Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ނ އަތޮޅު ދަތުރުފުޅު

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް - ރައީސް

4 ޖެނުއަރީ 2022 | އަންގާރަ 10:25

128 ބަނދަރު، 5 އަަހަރުތެރޭ ނިންމުމަށް ވަނީ އަމާޒު ހިފާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 ޖެނުއަރީ 2022 | އަންގާރަ 10:25
ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ, ނ. ލަންދޫގެ ބަނދަރުޅު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ, ސަރުކާރުގެ ވިސްނުމަކީ ކަމެއް ކުރިއަށްދާއިރު ރައްޔިތުން ބޭނުންވާ ގޮތް ހިއްސާކުރުމުން އެކަން އެގޮތަކަށް ކުރިއަށް ގެންދިޔުން ކަަމަށެވެ. ރައްޔިތުން އެދޭގޮތަކީ ސަރުކާރުން އެދޭ ގޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. މިހާރު އަތޮޅު ތެރެއަށް އެމަނިކުފާނު މިކުރައްވާ ދަތުރުފުޅުތަކުގައި, ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައި އިތުރަށް ކުރަން ޖެހޭ ކަންކަން ކުރެއްވުން އެއީ މަގުސަދެއް ކަމުގައި ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ, މިއަދަކީ ސަރުކާރަށް ހިތްހަމަ ޖެހުން ލިބިގެންދާ ދުވަސް ކަމަށެވެ. އެއީ ލަންދޫ ރައްޔިތުންނަށް ސަރުކާރުން ވީ ވައުދު ފުދިގެން ދާ ދުވަސް ކަމަށާއި, ރައްޔިތުން އެދުނު އެއް އެދުން ކަމުގައިވާ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ނިމި، މިއަދަކީ ކައުންސިލާ ބަނދަރު ހަވާލުރެވުނު ދުވަސް ކަމުގައެވެ.

އަދި 300 ފޫޓުގެ ބަނދަރެެއް ރައްޔިތުން ބޭނުންވި ގޮތަށް، ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މިހާރު ބޮޑު ކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުން ކަމުގައިވާ އޮޑި އެހެލާ ސަރަހައްދުވެސް އެގޮތަށް ނިމިގެންދާނެ ކަން ފާހަގަކުރައްވަމުން ވިދާޅުވީ, ލަންދޫއިން އެމްޓީސީސީ ފައިބާއިރު އޮޑިއެހެލާ ސަރަަހައްދު ރައްޔިތުން ބޭނުންވާ ގޮތަށް ހެދިގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ބަނދަރުގެ މަޝްރޫއުތައް ތަފްސީލްކޮށްދެއްވަމުން ރައީސް ވިދާޅުވީ, މިހާތަނަށް އައިރު ބަނދަރާއި ޖެޓީގެ ގޮތުގައި 25 ތަނެއް ނިންމާފައިވާ ކަމަށާއި, 39 ރަށެއްގެ އަމަލީ މަސައްކަތް އަދި 13 ރަށެއްގެ މަސައްކަތް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށެވެ. ޓެންޑަރ މަރުހަލާގައި 29 ބަނދަރެއް އެބައޮތް ކަމަށާއި, އިތުރަށް 22 ރަށުގެ މަސައްކަތް ރޭވިފައި އޮތްކަމަށެވެ. އަދި 128 ބަނދަރު ފަސް އަަހަރުގައި ނިންމަން އަމާޒު ހިފާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2020ވަނަ އަހަރަކީ އިގުތިސާދީ ގޮތުން އެންމެ ދަތި އަހަރަށް ވީނަމަވެސް، ވިސްނުމަކަށްވީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުން ކަމަށެވެ. އޭގެ ނަތީޖާވެސް ރަނގަޅު ކަމަށާއި, މި ސަރަހައްދުގައި އިގުތިސާދު އެންމެ ކުރިއަރައިދާ ގައުމަކަށް ވެފައި މިއޮތީ ރާއްޖެކަން ރަައީސް އުފަލާއެކު ފާހަގަކުރެއްވިއެވެ. މިކަން ކުރެވުނީ ރައްޔިތުންނާ އެހެން މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން ކަމުގައި ވިދާޅުވިއެވެ.

ކޮވިޑުގެ އައު ވޭރިއަންޓް ފެތުރެމުންދާތީ ސިއްހީ މާހިރުންނާއެކު މަޝްވަރާ ކުރެވުނު ކަމަށާއި, ކުރިއަށް އޮތް 3 ހަފުތާއަކީ ކޮވިޑް ފެތުރުން ބޮޑު 3 ހަފުތާ ކަމަށް އެ ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ސަރުކާރުން މަސައްކަތް ކުރަނީ ވީވަރަކުން ވިޔަފާރިތައް ބަންދު ނުކޮށް އާއްމު ހާލަތުގައި ކުރިއަށް ދިޔުން ކަމުގައި ވިދާޅުވިއެވެ.

ލަންދޫގެ ތަރައްގީއަށް އިތުރުކަންކަން ކުރަން އެބަހުރި ކަމަށާއި, އިތުރު ވައުދެއްގެ ގޮތުގައި މިސްކިތެއް ގާއިމުކުރުމަށް ވެވަޑައިގެންނެވި ވައުދުވެސް މިއަދު ފުދިގެންދާކަމަށް ވިދާޅުވިއެވެ.

އައިސް ޕްލާންޓް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި, ފެނުގެ ނިޒާމު ގާއިމު ކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށާއި, 24 ގަޑިއިރަށް ޚިދުމަތް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު މައްސަލައަކީ, ޑްރަގްގެ މައްސަލަ ކަމަށާއި, މިކަން ހައްލު ކުރުމަށް ނެޝަނަލް ޓާސްކް ފޯސްއެއް އުފައްދާފައިވާ ކަމަށާއި, އޭގެ ނަތީޖާ މި އަހަރުގެ މެދުތެރޭގައި ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ޑްރަގް އަތުލައިގަންނާތީ ކަންބޮޑުވާ ބަޔަކު އެބަތިބި ކަމަށާއި, އެހީ ލިބެން އޮތް ހުރިހާ ފަރާތެއްގެ އެހީތެރިކަމާއެކު ރާއްޖޭގެ ބޯޑަރު ބަލަހައްޓައި, ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށާއި، ޖީލެއް ނެތިގެންދާތަން ބަލަން ނުތިބޭނެ ކަމަށް ވިދާޅުވިއެވެ.

ލަންދޫގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. މި މަސައްކަތް މުޅިން ނިންމާފައިވަނީ 31 ޑިސެމްބަރ 2021ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްޓީސީސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް