Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމީ ދައިރާ

ރިޕޯޓް ދިނުމާއި ހަމައަށް ކިޔަވައިދިނުމަށް އެންގުމުން ޓީޗަރުންގެ ކަންބޮޑުވުން

30 މެއި 2017 | އަންގާރަ 16:51

ފުރަތަމަ އަންގާފައިވަނީ އަންގާރަ ދުވަހު ކިޔަވައިދިނުން ފެށުމަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 30 މެއި 2017 | އަންގާރަ 16:51
ސްކޫލެއްގެ ދަރިވަރުންތަކެއް: ބުދަ ދުވަހުން ފެށިގެން ދެވަނަ ސެމިސްޓަރގެ ފިލާވަޅުތައް ފެށުމަށް އެޑިއުކޭޝަނުން ވަނީ އަންގާފަ

ސްކޫލެއްގެ ދަރިވަރުންތަކެއް: ބުދަ ދުވަހުން ފެށިގެން ދެވަނަ ސެމިސްޓަރގެ ފިލާވަޅުތައް ފެށުމަށް އެޑިއުކޭޝަނުން ވަނީ އަންގާފަ

ފުރަތަމަ ޓާމްގެ ކިޔެވުން ނުނިމެނިސް ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގުމުން، ޓީޗަރުން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވަނީ ފުރަތަމަ ޓާމްގެ އިމްތިހާނު ނިމި، ރިޕޯޓް ދިނުމާ ދެމެދު ހޭދަވާ ހަފްތާގައި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. އަންގާރަ ދުވަހުން ފެށިގެން ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ކުރިން އެންގި ނަމަވެސް، އެކަމާ ސްކޫލްތަކުގެ ވެރިން ދެކޮޅުހެދުމުން، މިހާރު އަންގާފައިވަނީ ބުދަ ދުވަހުން ފެށިގެން ހުރިހާ ސްކޫލެއްގައިވެސް ދެވަނަ ޓާމްގެ ސިލަބަހަށް ކިޔެވުން ކުރިއަށް ގެންދިއުމަށެވެ.

އާންމު އުޞޫލުން، ޒަމާނުއްސުރެވެސް ކަންކުރަމުން ގޮސްފައިވާ ގޮތަކީ ޓެސްޓު ނިމުމާއި، ރިޕޯޓްފޮތް ދިނުމާ ދެމެދު ހިނގާ ހަފްތާއެއްހާ ދުވަހު، ދަރިވަރުންނަށް، އާންމު ޝެޑިއުލަށްވުރެ ކުރު ޝެޑިއުލެއް ހަމަޖެއްސުމަށްފަހު، މުދައްރިސުން ޕޭޕަރު މާކުކޮށް، ރިޕޯޓްފޯމް ތައްޔާރުކުރުމެވެ. ނަމަވެސް މިގޮތަށް ލިބޭ މުއްދަތުގައި ކުރިއަށް އޮތް ޓާމުގެ ފިލާވަޅުތައް ނަގައިދޭން ފަށައިފިނަމަ، ޕޭޕަރު މާކުކުރުމާއި، ރިޕޯޓްފޯމް ތައްޔާރު ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް މުދައްރިސުން ބުނެއެވެ.

މި މައްސަލައިގައި ރާއްޖެއެމްވީއާ ވާހަކަ ދެއްކި މުދައްރިސަކު ބުނީ، މިގޮތަށް އަމަލުކުރަން ފަށައިފިނަމަ، ސްކޫލުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭނެ ކަމަށާ، ރަސްމީ ގަޑީގައި ކިޔަވައިދިނުމަށްފަހު، ޕޭޕަރު މާކުކޮށް، ރިޕޯޓް ފޮތް ތައްޔާރުކުރަން ޖެހޭނީ އިތުރުގަޑީގައި ކަމަށެވެ. ނަމަވެސް މިއީ ރަމަޟާން މަސް ކަމުން، އެގޮތަށް ސްކޫލުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން، ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި، ގޭގައި ކުރަން ހުންނަ އެތައް ކަމެއް ނުކުރެވި ދާނެކަމަށެވެ.

މީގެ އިތުރުން، ރާއްޖެއެމްވީއާއި ވާހަކަދެއްކެވި ބައެއް ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކާއި މާބޮޑު މަޝްވަރާކުރުމެއް ނެތި، އެޑިއުކޭޝަން މިނިސްޓްރީން ކުއްލި ނިންމުންތައް ނިންމަމުންދާތީ، އޭގެން ދަރިވަރުންނާއި، މުދައްރިސުންނަށްވެސް އެކި ކަހަލަ ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިމައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކިޔެވުން ކުރިއަށްދާނެ ކަމަށް އެކަޑަމިކް ކަލަންޑަރުގައި އޮންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!

13 މާރިޗު 2017
އައިޖީއެމްއެޗަށް އެނގިގެން ރެޔާ ހަމައަށް އެޗް1އެން1 ވައިރަސްއާ ގުޅިގެން އެއްވެސް މީހަކަށް ފަރުވާދީފައެއް ނުވޭ!
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް