Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮބްޒަރވް ކުރުމަށާއި މޮނިޓަރަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި

31 ޑިސެމްބަރު 2021 | ހުކުރު 01:57

އެފުރުސަތު ޑިސެމްބަރ 30ވާ ބުރާސްފަތި ދުވަހުގެ 17:30ން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވާ އަންގާރަ ދުވަހުގެ 15:00އާ ހަމައަށް ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 ޑިސެމްބަރު 2021 | ހުކުރު 01:57
ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގެ ތެރެއިން

ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިހާބުގެ ތެރެއިން

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮބްޒަރވް ކުރުމަށާއި މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަން(އީސީ)ން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިންތިޚާބު އޮބްޒަރވްކުރުމަށް ބޭނުންވާ ފަރާތްތަކާއި މޮނިޓަރަކަށް ވާން އެދޭ ފަރާތްތަކަށް އެފުރުސަތު ޑިސެމްބަރ 30ވާ ބުރާސްފަތި ދުވަހުގެ 17:30ން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވާ އަންގާރަ ދުވަހުގެ 15:00އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.

Advertisement - newsAdvertisement

މޮނިޓަރ ކުރުމުގެ ހުއްދަ ދެވޭނީ އުމުން 18 އަހަރުވެފައިވާ ދިވެހިންނަށެވެ. އަދި އެމީހަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. މީގެއިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ރޭޑިއޯ ނުވަތަ ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހަކަށް އެމީހަކު ވާންޖެހޭނެއެވެ. އަދި ނޫސް މަޖައްލާފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާ މީހަކަށް ވެސް އެމީހަކު ވާންޖެހެނެއެވެ. ނުވަތަ އެމީހަކީ ބައިނަލްއަގްވާމީ މީޑިޔާއެއްގައި މަސައްކަތްކުރާ މީހެއްކަން އީސީއަށް ކަށަވަރުވާންޖެހޭނެއެވެ.

އަދި މޮނީޓަރަކަށް ވާ މީހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެފައި ހުރި މީހަކު ކަމުގައި ވެސް އެމީހަކު ވެގެންނުވާނެއެވެ.

އޮބްޒަރވްކުރުމަށް ހުއްދަދެވެނީ އެމީހަކީ 18 އަހަރުވެފައިވާ ދިވެއްސެއް ނަމައެވެ. އަދި އެމީހަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. މީގެއިތުރުން އެމީހަކީ ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒަރވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީއެއްގައި އެމީހެއްގެ ނަން ހިމެނިފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

އަދި އޮބްޒަރވަރަކަށް ވާ މީހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެފައި ހުރި މީހަކު ކަމުގައި ވެސް އެމީހަކުވެގެންނުވާނެއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުވަރީ 5ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.

ކޮމަންޑޫ ދާއިރާއިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް