Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެލެގްރާމް ގްރޫޕެއްގައި ޑްރަގް ވިއްކުން

ޓެލެގްރާމް ގްރޫޕެއްގައި ޑްރަގް ވިއްކާ މައްސަލަ ފުލުހުން ބަލަނީ

ޓެލެގްރާމް ގްރޫޕެއްގައި މަސްތުވާތަކެތި ވިއްކާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖެނުއަރީ 2022 | ހޮނިހިރު 07:53
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި- މަސްތުވާތަކެތީގެ މައްސަލަަތައް ފަހަަކަށް އައިސް ވަނީ އިތުރުވެފައި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި- މަސްތުވާތަކެތީގެ މައްސަލަަތައް ފަހަަކަށް އައިސް ވަނީ އިތުރުވެފައި

ޓެލެގްރާމް ގްރޫޕެއްގައި މަސްތުވާތަކެތީގެ ބާވަތްތައް ވިއްކާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރ ވިދާޅުވީ، ޓެލެގްރާމް ގްރޫޕެއްގައި މަސްތުވާތަކެތި ވިއްކާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށެވެ.

އެ ގްރޫޕުގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، އެކި ބާވަތްތަކުގެ މަސްތުވާތަކެތީގެ އަގާއެކު ފޮޓޯތައް ވަނީ ހިއްސާކޮށްފައެވެ. އަދި އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުން މެސެޖު ކުރުމަށް ބަޔާންކޮށް ގިނަ ޕޯސްޓުތަކެއް ކޮށްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު އެ ގްރޫޕުގެ މެމްބަރުންގެ ގޮތުގައި ތިބެއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވާލައިގެން ބްލެކްމެއިލްކޮށް ފޭރޭ ނެޓްވޯރކުތައް ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވަމުންދާކަމަށް ފުލުހުން ދާދި ފަހުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ރާއްޖޭގައި އެހެން ދީންތައް ފެތުރުމާއި ގުޅޭ މައްސަލަތަކެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.

އިންޓަރނެޓްގެ ޒަރީއާއިން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ގެންގުޅޭ އެކި މީޑިއަމްތައް ބްލޮކް ކުރުމަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. މި އަމުުރު ނެރުނުތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް މިފަދަ މީޑިއަމްތައް ބްލޮކް ކުރުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ.

އިންޓަރނެޓްގެ ޒަރީއާއިން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ގެންގުޅޭ އެކި މީޑިއަމްތައް ބްލޮކް ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވަނީ، މި މީޑިއަމްތައް ބޭނުންކޮށްގެން އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުން ވަނީ މިފަދަ ޕޭޖްތަކާއި، އެޕްލިކޭޝަންތައް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށްގެން ހިންގާ މިފަދަ އަމަލުތައް ތަހުގީގުކޮށްފައެވެ. އަދި އެ ކަން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މިފަދަ އެކި މީޑިއަމްތައް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައެވެ.

އެހެންނަމަވެސް މިކަމާ ގުޅުންހުރި ޓެކްނިކަލް މަސައްކަތްތަކެއް ކުރިއަށްދާތީ މި މަސައްކަތުގައި ލަސްތަކެއް ހުރިނަމަވެސް، މިކަން ތަންފީޒުކުރަން ފެށޭނީ ކިހާ ދުވަހަކުން ކަމެއް ބުނަން ދަތިކަމަށް ފުލުހުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން ރާއްޖެ އެމްވީއަށް މައުލޫމާތުދެމުން ފުލުހުން ބުނީ، މިފަދަ މީޑިއަމްތައް ބްލޮކް ކުރުމުގެ މަސައްކަތް ނުފެށި ވަނީ، މިކަމާ ގުޅިގެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކެއް ކުރިއަށްދާތީ ކަމަށެވެ. މި މަސައްކަތްތައް ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މިނިސްޓްރީގެ އިތުރުން، އައިސީޓީ ދާއިރާގެ މިނޫންވެސް ގިނަ ފަރާތްތަކަކާ ގުޅިގެން ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި އަމުރު ތަންފީޒުކުރުމަށް މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ސިޓީއަކުން އަންގާފައިވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު