Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފުށީގައި އައު އަހަރު ފާހަގަކުރުން

މޮނިޓަރިންގައި އޮތް ނަމަވެސް ގައިޑްލައިންތަކާ އެއްގޮތަށް މާފުށީގައި އައު އަހަރު ކުލަގަދަކޮށް ފާހަގަކުރާނެ

މާފުށީގައި 46 ގެސްޓް ހައުސްއެއްގައި 840 ކޮޓަރި ހުރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 31 ޑިސެމްބަރު 2021 | ހުކުރު 06:48
މާފުށި މޮނިޓަރިންގއަށް ލާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު

މާފުށި މޮނިޓަރިންގއަށް ލާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު

މާފުށި މޮނިޓަރިންގައި އޮތް ނަމަވެސް ގައިޑްލައިންތަކާ އެއްގޮތަށް އައު އަހަރުގެ ހަރަކާތްތައް ކުލަގަދަކޮށް ފާހަގަ ކުރާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކޮވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިންއަށް ލާފައިވަނީ، ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެރަށުން 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދެއެވެ. މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ޖުމްލަ 16 ރަށެކެވެ.

ކުލަގަދަކޮށް އާ އަހަރުގެ ހަރަކާތްތައް މާފުށީގައި ފާހަގަކުރާއިރު، އެ ރަށަކީ މާލެ ސަރަހައްދުގެ ގިނަ ބަޔަކުވެސް އައު އަހަރު ފާހަގަ ކުރުމަށްދާ ރަށެކެވެ. ރާއްޖޭގައި 2009 ވަނަ އަހަރު އަލަށް ލޯކަލް ޓޫރިޒަމް ފެށީ މާފުށީގައެވެ. މިހާރު މާފުށީގައި 46 ގެސްޓް ހައުސްއެއްގައި 840 ކޮޓަރި ހުރިއިރު އައު އަހަރާ ދިމާކޮށް ހުރިހާ ގެސްޓް ހައުސްއެއް ވެސް ވަނީ ފުލްވެފައެވެ.

ފަތުރުވެރިންނާއެކު ގިނަ އަދަދެއްގެ ދިވެހިން ވެސް އައު އަހަރާ ދިމާކޮށް އެރަށުގައި މިހާރު ވެސް ތިބިިއިރު، ރަށުގެ 95 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެހެންކަމުން މޮނިޓަރިންގގައި އޮތްނަމަވެސް ރަށަށް އަރައި ފޭބުމުގައި އެއްވެސް ދައްޗެއް ނޯންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން ރަށުގައި ދިރިއުޅޭ، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 12 އަހަރުން މަތީގެ އާބަދީގެ 90 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ، ޕީސީއާރު ޓެސްޓަކާ ނުލާ އެރަށަކަށް ދެވޭނެއެވެ. އެކަމަކު މޮނިޓަރިންގައި އޮތް ރަށަކީ ވެކްސިން ކަވަރޭޖް ހަމަނުވާ ރަށެއް ނަމަ، ދެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކުއެވެ.

މާފުށިމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
24 އޮކްޓޯބަރު 2025

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
11 އޮކްޓޯބަރު 2025

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު