Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

މިއަހަރުގެ ތިން ދައުރުގައި ޖުމްލަ 103 ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ބޭއްވި!

މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށީ އޮގަސްޓްމަހުގެ 16 ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2021 | ބުރާސްފަތި 08:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރާއްްޔިތުންނާ ގުޅުންހުރި މުހިއްމު ގާނޫނުތަކާއި މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކޮންމެއަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ކުރެއެވެ. މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ކަމާ ގުޅުންހުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުންވެސް މަސައްކަތް ކުރެއެވެ. ހަމަ އެހެންމެ ވަޒީރުންނާ ސުވާލުކޮށް އެ ވަޒީރެއް ޖަވާބުދާރީ ކުރވުމުގެ މަސައްކަތްވެސް މަޖިލީހުގެ ތަޅުމުގައި ހިނގައެވެ. ރައްޔިތުންގެ މަޖިލީހުން 2021 ވަނަ އަހަރުވެސް މުހިއްމު ގިނަ މަސައްކަތްތަކެއް ނިންމުމަށްފަހު މިހާރު މަޖިލީސް އޮތީ ޗުއްޓީގައެވެ. މި އަހަރުގެ ތިން ދައުރުގައި ޖުމްލަ 103 ޖަލްސާއެއް މަޖިލީހުގެ ތަޅުމުގައި ވަނީ ބާއްވާފައެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގައި ޖުމްލަ 37 ޖަލްސާ އާއި 324 ކޮމިޓީ ބައްދަލުވުން ބޭއްވިއެވެ. އެ 37 ޖަލްސާ ޖަލްސާގައި، މެމްބަރުން 96 ގަޑިއިރާއި 35 މިނެޓް ހޭދަކުރައްވާފައިވެއެވެ. 324 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު އެއީ 282 ގަޑިއިރާއި 37 މިނެޓެވެ.

ފުރަތަމަ ދައުރަށް އަލަށް 11 ބިލާއި ކުރީ ދައުރުން އައި 24 ބިލާއެކު ޖުމްކަ 35 ބިލެއްގެ މަސައްކަތް ކޮށްފައިވެއެވެ. ދައުރު ނިމުނު އިރު 8 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. ޖުމްލަ 14 ގަރާރެއްގެ މަސައްކަތް ކޮށްފައިވާއިރު ނިމިފައިވަނީ 5 ގަރާރެއްގެ މަސައްކަތެވެ. ސަރުކާރުން ހުށަހެޅި ކަންކަމަށް ބަލާއިރު، 13 ކަމެއްގެ ތެރެއިން 10 ކަމެއް ނިންމާފައިވެއެވެ. ރިޔާސަތުން ހުށަހެޅި 7 ކަމެއްގެ ތެރެއިން ނިމިފައިވަނީ 5 ކަމެކެވެ. ކުއްލި މައްސަލައިގެ ގޮތުގައި 10 މައްސަލައެއް ހުށަހެޅި އެ މައްސަލަތައްވަނީ ފުރަތަމަ ދައުރުގައި ނިންމާފައެވެ. ފުރަތަމަ ދައުރުގައި 19 ފަހަރެއްގެ މަތިން ވަޒީރުންނާ ސުވާލުކޮށްފައިވެއެވެ.

ފުރަތަމަ ދައުރުގައި މުހިންމު ބިލްތަކެއްގެ މަސައްކަތް ނިންމާފައިވެއެވެ. އެގޮތުން ސިފައިންގެ ގާނޫނަށް ގެނެވުނު އިސްލާހާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެނެވުނު އިސްލާހު ފާހަގަކުރެވެއެވެ.

މީހުން ޓްރެފިކް ކުރުމުގެ ގާނޫނަކީ ދޭދެ ގައުމުތަކުގެ ކަންބޮޑުވުމާއި ނަޒަރު އެމަސައްކަތަށް ހުއްޓިފައި އޮތް މަސައްކަތެކެވެ. މީގެއިތުރުން މަތީ ތައުލީމުގެ ބިލް، އާންމު ސިއްހަތުގެ ބިލް، ކްލައިމެޓް ޗޭންޖް ބިލް، ސިވިލް ސަރވިސްގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލުގެ މަސައްކަތަކީވެސް ފުރަތަމަ ދައުރުގައި ނިންމި މުހިއްމު ބިލްތަކެވެ.

ފެބްރުއަރީ މަހުން ފެށިގެން މިދައުރުގެ ޖަލްސާތައް ކުރިޔަށް ގެންގޮސް ފުރަތަމަ ދައުރު ނިންމާލީ އެޕްރީލް 29ގައެވެ. ދެވަނަ ދައުރު ފެށީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ޖުމްލަ 22 ޖަލްސާ ބޭއްވިއެވެ. ދެވަނަ ދައުރުގައި މަޖިލީހުން ކުރުމަށް 104 މަސައްކަތެއް އޮތެވެ. އެއީ ފުރަތަމަ ދައުރުން ދެވަނަ ދައުރަށް އައިސްފައިވާ 54 މަސައްކަތާއި، ދެވަނަ ދައުރަށް ހުށަހަޅާފައިވާ 50 މަސައްކަތެވެ. މީގެތެރެއިން ނިމިފައިވަނީ 41 މަސައްކަތެވެ. ދެވަނަ ދައުރުގައި ކުރުމަށް ކަނޑައެޅުނު ކަންތަކުގެ ތެރެއިން ދައުރު ނިމުނުއިރު ނުނިމި 63 މަސައްކަތެއް އޮތެވެ.

ދެވަނަ ދައުރަށް އަލަށް 16 ބިލާއި ކުރީ ދައުރުން އައި 25 ބިލާއެކު ޖުމްކަ 41 ބިލެއްގެ މަސައްކަތް ކޮށްފައިވެއެވެ. ދައުރު ނިމުނު އިރު 8 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. ޖުމްލަ 11 ގަރާރެއްގެ މަސައްކަތް ކޮށްފައިވާއިރު ނިމިފައިވަނީ 1 ގަރާރުގެ މަސައްކަތެވެ. ސަރުކާރުން ހުށަހެޅި ކަންކަމަށް ބަލާއިރު، 10 ކަމެއްގެ ތެރެއިން 810 ކަމެއް ނިންމާފައިވެއެވެ. ރިޔާސަތުން ހުށަހެޅި 8 ކަމެއްގެ ތެރެއިން ނިމިފައިވަނީ 5 ކަމެކެވެ. ކުއްލި މައްސަލައިގެ ގޮތުގައި 3 މައްސަލައެއް ހުށަހެޅި އެ މައްސަލަތައްވަނީ ދެވަނަ ދައުރުގައި ނިންމާފައެވެ. ފުރަތަމަ ދައުރުގައި 14 ފަހަރެއްގެ މަތިން ވަޒީރުންނާ ސުވާލުކޮށްފައިވެއެވެ. 

ދެވަނަ ދައުރުގައި ފާސްކޮށްފައިވާ މުހިންމު ބިލްތަކަށް ބަލާއިރު، އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ވަކި ގެކޮޅެއް ހަމަޖެއްސުމާއި، ސެކިޔުރިޓީ އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރި ބިލް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އާމްދަނީ އިތުރުކުރުމަށް ރާއްޖެއިން ފުރާ ފަތުރުވެރިންގެ އަތުން ޓެކްސް އާއި ފީ ނެގުމަށް، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ގެނައި އިސްލާހަކީވެސް މިދައުރުގައި ފާސްކުރި މުހިންމު ގާނޫނެކެވެ. މީގެއިތުރުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްވެސް ފާހަގަކޮށްލެވެއެވެ. 

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާއާ ގުޅޭ ޚާއްސަ އިންކުއަރީވެސް މި ދައުރުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެއްވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމާގުޅިގެން ދެވަނަ ދައުރުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ނާއިބުރައީސް އީވާ ޢަބްދުﷲގެ އިތުރުން ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅާފައިވާ މެމްބަރުންނެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގައި ޖުމްލަ 44 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެއީ 112 ގަޑިއިރެވެ. މިދުވަސްތަކުގައި 320 ކޮމިޓީ ބައްދަލުވުން ބާއްވާފައިވާއިރު މިބައްދަލުވުންތަކުގައި މެމްބަރުން ވަނީ 331 ގަޑިއިރު ހޭދަކުރައްވާފައެވެ. ޖުމްލަ 131 މަސައްކަތެއް މެމްބަރުން މިދައުރުގައި ކުރަން އޮތްއިރު އޭގެތެރެއިން ނިންމާފައިވަނީ 95 މަސައްކަތެވެ. ނުނިމޭ 36 މަސައްކަތެއްވެއެވެ.

މުހިންމު ބިލްތަކެއްގެ މަސައްކަތް ކޮށްފައިވާއިރު އޭގެތެރޭގައި މަދަނީ އިޖުރާއަތުގެ ބިލް ފާހަގަކޮށްލެވެއެވެ.

ދެން ރައްޔިތުންގެ މަޖިލީސް ހުޅުވޭނީ އަންނަ އަހަރަށެވެ. އަންނަ އަހަރުގެ ޖަލްސާތައް ފެށިގެންދާނީ ފެބްރުއަރީ މަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!

17 އޯގަސްޓު 2017
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

ނަޗްބަލިޔޭ 8 ގެ ފިނާލޭ: ތިން ޖޯޑަށް ވެސް ކާމީޔާބުކުރުމުގެ ފުރުސަތު ބޮޑު

21 ޖޫން 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު