Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯސްޓްގާޑަށް ވަސީލަތް އިތުރުކުރުން

ކޯސްޓްގާޑުގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ޖެނެރަލް ޝަމާލް

1 ޖެނުއަރީ 2022 | ހޮނިހިރު 11:57

އިންސާނީ ވަސީލަތް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 ޖެނުއަރީ 2022 | ހޮނިހިރު 11:57
ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ކޯސްޓްގާޑުގެ ގާބިލްކަން އިތުރުކޮށް، ވަސީލަތް އިތުރުކުރުމުގެ މަަސައްކަތްތަކެއް ކުރަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑުގެ ޚިދުމަތަށް 42 އަހަރު ފުރުމާއި ގުޅިގެން ދެއްވި އިންޓަރވިއުއެއްގައި މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ކޯސްޓްގާޑުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ. މިގޮތުން ކޯސްޓްގާޑަށް އިތުރު ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޝަމާލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަމާލް ވިދާޅުވީ ކޯސްޓްގާޑުގެ ވަސީލަތްތައް އިތުރުކުރުމަށް އޮފްޝޯރ ޕެޓްރޯލް ވެސެލްސްއާއި، އިނީޝިއަލް ޕެޓްރޯލް ވެސެލްސްއާއި، ފާސްޓް އިންޓަރސެޕްޓް ކްރާފްޓް ފަދަ މުހިންމު ވަސީލަތްތައް ހޯދުމަށްޓަކައި ގިނަ މަސައްކަތްތައް ކުރެވި، ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަމަށެވެ. މިހާރުވެސް އިންޝޯރ ޕެޓްރޯލް ވެސެލްއެއް ހޯދިފައިވާކަމަށާއި، އަދިވެސް މިފަދަ އުޅަނދުފަހަރު ހޯދުމަށް އެކި ގައުމުތަކާއެކު މަޝްވަރާކުރެވެމުންދާކަމަށް މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން މެރިޓައިމް އެންޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) ބޭރު ގައުމެއްގެ އެހީއާއެކު ބިނާކުރަމުންދާކަމަށް ޝަމާލް ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން ތަނުގެ ބިންގާ އަޅާފައިވާކަމަށާއި، މި މަސައްކަތްވެސް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ އެކި އެކި ނުރަނގަޅު ކަންތައްތައް ދެނެގަނެވި އެކަންކަން ހުއްޓުވިގެންދާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ. އޭގެތެރޭގައި ކްރޮސް ބޯޑަރ ޓެރަރިޒަމް، ޑްރަގް ޓްރެފިކިން، ހަތިޔާރުގެ އެކި ވިޔަފާރިތައް ފަދަ ކަންކަމާ ގުޅޭގޮތުން މައުލޫމާތުތައް ބަދަލުކޮށް އެކަންކަމާ ކުރިމަތިލެވިގެންދާނެ ކަމަށާއި، މިކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް މިހާރު ދަނީ ކުރެވެމުން ކަމަށް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގެ ކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަމުންދަނީ ކޯސްޓްގާޑުން ކަމަށެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮތް ކޮންމެ ނުރައްކަލަކީ ރާއްޖެއަށްވެސް އޮތް ނުރައްކަލެއް ކަމަށާއި އެހެންކަމުން ގައުމުތަކާ ގައުމުތަކުގެ އަސްކަރިއްޔާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ޝަމާލް ވަނީ ފާހަގަކުރައްވާފައެވެ.

ޝަމާލް ވިދާޅުވީ ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ގަދަ ކަނޑުތަކުގައި ކޯސްޓްގާޑުގެ ސިފައިން ގެންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށެވެ. އޭގެތެރޭގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، އިންސާނިއްޔަތާ ގުޅޭ އެކި ޚިދުމަތްތަކާއި، މެޑިކަލް އިވެކުއޭޝަންތަކާއި، ސީ އެމްބިއުލާންސްގެ ޚިދުމަތާއި އަދި މިނޫންވެސް ގިނަ ޚިދުމަތްތަކެއް ކޯސްޓްގާޑުން ދަނީ ފޯރުކޮށްދެމުން ކަމަށް ޝަމާލް ވިދާޅުވިއެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް