Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަސްތުވާތަކެތީގެ މައްސަލަ

ޑްރަގް ވިޔަފާރި ކުރާ ސިޔާސީ މީހުންގެ ވަނަވަރު ހާމަކުރަން ޖެހޭ

31 ޑިސެމްބަރު 2021 | ހުކުރު 14:02

އެ ފަރާތްތަކަކީ ކޮބައިކަން ހާމަކުރަން މިނިސްޓަރ ވަނީ އުޒުރުވެރިވެވަޑައިގެންފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޑިސެމްބަރު 2021 | ހުކުރު 14:02
 މާލޭގައި މަސްތުވާތަކެތި ބޭނުން ކުރުމަށް ޚާއްސަކޮށް ބޭނުންކުރަމުން ދިޔަ ތަނެއް- ހަމައެކަނި މާލެ ސަރަޙައްދުން ވެސް 1100 އެއްހާ މީހުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭ

މާލޭގައި މަސްތުވާތަކެތި ބޭނުން ކުރުމަށް ޚާއްސަކޮށް ބޭނުންކުރަމުން ދިޔަ ތަނެއް- ހަމައެކަނި މާލެ ސަރަޙައްދުން ވެސް 1100 އެއްހާ މީހުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭ

314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ ޝައިޚު އިމްރާން އަބްދުﷲ ވަނީ ފާހަގަކުރެވޭ ވަކިވަކި ސިޔާސީ ފަރާތްތައް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި އެބަ އުޅޭ ކަމަށް ވިދާޅުވެފައެވެ. އެމީހުންގެ ފަރާތުން ނުފޫޒުތައް ކުރިމަތިވާކަން ފާހަގަކުރައްވައި އިމްރާން ވަނީ އެކި މުއައްސަސާތަކަށާއި މިނިސްޓަރަށް ވެސް އެފަރާތްތަކުގެ ނުފޫޒު ކުރިމަތިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، އެ ފަރާތްތަކަކީ ކޮބައިކަން ހާމަ ކުރައްވަން މިނިސްޓަރ ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. ނުވިތާކަށް އެމީހުންނާ ހަމައަށް ވާސިލްވުމަށް މަސައްކަތް ކުރަމުން އަންނަ މުއަސަސާތަކަށް ވެސް ގިނަ ގޮންޖެހުންތައް ކުރިމަތި ކުރުވާ ކަމަށާއި، ނޫސްވެރިއަކު ތަހުގީގީ ނަޒަރަކުން އެ ވާހަކަތައް ގެންނަން މަސައްކަތް ކުރާނަމަ އެކަމަށްވެސް ހުރަސްއަޅާ ބަޔަކު އެބަތިބި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް، ރާއްޖޭގެ މަސްތުވާތަކެތީގެ ވިޔަފާރިއާއި، ބޭނުން ކުރުމުގެ މައްސަލަތައް މިހާރު އޮތީ އެކަންކަން ސިއްރު ކޮށްގެން ތިބެވޭނެ ހާލަތެއްގައެއް ނޫނެވެ. ކޮންމެ އަހަރަކުވެސް ރެކޯޑު އަދަދުތަކުން މަސްތުވާތަކެތި އަތުލައިގަންނަމުންދާއިރު، އެތައް ސަތޭކަ ކިލޯއެއް އެއްފަހަރާވެސް އަތުލައިގަންނަނީއެވެ. އަދި ޖެހިގެން އަންނަ ދުވަހު އެކަމުގައި ހިމެނޭ ފަރާތްތައް ދޫވެގެންދާ މަންޒަރަކީވެސް މިއަދު ހަމަ އާންމު މަންޒަރެކެވެ.

އަހަރެއްގެ މައްޗަށް 400 އާއި 500 ދެމެދުގެ އަދަދެއްގެ މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި، ހަމައެކަނި މާލެ ސަރަޙައްދުން ވެސް 1100 އެއްހާ މީހުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ގޮތުގައި ފާހަގަ ކުރެވޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދުވެސް ވިދާޅުވެއެވެ. އެގޮތުން މުޅި ރާއްޖެއަށް ބަލާއިރު، ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު 9000 އާ ގާތްކުރާއިރު، ކޮންމެ އަހަރަކުވެސް މި ލިސްޓަށް ހާހަކާއި ގާތްކުރާ އަދަދަކަށް މީހުން އިތުރުވެގެން ދިއުމަކީ ހަމަ ގައިމުވެސް ކަންބޮޑުވުމެކެވެ. އެއީވެސް ޑްރަގް ވިޔަފާރިން މަންފާ ހޯދާ ފަރާތްތަކެއް މުގުލުގައި ތިބެ ހިންގަމުންދާ މި ކަންކަން ސިއްރު ކޮށްގެން ތިބެވެން ނެތް ސަބަބެކެވެ.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫވެގެން ދިޔަތަން 2021 ވަނަ އަހަރުވެސް އެކި ފަހަރުމަތިން ވަނީ ފެނިފައެވެ. ގިނަ ފަހަރު އެގޮތަށް ދޫވެގެން ދަނީ އެކަންކަމުގައި އެންމެ އިސްކޮށް އުޅޭ ފަރާތްތައް ކަމަށް ފުލުހުންވެސް ފާހަގަކޮށްފައިވެއެވެ. އެހިސާބުން ދެން އާންމުންގެ ނުރުހުން އަމާޒުވަނީ ތަންފީޒީ އިދާރާތަކަށެވެ. ފުލުހުންނަށްވެސް އެކަމުގައި އާންމުންގެ ތުހުމަތުތައް ބަންޑުންވެގެންދާއިރު، ކޯޓުތަކާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި ދައުލަތުގެ އިދާރާތަކަށް އާންމުންގެ ނުރުހުމާއި، ތުހުމަތުތައް އަމާޒުވެގެން ދަނީ މަދަކުން ނޫނެވެ.

ވަކިން ޚާއްސަކޮށް، ފާހަގަކުރެވޭ ވަކިވަކި ސިޔާސީ ފަރާތްތައް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި އުޅެމުންދާކަމަށް ދައުލަތުގެ ހޯމް މިނިސްޓަރ ވިދާޅުވެފައިވާއިރު، އެ މަންޒަރުތައް ފެންނަތަން ތަކުރާރުވެގެން ދިއުމަކީ އާންމުންގެ ރުޅިވެސް އިންތިހާއަށް އިތުރުވެގެންދާނެ ކަމެކެވެ. މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ.

ރާއްޖޭގައި 9000އާ ގާތްކުރާ އަދަދަކަަށް ޑްރަގް ބޭނުންކުރާ މީހުން އުޅޭއިރު އޭގެ ތެރެއިން 10 އިންސައްތަ ވެސް ފަރުވާގެ ނިޒާމުގެ ތެރޭގައި ނެތެވެ. ކޮންމެ އަހަރަކުވެސް ހާހަކަށްވުރެ ގިނަ މީހުން ފަރުވާގައި ކިއޫގައި ތިބެންޖެހޭއިރު، ރާއްޖޭގައި ޑްރަގް ފަރުވާގެ ނިޒާމު އޮތީ މުޅިން ބޮއްސުންލާފައި ކަމަށް ކަމާގުޅުންހުރި އިދާރާތަކުންވެސް ބަޔާންކުރަމުންދެއެވެ.

ޑްރަގްގެ ވަބާގައި ޖެހި، ފަރުވާއަށް ބޭނުންވި ނަމަވެސް މުޖުތަމައަށް ދޫވެފައިތިބި އެތައް ޒުވާނުންނެއް ތިބިއިރު، އޭގެ ސަބަބުން އަނެއްކާވެސް އިތުރުވަނީ އިތުރު ކުށްތަކެވެ. ވައްކަމާއި ފޭރުމާއި، މީހުން ރަހީނުކޮށްގެން ބްލެކްމެއިލް ކުރާ ބޮޑެތި ނެޓްވޯރކުތައް އޮޕަރޭޓް ކުރާ ހިސާބަށް ކަންކަން ދާއިރު، އެކަމަށް މަގުފަހިވުމުގެ ފަހަތުގައި ތިބޭ ފަރާތްތައް މިނިސްޓަރަށް އެނގިވަޑައިގަންނަވާނަމަ، އެކަން ހާމަކުރައްވާ އެބޭފުޅުންނަށް ފިޔަވަޅު އެޅުން މިހާރު މާ ލަސްވެސް ވެއްޖެ ނޫންތޯއެވެ؟

މަސްތުވާތަކެތިމިނިސްޓަރ އިމްރާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ޖުލައި 2025

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް
02 ފެބުރުއަރީ 2025

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި
24 ޑިސެމްބަރު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން
22 އޮކްޓޯބަރު 2024

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ
18 ސެޕްޓެމްބަރު 2024

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން
20 ޖުލައި 2024

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ
06 ޖުލައި 2024

100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި

06 ޖުލައި 2024
100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި
25 ޖޫން 2024

"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"

25 ޖޫން 2024
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
06 ޖޫން 2024

ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

06 ޖޫން 2024
ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
18 މެއި 2024

4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި

18 މެއި 2024
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް