އެނިޒާމު ފުޅާކޮށް ރައްޔިތުންނަށް ޚިދުމަތް ދޭންފަށާފައެވެ. މިނިޒާމާއެކު މާލެ ސަރަހައްދުގައި ދިރިއުޅެން ބޭނުންނުވާ ރައްޔިތުންނަށް މާލެއަށް ނައިސް އެމީހުން ތިބިތާކުން ޚިދުމަތްތައް ލިބުމުގެ މަގު ތަނަވަސްކޮށްދެއެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވިއިރުވެސް އަދި މިހާރުވެސް ގެންގުޅުއްވާ ސިޔާސަތަކީ މާލެ ސަރަހައްދު އެއްފަސްކުރުމެވެ. އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ދުވަހުގެ ތެރޭގައިވެސް ފެނިގެންދިޔައީ އެސިޔާސަތު ތަންފީޒުކުރެއްވިތަނެވެ. ދާދިފަހުންވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ އަތޮޅުތެރެ އެއްފަސް ކުރުމުގެ މާބޮޑު ފައިދާއެއް ނެތް ކަމަށާއި، ރަނގަޅުވާނީ މާލެ ސަރަޙައްދު އެއްފަސް ކުރުން ކަމަށެވެ.

މާލެ ސަރަހައްދުގައި މީހުން އެއްފަސްކުރުމުގެ ސިޔާސަތު ރަނގަޅުކަމަށް އެމަނިކުފާނު ވިދާޅުވާ މައިގަނޑު ސަބަބަކީ މާލެއަކީ މިހާރުވެސް ރާއްޖޭގެ ހުރިހާ ވަސީލަތެއް ހުރި، އެންމެ ފެންވަރުގެ ޚިދުމަތްތައް ލިބެން އޮތް ތަންކަމަށްވުމުން އެ ނޫން ތަންތަން އެއްފަސް ކުރަން ބަލާއިރު ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހުމެވެ. އެ ޚަރަދުތަކާއެކުވެސް އަތޮޅުތެރެ އެއްފަސްކުރުމުގެ ސިޔާސަތު ކާމިޔާބުވާނެ ކަމުގެ ޔަޤީންކަމެއް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށް ރައީސް ޔާމީނު ވަނީ ވިދާޅުވެފައެވެ.

ތެދެކެވެ. އެންމެ އަވަހަށް ރާއްޖެ ފަދަ ތަނެއް ކުރިއަރާ ތަރައްގީކުރެވޭނީ މިހާރުވެސް ޚިދުމަތްތައް ލިބެން އޮތްތާކަށް ވީހާވެސް ގިނަ ބަޔަކު ގެނެސްގެންނެވެ. އޭރަށް އެހެން ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫޢުތައް ނުހިންގާ އެފައިސާ ގިނަ ރައްޔިތުން ދިރިއުޅޭ ތާކު ކަންކަން ތަރައްގީކުރުމަށް އިންވެސްޓް ކުރެވިގެންދާނެއެވެ. ނަމަވެސް މިއާމުޅިން އިދިކޮޅު ސިޔާސަތެއް ގެންގުޅުއްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިކަމާއި ގުޅޭގޮތުން އެންމެ ފަހުންވެސް ވިދާޅުވެފައިވަނީ މާލޭ ސަރަޙައްދަށް މީހުން އިތުރަށް ޖަމާވިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަންޖެހޭކަމަށެވެ. އެކަމަށް މަސައްކަތްކުރެވޭނީވެސް ލާމަރުކަޒީ ނިޒާމުން މުޅި ރާއްޖެ ގުޅާލެވިގެންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވެން އޮތީ، މާލޭ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުގެ ތަރައްޤީގެ ޕްލޭން ބިނާވެފައިވާނީ ލާމަރުކަޒީ ނިޒާމުން މުޅި ރާއްޖެގުޅާލުމަށް ކަމަށެވެ. އަދި އެބަޔަކު ދިރިއުޅޭ ހިސާބުން، ޞިއްޙަތާއި، ތަޢުލީމާއި، އަދި ފެނާއި ނަރުދަމާފަދަ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދީގެން މެނުވީ، ރައްޔިތުންނަށް ހަޤީޤި ތަރައްޤީއާއި ކުރިއެރުން ހޯދައިނުދެވޭނެކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައްޔިތުންނަށް ބަލާލަނަމަ މި ދެ ސިޔާސަތަށްވެސް ތާއީދުކުރާ ރައްޔިތުން އެބަތިއްބެވެ. ހުރިހާ ރައްޔިތުންނަކީ މާލެ ސަރަހައްދުގައި މުޅި ދިރިއުޅުން ކުލި ދައްކައިގެން ދާއޮހުރުވައިގެން ހޯދާ ފައިސާ ކުއްޔަށް އެކަނި ހޭދަކޮށްގެން ދިރިއުޅެން ބޭނުންވާ މީހުންނެއް ނޫނެވެ. އަނެއްބަޔަކު ބޭނުންވަނީ މާލޭގައި އަމިއްލަ ފްލެޓްގައި ނުވަތަ ގެޔެއްގައި ނުވަތަ ކުލި ދައްކައިގެން އުޅުމަށެވެ. އެއްބަޔަކަށް ކުލި ދައްކައިގެން ކުޑަތަންކޮޅެއްގައި އުޅެންޖެހުނަސް ހަމަ އެންމެ ރަނގަޅީ މާލެ ސިޓީއެވެ. އަނެއްބަޔަކަށް ކަމުދަނީ ރަށްފުށުގެ ހިތްގައިމު ދިރިއުޅުމެވެ.

މިދެބައި މީހުން ބޭނުންވާ ކަންކަން ކޮށްދޭން އޮތީ ސަރުކާރުތަކެވެ. ސަރުކާރުތައް އަންނަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށެވެ. ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އެހެންކަމަށްވާއިރު ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ދިރިއުޅޭ ތާކުން ޚިދުމަތްތައް ލިބޭނެ ގޮތް ތަނަވަސްވެފައި އޮންނަންޖެހެއެވެ. ލާމަރުކަޒުކުރުމާއި މާލެ ސަރަހައްދު އެއްފަސްކުރުމާއި މިދެ ސިޔާސަތުގައިވެސް ފައިދާތަކާއި ގެއްލުންތަކެއް އެބަހުއްޓެވެ. ދެ ސިޔާސަތަކީވެސް އޭގެ ޒާތުގައި އެންމެ ރަނގަޅަށް ތަންފީޒުކުރެވިފައިވާ ދެ ސިޔާސަތެއްވެސް ނޫނެވެ. އެހެންކަމަށްވާއިރު ކޮންމެ ރައްޔިތަކަށްވެސް އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތަކަށް ކޮންމެ ސަރުކާރަކުންވެސް ރާއްޖެ ތަރައްގީކޮށްދޭން އެބަޖެހެއެވެ.

ލާމަރުކަޒީ ނިޒާމުރައީސް ސޯލިހުރައީސް ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު

ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު

06 އޯގަސްޓު 2025
ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

05 އޯގަސްޓު 2025
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ރައީސް މުއިއްޒު އިންތިޚާބުކޮށްފައިވަނީ ރައްޔިތުންގެ ބާރުތައް ސީދާ ރައީސްގެ މުށުތެރެއަށް ލާކަށް ނޫން: ޝައުނާ

ރައީސް މުއިއްޒު އިންތިޚާބުކޮށްފައިވަނީ ރައްޔިތުންގެ ބާރުތައް ސީދާ ރައީސްގެ މުށުތެރެއަށް ލާކަށް ނޫން: ޝައުނާ

28 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު