Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުހޯމް ސްޓޭ ތައާރަފުކުރުން

ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު 4 ގެއެއްގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށޭނެ: ޓޫރިޒަމް މިނިސްޓްރީ

29 ޑިސެމްބަރު 2021 | ބުދަ 13:26

ފަތުރުވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތް ވަރަށް ކާމިޔާބު

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޑިސެމްބަރު 2021 | ބުދަ 13:26
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު 4 ގެއެއްގައި ހޯމް ސްޓޭ ފަތުރުވެރިކަން ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތާގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުމަށް ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި، ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައްޒާން ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ހޯމް ސްޓޭ ތައާރަފްކުރަނީ މ. ދިއްގަރުގައި ކަން ފާހަގަކުރައްވައި ރައްޒާން ވިދާޅުވީ، އެރަށުގެ ރައްޔިތުން ތިބީ ހޯމް ސްޓޭ ތައާރަފްކުރުމަށް ތައްޔާރަށް ކަމަށާއި، ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި ކައުންސިލްގެ އަމާޒަކީ ޖެނުއަރީ މަސް ނިމޭއިރު ހޯމް ސްޓޭއަށް 50 އެނދު ނެރެ، ކައުންސިލްގެ ދައުރު ނިމުމުގެ ކުރިން 200 އެނދު ހޯމް ސްޓޭއަށް ނެރުމަށް ކަމަށް ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ، ހޯމް ސްޓޭއާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ލިބޭނެ ކަމަށާއި، އިގުތިސާދަށް ފައިދާތައް ލިބިގެންދާނެ ކަަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުގެ ތަރައްގީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުދި ވިޔަފާރިތައް އުފެދިގެން ގޮސް ރައްޔިތުންނަށް ބޮޑު ފައިދާއެއް ކުރާނެކަން ރައްޒާން ފާހަގަކުރެއްވިއެވެ.

ރައްޒާން ވިދާޅުވީ ހޯމް ސްޓޭ ހުރިހާ ރަށެއްގައި ތައާރަފްުކުރެވި، ބޮޑު ވާދަވެރިކަމެއް އުފެދިގެންދާނެ ކަަމަށެވެ. އަދި ގެސްޓް ހައުސް ވިޔަފާރިތަކަށް ގެއްލުން ލިބޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރަތް ކުރައްވައި ރައްޒާން ވިދާޅުވީ، ވިޔަފާރިއަށް ގެއްލުމެއް ނުލިބޭނެ ކަމަށާއި، ހޯމް ސްޓޭއަށް، ގެސްޓްހައުސް ހިންގަމުންދާ ގިނަ އޯނަރުން ތާއީދު ކުރާ ކަމަށެވެ. އަދި މިއީ އެބޭފުޅުންގެ ވިޔަފާރި ވެސް ކުރިއެރުމަށް ލިބޭ ފުރުސަތެއް ކަމަށާއި، މިހާރު ރާއްޖެއަށް ނުލިބޭ ގިނަ މާކެޓްތަކާއި، އިންވެސްޓަރުންގެ ފަރާތުން ފަހި ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއިއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަ ކުރާ ބާވަތުގެ ފަތުރުވެރިކަމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް