Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީ ގްރޭސް މަރާލި މައްސަލަ

މޭރީގެ މަރު: ލަމްހާއާއި މާވިންއަށް ދައުވާކުރުމާމެދު އަންގާރަ ދުވަހުގެ ކުރިން ގޮތެއް ނިންމަނީ

މޭރީ މަރުވެފައިވަނީ ލިބުނު ޒަޚަމްތަކުގެ ސަބަބުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޑިސެމްބަރު 2021 | ބުރާސްފަތި 06:11
ލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން

ލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކުރި ދިވެހި އަންހެން މީހާ ހަލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިންއަށް ދައުވާ ކުރުމާމެދު އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މޭރީ ގްރޭސްގެ ފިރިމީހާ މާވިން، 29 އެވެ. އެއީވެސް އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދާ ނަރުހެކެވެ. މޭރީގެ މަރުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ 27 އޮކްޓޯބަރު ވީ ބުދަ ދުވަހުއެވެ.

މި މައްސަލައިގައި ދެވަނައަށް ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާ، ލަމްހާ އަކީ މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮންނަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މޭރީގެ މަރުގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުން އެދި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެ މައްސަލައާމެދު އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން 24 އަހަރުގެ ލަމްހާ ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ 16 ޑިސެމްބަރުގައެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ، ދަން ޖެހިފައި ހުރި ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުންކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން އޭނާ މަަރުވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފައެވެ. ޕޯސްޓްމޯޓަމަށް ފަހު އޭނާގެ ހަށިގަނޑު އަނބުރާ ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރު 10 ވަނަ ދުވަހު އާއިލާއާ ހަވާލުކުރުމަށް ފިލިޕީންސަށް އޭނާގެ ހަށިގަނޑު ވަނީ ފޮނުވާފައެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭގޮތުގައި މޭރީ މަރުވެފައިވަނީ ލިބުނު ޒަޚަމްތަކުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު